ކައުންޓާ ޓެރަރިޒަމް އެޑްވައިޒަރާ ބަންޑާރަ ނައިބު ބައްދަލު ކުރައްވައިފި

ބަންޑާރަ ނައިބު އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެެއިން: ޖޯޖް ޕެންސް ވަނީ އައިޔޫއެމްއާ ވެސް ބައްދަލު ކުރައްވައިފަ -- ފޮޓޯ: އޭޖީ އޮފީސް

ބަންޑާރަ ނައިބު އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެެއިން: ޖޯޖް ޕެންސް ވަނީ އައިޔޫއެމްއާ ވެސް ބައްދަލު ކުރައްވައިފަ -- ފޮޓޯ: އޭޖީ އޮފީސް

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކައުންޓާ ޓެރަރިޒަމް ލީގަލް އެޑްވައިޒަރު ޖޯޖް ޕެންސާ ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޖޯޖް ޕެންސްގެ އިތުރުން ޖަސްޓިސް ޑިޕާޓްމަންޓުގެ ރެސިޑެންޓް ލީގަލް އެޑްވައިޒަރު ޔޭ-ޓިންގް ވޫ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ ކައުންޓާ ޓެރަރިޒަމްގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. އަދި ޓެރަރިޒަމްގެ އަމަލުތައް ކުރިއާލާ ހުއްޓުވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ކައުންޓާ ޓެރަރިޒަމް އެޑްވައިޒަރު ޖޯޖް ޕެންސް އާއި ޔޭ-ޓިންގް ވޫ ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އަދި ދިވެހިރާއްޖޭގެ ބާ ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ.

ޖޯޖް ޕެންސް ރާއްޖޭގައި ބައްދަލުވުންތަކެއް ކުރިއަށްގެންދާ މި ދަނޑިވަޅުގައި ރާއްޖޭގެ އެންމެ ބޮޑު ޓެރަރިސްޓު ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އަމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަލުން މިނިވަންވެފަ އެވެ.

މުސްލިމުންނާ ދެކޮޅަށް ވަރަށް އަނިޔާވެރި ހަމަލާތަކެއް ދީފައިވާ އައިސިސްގެ ލީޑަރު ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ އަމީން ޖަލުން މިނިވަންވީ އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދެ ދައުވާ އުފުލާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައެޅުމުންނެވެ.

ވެރިކަން ހިންގާ މާލޭ ބަންދަށް އަމީން ދޫކޮށްލުމަށްފަހު، އޭނާގެ ހަރަކާތްތައް މޮނީޓާކޮށް ކޮންޓްރޯލް ކުރުމަށް ހައި ކޯޓުން އޮތީ މޮނިކޮން އަމުރެއް ނެރެފަ އެވެ. އެ އަމުރުގެ ދަށުން އަމީންގެ ފޯނުތައް އަޑުއެހުމުގެ އިތުރުން ގެއަށް ވެސް ފާރަލެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox