ފަހަތުން އަރައި ފިއޮރެންޓީނާ ބަލިކޮށް އިންޓަ އެއް ވަަނަ އަށް

Sep 22, 2021, 5:41 AM
ލަނޑު ޖެހުމަށް ފަހު އިންޓަ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އިންޓަ ކުޅުންތެރިން އުފާފާޅުކުރަނީ.

ފްލޮރެންސް (ސެޕްޓެމްބަރު 22) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ރޭ ފަހަތުން އަރައި 3-1 އިން ފިއޮރެންޓީނާ ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އިންޓަ އެއް ވަނަ އަށް އެރީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ސަމްޑޯރިއާ އަތުން މޮޅުވެގެން އަލުން ނަޕޯލީ އަށް އެއް ވަނަ އަށް އެރޭނެ އެވެ.

މެޗު ފަށައިގެން ފިއޮރެންޓީނާ އިން ފޮނުވާލި ފުރަތަމަ ދެ ހަމަލާ އިންޓަގެ ގޯލްކީޕަރު ސާމިރް ހަންޑަނޯވިޗް މަތަކުރި ނަމަވެސް މެޗުގެ 23 ވަނަ މިނިޓްގައި ފިއޮރެންޓީނާގެ ނިކޯ ގޮންޒާލޭޒް ހުސްކޮށްލާފައި ދިން ބޯޅަ ރިކާޑޯ ސޮޓީލް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިންޓަ އިން އެއްވަރުކުރީ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް ވަނަ މިނިޓްގަ އެވެ. މެޗުގެ 52 ވަަނަ މިނިޓްގައި އޭރިއާތެރެއިން އިންޓަގެ ނިކޯލޯ ބަރޭލާ ދިން ބޯޅަ މަޓެއޯ ޑާމިއާން ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ހަކަން ޗަނޮނޮގްލޫ ނެގި ކޯނަރަކުން އެޑިން ޒެކޯ ބޮލުން ގޯލެއް ޖަހައި އިންޓަ އަށް ލީޑުނަގައިދިނެވެ.

ފިއޮރެންޓީނާ އަށް މައްސަލަ ދިމާވީ މެޗުގެ 78 ވަނަ މިނިޓްގައި ގޮންޒާލޭޒަށް ރަތް ކާޑެއް ދެއްކުމުންނެވެ. ގޮންޒާލޭޒަށް ދެ ރީނދޫ ކާޑު ވެސް ދެއްކީ ރެފްރީގެ ނިންމުންތަކާ ތަކުރާރުކޮށް ދެކޮޅު ހަދާ ވާހަކަ ދެއްކުމުންނެވެ. ފިއޮރެންޓީނާގެ ކުޅުންތެރިއަކު މަދުވި ފަހުން މެޗުގެ 87 ވަނަ މިނިޓްގައި އިންޓަގެ ފަހު ގޯލު ޖެހީ އިވާން ޕެރިސިޗް އެވެ. މިއީ ރޮބާޓޯ ގަލިއަޑީނީ ހުސްކޮށްލާފައި ދިން ބޯޅަ އަކުން ޕެރިސިޗް ޖެހި ގޯލެކެވެ.

މިއީ އިންޓަ އިން އިޓާލިއަން ލީގުގައި ކުޅުނު 1500 ވަނަ މެޗެވެ. މި މެޗުން މޮޅުވުމުން އިންޓަގެ ކޯޗު ސިމޯން އިންޒާގީ ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އިންޒާގީ ބުނީ މެޗު ފަށައިގެން އޭނާގެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ހެދުނު ގޯސްތައް ރަނގަޅުކޮށް ދެ ވަނަ ހާފްގައި ދެއްކުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަަމަ ޖެހޭ ކަމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox