ފޯކަސް އަކީ ސާފް ޗެމްޕިއަންޝިޕް، މޮޅާ އެކު ލިބުނީ ކޮންފިޑެންސް: އިންމަ

Sep 22, 2021, 4:39 AM
ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން އިންމަ.-- ފޮޓޯ: އަދަދު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން އިންމަ.-- ފޮޓޯ: އަދަދު

ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި މިހާރު ފުރިހަމަ ކުރަމުން އަންނަ ޓްރެއިނިން ކޭމްޕްގައި ރޭ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އަތުން 4-3 އިން މޮޅުވި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަމާ މެދު ހިތްހަމަޖެހޭ ކަމަށް ރޭގެ މެޗުގައި ގައުމީ ޓީމަށް އިރުޝާދުދިނުމުގައި ހަރަކާތްތެރިވި އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޓީމާ އެކު އެންމެ ފުރަތަމަ ގަތަރު ޓްރެއިނިން ކޭމްޕަށް ނާދެވުނު ގައުމީ ކޯޗު އަލީ ސުޒޭން ދާދި ފަހުން ޓީމުގެ ކޭމްޕާ ގުޅެން ގަތަރަށް އައި ނަމަވެސް އިއްޔެ މެޗަށް ނުދެވުނެވެ. އެއީ ދޯހާ އަށް އައިސް ހެދި ކޮވިޑް-19 ޓެސްޓްގެ ނަތީޖާ ނުލިބޭތީ އެވެ.

ރާއްޖޭން ތައްޔާރުވަމުން ދަނީ އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް އަށެވެ. އިންމަ ބުނީ މިހާރު ކުރެވޭ ހުރިހާ މަސައްކަތެއް ވެސް ބައްޓަންވާނީ އެ މުބާރާތުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ފޯކަސް އަކީ ސާފް ޗެމްޕިއަންޝިޕް. އެ އަށް ފޯކަސް ކޮށްގެން ނަތީޖާ ނެރެން ކުރާނެ ހުރިހާ ކަމެއް ޕްރެކްޓިސް މެޗުތަކުގައި ކުރާނަން. އިރާދަކުރެއްވިއްޔާ މި މެޗުގައި ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ދެން އަންނަ މެޗެއްގައި ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރަނީ،" އިންމަ ބުންޏެވެ.

ލުސައިލުން މެޗުގައި ފުރަތަމަ ގޯލު ޖެހި ނަމަވެސް ރާއްޖޭން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިފަ އެވެ. ރާއްޖެ އަށް އެއްވަރުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ރާއްޖޭން ލީޑުނެގީ އަލީ ހައިޝަމް (ޗުމްޕު) ޖެހި ގޯލުންނެެވެ. ޗުމްޕު އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން އަލީ ފާސިރު (ސެންޓޭ) ރާއްޖޭގެ ތިން ވަނަ ގޯލު ޖެހިއިރު، ރާއްޖޭގެ ހަތަރު ވަނަ ގޯލު ޖެހީ ދަގަނޑޭ ނެގި ކޯނަރަކުން ޗުމްޕު ބޮލުންނެވެ. އޭގެ ފަހުން ލުސައިލް އިން ވަނީ ބަދަލުތަކެއް ކޮށްގެން އިތުރު ދެ ގޯލު ޖަހައިފަ އެވެ. ރާއްޖޭން ވެސް ވަނީ ބަދަލުތަކެއް ކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން ގައުމީ ޓީމަށް ރަނގަޅަށް ކުޅެން އުނދަގޫވީ އެހާ ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ނުކުޅެ ހުރުމުން ކަން އިންމަ ވަނީ ފާހަގަކޮށްފަ އެވެ.

"މީގެ ކިތަންމެ ވަރަަކަށް ޕްރެކްޓިސްކުރި ކަމުގައި ވިޔަސް މެޗު ނުކުޅޭ ކަމަށްވަންޏާ ފުރަތަމަ ކޮޅު އޭގެ އުނދަގޫތަކެއް ދިމާވާނެ ޕްލޭޔަރުންނަށް. އެއީ ހަަމަ ނޯމަލް ކަމެއް. އެ ގޮތުން މިއަދު (ރޭ) ފެށިއިރު ކޮންމެ ވެސް ވަރަކަށް ޕްލޭޔަރުންނަށް ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް އުނދަގޫވި. އޭގެ ފަހުން މިނިޓަކަށް ފަހު މިނިޓެއް ގޭމް ތެރެއަށް ވަންނަމުން ދިޔައީ،" އިންމަ ބުންޏެވެ.

ރޭގެ މެޗުގައި ދަގަނޑޭ 90 މިނިޓް ކުޅުނުއިރު، ޖުމްލަކޮށް ފުރުސަތު ލިބުނު ހުރިހާ ކުޅުންތެރިން ވެސް ވަނީ ރަނގަޅަށް ކުޅެފަ އެވެ. އިންމަ އަށް ފާހަގަކުރެވުނީ ކޮންފިޑެންސާ އެކު ބިރެއް ނެތި ޕްލޭނާ އެއްގޮތަށް ކުޅެން ކުޅުންތެރިން މަސައްކަތްކުރި ތަނެވެ.

"ކޮންފިޑެންސާ އެކު ކުޅެން މަސައްކަތްކޮށްފިއޭ ބުނެވޭނީ. ޕްލޭޔަރުންގެ ދަނޑުމަތީގެ އެޓިޓިއުޑް. ދަނޑުމަތީގެ ޑިސިޕްލިން ގޯސް ކަންތައްތައް ތަކަށް ވުރެ ރަނގަޅު ކަންތައްތައް ކިތަންމެ ހާ ވެސް ގިނަ. ފުރަތަމަ މެޗާ އަޅާބަލާއިރު. އެހެންވީމަ މި ރަނގަޅު ޕާފޯމަންސް އިތުރަށް ރަނގަޅު ކޮށްގެން މެއިންޓެއިން ކުރާނަން،" އިންމަ ބުންޏެވެ.

ޓްރެއިނިން ކޭމްޕްގެ ދެ ވަަނަ މެޗުގައި ގައުމީ ޓީމުން ހޮނިހިރު ދުވަހު ކުޅޭ ގަތަރުގެ އާމީ ކްލަބާ އެވެ. އެ މެޗާ ކުރިމަތިލާއިރު ގައުމީ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ބެންޗުން އިރުޝާދުދޭން ކޯޗު ސުޒޭނަށް ހުރެވުމެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ. ލީގު ބުރަށް ފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގައި އަންނަ މަހު 16 ވަނަ ދުވަހުގެރޭ ފައިނަލް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox