ގަތަރު ވޯލްޑް ކަޕަށް ޕްރިމިއާ ލީގުން ނަގާނީ ހަ ހަފްތާގެ ބްރޭކެއް

Sep 24, 2021, 4:33 AM
އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ.

ލަންޑަން (ސެޕްޓެމްބަރު 24) - އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އިނގިރޭސި ޕްރިމިއާ ލީގުން ނަގާނީ ހަ ހަފްތާގެ ބްރޭކެއް ކަމަށް ކަނޑައަޅައިފި އެވެ.

ފީފާ އިން އަންނަ އަހަރު ގަތަރުގައި ވޯލްޑް ކަޕް ބާއްވަނީ އާންމުކޮށް އެ މުބާރާތް ބާއްވާ މުއްދަތުގައެއް ނޫނެވެ. ގަތަރު ވޯލްޑް ކަޕް ޝެޑިއުލް ކޮށްފައިވަނީ ނޮބެމްބަރާއި ޑިސެމްބަރަށެވެ. ސަބަބަކީ ގަތަރުގެ ހޫނުމިން ގަދަވުމުން އާންމު ގޮތެއްގައި ވޯލްޑް ކަޕް ބާއްވާ ޖޫން/ޖުލައި މަހު ނުކުޅެވޭނެތީ އެވެ. އެއީ އެ މުއްދަތުގައި ގަތަރުގެ ފިނިހޫނުމިން އުޅޭނީ އެވްރެޖްކޮށް 32 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށްވާތީ އެވެ.

ފީފާ އިން ނޮވެމްބަރާއި ޑިސެމްބަރު ވޯލްޑް ކަޕް ކުޅެން ނިންމީ ނޮވެމްބަރާއި ޑިސެމްބަރުގައި ގަތަރުގެ ފިނިހޫނުމިން އުޅޭނީ 15-25 ޑިގްރީ ސެލްސިއަސްގައި އުޅޭތީ އެއީ މެޗުތައް ކުޅެން ބަލާއިރު ރަނގަޅުވާނެ ދުވަސްވަރެއް ކަމަށް ފެންނާތީ އެވެ.

ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގެ މެދުތެރެއިން ވޯލްޑް ކަޕް ބޭއްވުމަކީ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއްގެ ގޮތުގައި ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ބޯޑުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ވޯލްޑް ކަޕްގެ ޝެޑިއުލަށް ފައްތައިގެން ލީގު ކުރިއަށް ގެންދަން ގިނަ ގައުމުތަކުން އަންނަނީ ކަލަންޑަރެއް އެކުލަވާލަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުން ނިންމާފައިވަނީ ނޮވެމްބަރު 13 އިން ފެށިގެން ހަ ހަފްތާ އަށް ލީގު މެދުކަނޑާލުމަށެވެ. މާނަ އަކީ ނޮވެމްބަރު 21 ވަނަ ދުވަހު ގަތަރު ވޯލްޑް ކަޕް ފަށާއިރު، ޕްރިމިއާ ލީގުގެ ކުޅުންތެރިންނަށް ލިބޭނީ ގައުމީ ޓީމާ އެކު ނުވަ ވަރަކަށް ދުވަހުގެ މުއްދަތެކެވެ.

އަނެއްކޮޅުން ވޯލްޑް ކަޕް ފައިނަލް މެޗު ޑިސެމްބަރު 18 ވަނަ ދުވަހު ކުޅޭއިރު، ޕްރިމިއާ ލީގު އަލުން ފަށާނީ 26 ޑިސެމްބަރުގަ އެވެ. އެއީ ވޯލްޑް ކަޕް ފައިނަލް ކުޅޭތާ އަށް ދުވަސް ފަހުންނެވެ.

މި ގޮތަށް ނިންމީ ޕްރިމިއާ ލީގުގައި މިހާރު އޮތް 20 ކްލަބްގެ އޮފިޝަލުން ދާދި ފަހުން ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ދެން ނިންމާފައިވަނީ އަންނަ ސީޒަން އަންނަ އަހަރުގެ އޮގަސްޓް ހަ ވަނަ ދުވަހު ފެށުމަށެވެ. އެއީ އާންމުކޮށް ޕްރިމިއާ ލީގު ފަށާ ތާރީހަށް ބަލާއިރު، އެއް ހަފްތާ ކުރިންނެވެ.

ސީޒަން ދިގުލައިދިއުމުގެ ބިރު އޮތް ކަމަށް ގިނަ ކްލަބްތަކުން އެއްބަސްވި ނަމަވެސް ޕްރިމިއާ ލީގުން ނިންމާފައިވަނީ މެއި މަހުގެ ނިޔަލަށް ލަސްވެގެން ޕްރިމިއާ ލީގު ސީޒަން ނިންމާލުމަށެވެ. ދެން ފެންނާނެ ބަދަލަކީ އެފްއޭ ކަޕް ފައިނަލް މެއި މަހުގެ ފަހުކޮޅުގެ ބަދަލުގައި ޖޫން މަހު ކުޅޭ ގޮތަށް ހެދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox