ސުލޫކީ ފިޔަވަޅެއްގެ ގޮތުން ގާޒީ އަލީ ނަސީރު މެޖިސްޓްރޭޓަކަށް ބަދަލުކުރަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު. ފޮޓޯ: ރައީސް އޮފީސް

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު. ފޮޓޯ: ރައީސް އޮފީސް

އެއް އަހަރު ދުވަސްވީ މައްސަލައެއް ސެކްޝަނުގައި ނުބޭއްވުމުގައި މަގުސަދުގައި އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކުރިކަން ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރަށް ސާބިތުވުމުން ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި މެޖިސްޓްރޭޓްގެ މަގާމަށް ދަށްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ސިވިލް ކޯޓުގައި އޮތް ގިނަ ދުވަސްވެފައިވާ މައްސަލައެއް ގާޒީ ނަސީރުގެ ސެކްޝަނުގައި ނުބޭއްވުމުގައި މަގުސަދުގައި ދައުވާ ފޯމު ބާތިލުކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ އެ މައްސަލައިގައި ހިމެނޭ ފަރާތްތައް މައްސަލަ އެއްކޮށް ނިންމައިދޭން އެދިފައިވަނިކޮށް، އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދިޔުމުގެ މަސްލަހަތެއް ނެތް ކަމަށް ގާޒީ ނަސީރު ނިންމާފައިވާ ކަމަށެވެ.

Advertisement

‎އަދި ގާޒީ ނަސީރު އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށް ހުކުމްކޮށްފައި ވަނީ އެ މައްސަލައިގެ މައުޟޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ގާޒީ ނަސީރުގެ ސެކްޝަނުގައި ނުބޭއްވުމުގެ ނިޔަތުގައިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ބުނި ގޮތުގައި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ގިނަ ދުވަސްވަންދެން މައްސަލައެއް ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައި، މައްސަލައިގެ ހިމެނޭ ފަރާތްތަކުގެ އެދުމާއި އިދިކޮޅަށް މައްސަލައިގައި ހުކުމްކުރުމަކީ އަދުލު އިންސާފު ގާއިމުކުުރުމުގެ އުސޫލުތަކާއި ހިލާފް ކަމެކެވެ.

‎އަދި ގާޒީ ނަސީރުގެ އެ އަމަލަކީ ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކުރާނޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ނާޖާއިޒު ގޮތުގައި ކޯޓުގެ ނިންމުންތަކުގެ ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމުގައި ޖޭއެސްސީން ފާހަގަކުރި އެވެ.

އަދި ގާޒީ ނަސީރު އެގޮތަށް އަމަލުކުރެއްވުމުން ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަމްބަރާއި ހިލާފުވެފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީން ބުނި ގޮތުގައި އެ މައްސަލައިގައި ތަހުގީގުގެ ހޯދުންތަކަށް ރިއާޔަތްކޮށް އަޅަން ނިންމި ސުލޫކީ ފިޔަވަޅުގެ ގޮތުން ގާޒީ ނަސީރު މިހާރު ހުރި މަގާމަށްވުރެ ދަށު ދަރަޖައިގެ މަގާމަކަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ގާޒީ ނަސީރު ބަދަލުކުރާނީ މެޖިސްޓްރޭޓެއްގެ މަގާމަށެވެ.

ގާޒީ އަލީ ނަސީރުގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެގޮތުން ރިހިވެލި ބީޗް ރިސޯޓްގެ ސްބްލީސް އެއްބަސްވުމާ ގުޅޭ ގޮތުން ގާޒީ އަލީ ނަސީރު އިއްވި ހުކުމެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ އެ މައްސަލައިގައި އިއްވި ހުކުމް ކުރިއާލާ އެ މައްސަލައިގަ ހިމެނޭ ފަރާތަކަށް އެނގިފައިވާ ކަމަށް ބުނެ ކުރެވޭ ތުހުމަތަކާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox