ޔުނައިޓެޑަށް ޕެނަލްޓީ ނުލިބޭ މައްސަލައިގައި ސޯލްޝެއާ އަށް ގޯސްވީ ކްލޮޕް!

Sep 24, 2021, 2:43 PM
ޔުނައިޓެޑަށް ޕެނަލްޓީ ނުލިބޭ މައްސަލައިގައި ސޯލްޝެއާ އަށް ގޯސްވީ ކްލޮޕް!

މެންޗެސްޓާ (ސެޕްޓެމްބަރު 24) - މެންޗެސްޓާ ޔުނައިޓެޑަށް ފަހަކަށް އައިސް ޕެނަލްޓީ މަދުން ލިބޭ ސަބަބަކީ މިދިޔަ ސީޒަނުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެއްކި ވާހަކަތަކާ ހެދި ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ކްލޮޕް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ލިވަޕޫލަށް މިދިޔަ ފަސް އަހަރާއި ބައި ތެރޭ ޕެނަލްޓީ ލިބުނު ވަރަށް ވުރެ ގިނައިން ޔުނައިޓެޑަށް މިދިޔަ ދެ އަހަރު ތެރޭ ޕެނަލްޓީ ލިބިފައިވާ ކަމަށެވެ.

ކްލޮޕް އެ ވާހަކަ ދެއްކި ފަހުން ޔުނައިޓެޑަށް ހުރިހާ މުބާރާތެއްގައި ހަތް ޕެނަލްޓީ ދިންއިރު، ލިވަޕޫލަށް ލިބުނީ ތިން ޕެނަލްޓީ އެވެ. މި ސީޒަނަށް ބަލާނަމަ ލިވަޕޫލަށް ވަނީ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގައި ޕެނަލްޓީއެއް ލިބިފަ އެވެ. ޔުނައިޓެޑަށް އަދި މި ސީޒަނުގައި ޕެނަލްޓީއެއް ނުލިބެ އެވެ.

އިނގިރޭސި ޕްރިމިއާ ލިގާއި ލީގު ކަޕްގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނީ ވެސްޓް ހޭމްއާ އެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ވަނީ ވެސްޓް ހޭމް ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ. އެކަމަކު، ލީގު ކަޕްގައި ޔުނައިޓެޑް ދަނޑުގައި ވެސްޓް ހޭމް 1-0 އިން މޮޅުވީ އެވެ. ވެސްޓް ހޭމް ދަނޑުގައި އޭރިއާތެރެއިން ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެ ފައުލެއް ކުރިއިރު ޕެނަލްޓީ ނުދެ އެވެ. އަދި ލީގު ކަޕްގައި ވެސް ޕެނަލްޓީ ދޭން ޖެހޭ ފައުލެއް ވެސްޓް ހޭމް އިން ކުރިއިރު ޕެނަލްޓީ ނުދެ އެވެ.

ސޯލްޝެއާ މިއަދު ބުނީ ޝަކުވާއެއް ކުރަން ބޭނުންނުވާ ކަމަށާއި އެދެނީ އެ ޓީމަށް ހައްގުވާ ޕެނަލްޓީ ދޭން ކަމަށެވެ.

"މިދިޔަ އަހަރު ކޮންމެ ވެސް އެއް ކޯޗަކު އުޅުނު ޔުނައިޓެޑަށް ގިނައިން ޕެނަލްޓީ ދޭތީ ކަންބޮޑުވެގެން. އެ އަށް ފަހު އަހަރެމެންނަށް ޕެނަލްޓީ ދިނުން ވެފައި އޮތީ އުނދަގޫ ކަމަކަށް. ޔަގީނުން ވެސް އެ ވާހަކަ ތަކަށް ފަހު (ޕެނަލްޓީގެ ކަންތައްތަކުގައި އަހަންނަށް ފެންނަ މަންޒަރު ވަރަށް ތަފާތު. އުއްމީދަކީ ވީހާ ވެސް އަވަހަށް ރެފްރީން ރަނގަޅު ނިންމުންތައް ނިންމަން ފެށުން،" ޕެނަލްޓީ ނުދޭ މައްސަލައިގައި ކްލޮޕަށް އިޝާރާތްކޮށް ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި ފަހުން ހުރިހާ މުބާރާތެއްގައި ޔުނައިޓެޑަށް ވަނީ 49 ޕެނަލްޓީ ލިބިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ލިވަޕޫލަށް ލިބިފައިވަނީ 22 ޕެނަލްޓީ އެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީ ސޯލްޝެއާ އަށް ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި މި ސީޒަން ނިމެންދެން ދެމިހުރެވިދާނެތޯ މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެެ. ސޯލްޝެއާ ބުނީ މުސްތަގުބަލުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި ދާދި ފަހުން ޔުނައިޓެޑާ އެކު އާ ކޮންޓްރެކްޓެއް ހެދީ ޕްލޭނެއް އޮވެގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox