އާސެނަލާއި ޗެލްސީ އަނެއް ބުރަށް، ޔުނައިޓެޑް ކަޓައިފި

Sep 22, 2021, 9:20 PM
އާސެނަލާއި ޗެލްސީ އަނެއް ބުރަށް، ޔުނައިޓެޑް ކަޓައިފި

ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ލީގު ކަޕްގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ އާސެނަލާއި ޗެލްސީ އަނެއް ބުރުން ފުރުސަތު ހޯދިއިރު، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.

އާސެނަލުން 3-0 އިން ވިމްބަލްޑަން ބަލިކުރިއިރު، ޗެލްސީން ވަނީ 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 4-3 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ ވަނީ މުބާރާތުން ކަޓައިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ޔުނައިޓެޑުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ދަނޑުގައި މޮޅުވެފަ އެވެ. ދެ ޓީމުން ވެސް މިރޭގެ މެޗަށް ނުކުތީ އެ މެޗުގައި ބޭނުންކުރި ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ވެސްޓް ހޭމަށް ނުވަ ވަނަ މިނިޓްގައި އޭރިއާތެރެއިން ކާމިޔާބުކުރީ އާޖެންޓީނާގެ މިޑްފީލްޑަރު މެނުއަލް ލަންޒީނީ އެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރަން ދެ ވަނަ ހާފްގައި ބްރޫނޯ ފެނާންޑޭސް އާއި މޭސަން ގްރީންވުޑް ކުޅެން އެރުވި ނަމަވެސް ވެސްޓް ހޭމްގެ ގޯލުގައި ހުރި އަލްފަންސޯ އަރެއޯލާ ކައިރިން ގޯލެއް ޖެހޭގޮތެއް ނުވި އެވެ. ވެސްޓް ހޭމަށް ދެ ވަނަ ގޯލެއް ޖަހައިދޭން މާކް ނޯބަލް އާއި އެންޑީ ޔާމޮލެންކޯ އަށް ހުސް ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ޓިމޯ ވާނާގެ ގޯލުން ލީޑުނަގާފައިވަނިކޮށް އެސްޓަން ވިލާ އަށް އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ކެމަރަން އާޗާ އެވެ. މެޗު 1-1 އިން ނިމުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެެވެ.

ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ބެން ޗިލްވެލްގެ ޕެނަލްޓީ އެވެ. ޗެލްސީގެ ރޮމެލޫ ލުކާކޫ، މޭސަން މައުޓް އަދި ރޮސް ބާކްލޭ ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެސްޓަން ވިިލާއިން ޕެނަލްޓީ ކާމިޔާބުކުރީ އަންވަރު އެލްގާޒީ، އެޒްރީ ކޮންސާ އަދި އެމީ ބުއެންޑީއާ އެވެ. އެ ޓީމުގެ އެޝްލީ ޔަންގާއި ނަކަމްބާ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

ވިމްބަލްޑަން ކޮޅަށް އާސެނަލްގެ ގޯލުތައް ޖެހީ އަލެކްސަންޑަ ލަކަޒޭޓް، އެމީލް ސްމިތު ރޯވް އަދި އެޑީ އެންކެޓިއޭ އެވެ. ލެސްޓާ އިން ވަނީ އަޑެމޯލާ ލުކްމަން އާއި ކެލެޗީ އިހެނާޗޯގެ ގޯލުތަކުން 2-0 އިން މިލްވޯލް ބަލިކޮށްފަ އެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު ޕެނަލްޓީ ޖަހައިގެން ވުލްވްސް ބަލިކޮށް ޓޮޓެންހަމް ވެސް ވަނީ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ.

ޓަންގީ އެންޑޮމްބެލޭ އާއި ހެރީ ކޭންގެ ގޯލުތަކުން ޓޮޓެންހަމް ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ވުލްވްސް އެއްވަރުކުރީ ލެއަންޑޯ ޑެންޑޮންކާ އާއި ޑެނިއަލް ޕޮޑެންސް ޖެހި ގޯލުތަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ޓޮޓެންހަމް މޮޅުވީ 3-2 އިންނެވެ.

ލީގު ކަޕްގެ ހަތަރު ވަނަ ބުރުގެ މެޗުތައް:

ޗެލްސީ - ސައުތެމްޓަން

އާސެނަލް - ލީޑްސް

ސްޓޯކް - ބްރެންޓްފޯޑް

ވެސްޓް ހޭމް - މެންޗެސްޓާ ސިޓީ

ލެސްޓާ - ބްރައިޓަން

ބާންލީ - ޓޮޓެންހަމް

ކިއުޕީއާރް - ސަންޑަލެންޑް

ޕްރެސްޓަން - ލިވަޕޫލް

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox