ޗެލްސީ އަތުން ސިޓީ މޮޅުވިއިރު، ޔުނައިޓެޑް ބަލިވެއްޖެ

Sep 25, 2021, 1:43 PM
ޗެލްސީ އަތުން ސިޓީ މޮޅުވިއިރު، ޔުނައިޓެޑް ބަލިވެއްޖެ

ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 1-0 އިން ޗެލްސީ އަތުން މޮޅުވިއިރު، އެސްޓަން ވިލާ އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

މިއީ 2011 ވަނަ އަހަރަށް ފަހު ޕްރިމިއާ ލީގުގެ އެއް ހަފްތާއެއްގެ މެޗުތަކުން ޔުނައިޓެޑާއި ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗުގެ ކުރިން އެންމެ ފަހުން ސިޓީން ޗެލްސީއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެކަމަކު، މިއަދުގެ މެޗުން މޮޅުވެ، ސިޓީ ވަނީ ލީގުގައި ކުރިއަށްދާން އުއްމީދެއް ހޯދައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް ސިޓީ، ތިން ވަނައިގައި އޮތް ޗެލްސީ އަދި ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގުގެ ކުރީގައި ލީޑެއް ލިބޭނެ އެވެ.

ސިޓީން މެޗު ފެށީ ފުރަތަމަ އެގާރައިގައި ފިލް ފޯޑެން އާއި ކެވިން ޑިބްރޭނާ ހިމަނައިގެންނެވެ. އަނެއްކޮޅުން ޗެލްސީން އެންމެ ކުރިއަށް ވަނީ ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ ލައިގެން މެޗު ފަށައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް މަދު ފުރުސަތެއް ލިބުނުއިރު، ވާނާ ޖެހި ޝޮޓެއް ސިޓީން ބްލޮކްކުރިއިރު، ލުކާކޫ އަށް ލިބުނު ފުރުސަތުގައި އޭނާ އަށް ރަނގަޅަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ.

މެޗު ފަށައިގެން ސިޓީން ކޮންޓްރޯލް ނަގައިގެން ކުޅުނު ނަމަވެސް ޗެލްސީ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ. ދެ މެޗަށް ފަހު ޗެލްސީގެ ފުރަތަމަ އެގާރަ އަށް އެނބުރި އައި ކީޕަރު އެޑޮއާޑް މެންޑީ ހުރި ގޯލަށް އަމާޒުކޮށް ސިޓީ އަށް ފޮނުވާލެވުނީ މަދު ބޯޅައެކެވެ. ޑި ބްރޭނާ ޖެހި ބޯޅައެއް ހުރަސް ދަނޑިމަތިން ދިޔައިރު، ފޯޑެން ޖެހި ޝޮޓް ވަނީ ބްލޮކްވެފަ އެވެ.

ސިޓީން ލީޑުނެގީ މެޗުގެ 52 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. ކޯނަރެއްގައި ސިޓީން އުފެއްދި އެޓޭކެއްގައި އޭރިއާތެރެއިން ޖީސޫސް ޖެހި ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ޖޯޖީނިއޯ ފައިގައި ޖެހިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ސިޓީ އަށް ލީޑު ފުޅާކޮށްދޭން ޖެކް ގްރީލިޝް ޖެހި ބޯޅަ ކީޕަރު މެންޑީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ސިޓީގެ ޖީސޫސް ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ތިއާގޯ ސިލްވާ އެވެ. އޭގެ ދެ މިނިޓް ފަހުން ލުކާކޫ ވަނީ ޗެލްސީ އަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ރެފްރީ އެ ގޯލު ބަލައިނުގަންނަން ނިންމީ ލުކާކޫ އަށް ބޯޅަ ދިން ކައި ހަވާޓް ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެވެ.

ސިޓީ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 81 ވަނަ މިނިޓްގައި ގްރީލިޝް އަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ޖެހި ބޯޅަ ކީޕަރު މެންޑީ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހު ވަގުތު ޗެލްސީން ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

މިއީ ސިޓީ ކޯޗެއްގެ ގޮތުގައި ޕެޕް ގާޑިއޯލާ ހޯދި 221 ވަނަ މޮޅެވެ. މިއީ އެ ކްލަބްގެ އާ ރެކޯޑެކެވެ. ގާޑިއޯލާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ.

އެސްޓަން ވިލާ އިން މިރޭ ޔުނައިޓެޑް އަތުން މޮޅުވިއިރު، މިއީ ލީގުގައި ޔުނައިޓެޑްގެ ދަނޑުގައި 2009 ވަަނަ އަހަރުގެ ފަހުން އެސްޓަން ވިލާ އަށް ލިބުނު ފުރަތަމަ މޮޅެވެ. ޔުނައިޓެޑްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން އެސްޓަން ވިލާ އަށް ލިބުނީ އެންމެ ދެ މޮޅެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ މެޓް ޓާގެޓަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ. މި ހާފުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އާއި ޕައުލް ޕޮގްބާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބު ކުރެވޭ ގޮތް ނުވި އެވެ.

އެސްޓަން ވިލާގެ ގޯލު ޖެހީ މެޗުގެ 88 ވަަނަ މިނިޓްގަ އެވެ. ޑަގްލަސް ލުއީޒް ނެގި ކޯނަރަކުން އެސްޓަން ވިލާގެ ޑިފެންޑަރު ކޯޓްނީ ހޯސް މި ގޯލު ޖެހީ ބޮލުންނެވެ. މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ޔުނައިޓެޑަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މި މެޗުގެ ކުރިން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އެ ޓީމަށް ޕެނަލްޓީ ނުލިބޭތީ ޝަކުވާކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑަށް ލިބުނީ މި ސީޒަނުގެ ފުރަތަމަ ޕެނަލްޓީ އެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވިއިރު، ސޯލްޝެއާ އަށް ވަނީ މަގާމުގައި ދެމިހުންނަން ކުރިމަތިވާ ޕްރެޝަރު ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox