ޓީމުގެ ކޭމްޕާ ގުޅުނުއިރު ގައުމީ ކޯޗު ސުޒޭނަށް ގައުމީ ޓީމުން ފެނުނީ ހިތްހަމަ ޖެހޭ މަންޒަރެއް

Sep 24, 2021, 6:13 AM
ގައުމީ ޓީމުން ރޭ ދޯހާގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން ސުޒޭން (ވ).-- ފޮޓޯ: އަދަދު

ގައުމީ ޓީމުން ރޭ ދޯހާގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން ސުޒޭން (ވ).-- ފޮޓޯ: އަދަދު

އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި މިހާރު ކުރިއަށްދާ ޓްރެއިނިން ކޭމްޕަށް ގައުމީ ޓީމު ފުރިއިރު، ގައުމީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ހުރީ ކޮވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގަ އެވެ. ކޮވިޑުން ރަނގަޅުވެ، ސުޒޭނަށް ގަތަރަށް އާދެވުނީ މި މަހު 21 ވަނަ ދުވަހެވެ. ގަތަރަށް އައިސް ހެދި ކޮވިޑް ޓެސްޓްގެ ނަތީޖާ ލިބިގެން ސުޒޭނަށް ޓީމާ އެކު ފުރަތަމަ ފަރިތަކުރުންތައް ގަތަރުގައި ބޭއްވުނީ ރޭގަ އެވެ.

ސުޒޭން ބުނީ މިދިޔަ މަހު 25 އިން މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މާލޭގައި ގައުމީ ޓީމުން ޕްރެކްޓިސް ކުރި އިރަށް ވުރެ މިހާރު ޓީމުގެ ހާލަތު ރަނގަޅު ކަމަށެވެ.

"ހަމަގައިމު ވެސް މާލެ އިން ފުރައިގެން އައިއިރަށް ވުރެ ހުރިހާ ގޮތަކުން ވެސް ޓީމުގެ ރޫހު ވެސް ރަނގަޅު. އިމްޕްރޫވްމަންޓް ވެސް ގިނަ ރަނގަޅު ކީ ޕްލޭޔަރުންގެ ފަރާތުން އިމްޕްރޫވްމަންޓް އެބަފެނޭ. އޭގެ މާނަ އަކީ ވަރަށް ރަނގަޅު މަސައްކަތެކޭ މިދިޔަ 10 ވަރަކަށް ދުވަހު ކުރެވިފައި މި އޮތީ،" ސުޒޭން ބުންޏެވެ.

ސުޒޭން ޓީމާ ގުޅެންދެން ގައުމީ ޓީމުގެ ކަންކަން ލީޑުކުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އިންމަ ދިން އިންޓަވިއުއެއްގައި ވަނީ ޓްރެއިނިން ކޭމްޕް ފެށިގެންދިޔައިރު، ސުޒޭން މާލޭގައި ހުރި ކަމުގައި ވިޔަސް ޓްރެއިނިންގެ ކަންތައްތައް ރޭވިގެންދިޔައީ މުޅި ކޯޗިން ޓީމުގެ ބައިވެރިވުން ހިމެނޭ ގޮތަށް އެންމެ މަޝްވަރާ ކުރެވިގެން ހެދުނު ޕްރޮގްރާމްތަކެއްގެ ތެރެއިން ކަމަށެވެ.

ޕްރެކްޓިސް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަނީ: ސުޒޭން (ކ) އާއި އިންމަ.-- ފޮޓޯ: އަދަދު

ޓްރެއިނިން ކޭމްޕްގައި އެންމެ ފުރަތަމަ ރާއްޖޭން ތިން މެޗެއް ކުޅެން ހަމަޖެހުނުއިރު، ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ރޭވި މެޗު ކެންސަލްވީ ގަތަރުގެ ވިސާ ނުލިބިގެން ލަންކާ އަށް ނާދެވުމުންނެވެ. ގައުމީ ޓީމުން ޓްރެއިނިން ކޭމްޕްގައި ކުޅުނު ފުރަތަަމަ މެޗުން މިދިޔަ އަންގާރަ ދުވަހުގެރޭ ވަނީ 4-3 އިން ގަތަރުގެ ދެ ވަނަ ޑިވިޝަންގެ ލުސައިލް އެފްސީ ބަލިކޮށްފަ އެވެ.

ލުސައިލް މެޗު ކުޅުނުއިރު، ސުޒޭން ގަތަރުގައި ހުރި ނަމަވެސް ކޮވިޑް ޓެސްޓް ނަތީޖާ ނުލިބޭތީ މެޗަށް ނާދެވުނެވެ. އެހެންވެ، އެ މެޗުގައި ވެސް ޓީމަށް އިރުޝާުދުދިނީ އިންމަ އެވެ. ސުޒޭނާއި މުޅި ކޯޗިން ޓީމުން ވަނީ އެ މެޗުގައި ހިނގާދިޔަ ކަންތައްތައް ދިރާސާކޮށް ރަނގަޅު ކުރަން ޖެހޭ ކަންކަމަށް މަސައްކަތް ފަށައިފަ އެވެ.

"އެ މެޗުގައި އެބަހުރި ބައިވަރު ކަންތައްތައް ރަނގަޅު ކުރަން. އެކަމަކު، އެ މެޗުގައި ފެނުނު ވަރަށް ބައިވަރު ޕޮޒިޓިވް ކަންތައްތަކެއް ވެސް އެހެންވީމަ ކުރިން ފާހަގަކޮށްލިހެން އެ 10 ދުވަހުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ހުރިކަން ހަމަ ޔަގީން،" ސުޒޭން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ރާއްޖޭން އަދި ޓްރެއިނިން މެޗެއް ކުޅޭނެ އެވެ. އެއީ މާދަމާރޭ ގަތަރުގެ އާމީ ނެޝަނަލް ކްލަބާ ދެކޮޅަށެވެ. އެ މެޗުގައި ފުރަތަމަ މެޗުން ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ޖާގަ ދިނުމުގެ ވިސްނުން އެބަހުރި ކަމަށް އެސިސްޓަންޓް ކޯޗު އިންމަ ވަނީ ކުރިން ބުނެފަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ސުޒޭން.-- ފޮޓޯ: އަދަދު

ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގަ އެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން އުފުލާލީ ފައިނަލުގައި 2-1 އިން އިންޑިއާ ބަލިކޮށްފަ އެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox