އުފާވެރި ހަބަރެއް؛ ރެއިންބޯއިން މިހާރު އިންސްޓޯލްމެންޓަށް ތަކެތި ނެގޭނެ!

ރެއިންބޯ ލިވިން މޯލް: އިންސްޓޯލްމެންޓް ސްކީމާއެކު ރެއިންބޯއިން މުދާ ނެގުމަށް މާބޮޑަށް ފަސޭހަ ވާނެ -- ފޮޓޯ: އަދަދު

ރެއިންބޯ ލިވިން މޯލް: އިންސްޓޯލްމެންޓް ސްކީމާއެކު ރެއިންބޯއިން މުދާ ނެގުމަށް މާބޮޑަށް ފަސޭހަ ވާނެ -- ފޮޓޯ: އަދަދު

ރާއްޖޭގައި ފަރުނީޗަރު ވިއްކާ އެންމެ ގިނަ ދުވަސްވީ އެއް ފިހާރަ، ރެއިންބޯގެ ތަކެތީގެ ފެންވަރާމެދު ސުވާލެއް ނެތެވެ. އިންސްޓޯލްމެންޓަށް މުދާ ނެގޭނެ ސްކީމުތައް ތައާރަފުކޮށް ހިންގަމުން އަންނައިރު، ރެއިންބޯގެ ކަސްޓަމަރުން އެދި ތިބީ އެފަދަ ސްކީމަކަށެވެ.

އެކަމުގެ އުފާވެރި ހަބަރަކީ މިއެވެ؛ ރެއިންބޯ އިން ވިއްކާ ތަކެތި މިހާރު އިންސްޓޯލްމެންޓަށް ނެގޭނެ އެވެ.

ސްކީމުގެ އެޕްލިކޭޝަން ފޯމް ރެއިންބޯގެ ހުރިހާ ފިހާރަތަކަކުން އަދި ރެއިންބޯ އޮންލައިން ސްޓޯރުން ލިބޭނެ އެވެ. މުދާ ނަގަން ބޭނުންވާ ކަސްޓަމަރުން، ފުރިހަމަކޮށްފައިވާ ފޯމާއެކު އައިޑީ ކަޑާއި، އެއް އަހަރުގެ ބޭންކް ސްޓޭޓްމަންޓާއި، ތަކެތީގެ ކޯޓޭޝަންގެ އިތުރުން ވަޒީފާގައި އުޅޭނަމަ، ވަޒީފާގައި އުޅޭ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.

ރެއިންބޯ އިންސްޓޯލްމެންޓް ސްކީމުން ހިޔާ ފްލެޓަށް ވެސް ތަކެތި ނެގޭނެ. ހިޔާ ފްލެޓްގެ ވެރިފަރާތުގެ ޝަރުތު ހަމަ ނުވިޔަސް، އެހެން މީހެއްގެ ނަމުގައި މުދާ ނެގޭނެ
ރެއިންބޯ އިންސްޓޯލްމެންޓް ސްކީމުން ހިޔާ ފްލެޓަށް ވެސް ތަކެތި ނެގޭނެ. ހިޔާ ފްލެޓްގެ ވެރިފަރާތުގެ ޝަރުތު ހަމަ ނުވިޔަސް، އެހެން މީހެއްގެ ނަމުގައި މުދާ ނެގޭނެ

ރެއިންބޯ އިންސްޓޯލްމެންޓް ސްކީމުން ހިޔާ ފްލެޓަށް ވެސް ތަކެތި ނެގޭނެ. ހިޔާ ފްލެޓްގެ ވެރިފަރާތުގެ ޝަރުތު ހަމަ ނުވިޔަސް، އެހެން މީހެއްގެ ނަމުގައި މުދާ ނެގޭނެ

ރާއްޖޭގެ އެންމެ ބޮޑު ހިޖުރަކުރުން ކަމުގައިވާ ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވާ މި ދުވަސްވަރު، ފްލެޓު ލިބުނު ފަރާތްތަކަށް ވެސް ލުއި އިންތިޒާމުތަކެއް ރެއިންބޯއިން ވަނީ ހަމަޖައްސައިފަ އެވެ. ފެލްޓްގެ ވެރިފަރާތް ސްކީމަށް ޝަރުތު ހަމަ ނުވިޔަސް، ރެއިންބޯއިން މުދާ ނެގޭނެ އެވެ.

އާއިލާ މީހެއް ނުވަތަ އެހެން މީހެއްގެ ނަމުގައި ރެއިންބޯގެ އިންސްޓޯލްމެންޓް ސްކީމުން ފްލެޓަށް ބޭނުންވާ ތަކެތި ނެގޭނެ އެވެ.

މި ސްކީމާ ބެހޭ އިތުރު މައުލޫމާތުު 3340468 / 7262200 ން ލިބޭނެ އެވެ. އަދި installment@rainbow.com.mv އިންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox