ސަލްމާން މިސްކިތް ހުޅުވައިދެއްވާނީ ސައުދީ ވަލީއަހުދު: ސަފީރު

ކިންގް ސަލްމާން މިސްކިތް.

ކިންގް ސަލްމާން މިސްކިތް.

އިމާރާތްކޮށް ނިމި، އެކަމަކު ނުހުޅުވާ ހުރި ކިންގް ސަލްމާން މިސްކިތް ހުޅުވައިދެއްވާނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ކުރައްވާ ޒިޔާރަތެއްގައިކަމަށް ރާއްޖޭން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އޮންނަ ގުޅުމާއި، ސައުދީގެ އެހީގައި ރާއްޖޭގައި ހިންގާ އެކި އެކި މަޝްރޫތަކާ ގުޅޭ ގޮތުން ސައުދީގެ އަރަބް ނިއުސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޚަލީލް ވިދާޅުވީ ސަލްމާން މިސްކިތަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަމުގެ ގުޅުން ރަމްޒުކޮށްދޭނެ މިސްކިތެއް ކަމަށެވެ.

"އަދި އަޅުގަނޑުމެން މިތިބީ މިސްކިތް ނިމި، ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ޒިޔާރަތެއްގައި އެ މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވާނެ ދުވަހެއްގެ އުންމީދުގައި،" ޚަލީލް ވިދާޅުވި އެވެ.

ސަރުކާރުން ބުނީ ރަސްމީކޮށް ހުޅުވުމުން ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތުގެ ޝަރަފް ލިބޭ އެ މިސްކިތް އަންނަ ރޯދައިގެ ކުރިން ހުޅުވާނެ ކަމަށެވެ. އެކަމަކު ވަލީ އަހުދު ވަޑައިގަންނަވާނެކަމުގެ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން ރަސްމީކޮށް ނުބުނެ އެވެ. އެކަމުގެ މައުލޫމާތު ހޯދަން ކުރި މަސައްކަތް މިއަދު ކާމިޔާބެއް ނުވި އެވެ.

ސަރުކާރުން ކުރިން ބުނެފައި އޮތީ "އެ މިސްކިތް ހުޅުވާނީ ސައުދީ އަރަބިއްޔާގެ ވަފްދެއް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި" ކަމަށެވެ.

އެ މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް މިދިޔަ މަހު ސައުދީގެ ވަފްދެއް ރާއްޖެ އަ އެވެ. އޭގެ ކުރިން އެ މިސްކިތް މި އަހަރުގެ ރޯދަ މަހަށް ހުޅުވަން ވެސް ސަރުކާރުން ވަނީ މަސައްކަތްކޮށްފަ އެވެ.

ރައީސް ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އަޅަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 14 މިލިއަން ޑޮލަރަކީ ސައުދީގެ ހިލޭ އެހީ އެވެ. ބާކީ ހަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

ޖުމްލަ ހަ ފަންގިފިލާގެ އެ މިސްކިތުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. ޖާގައަކީ 4000 އެވެ. ތިން ވަަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނާ ރޫމް ހުންނާނެ އެވެ. ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުންނައިރު ފަސްވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox