އުއްމީދާއި އެއްބައިވަންތަކަމަށް ގޮވާލައި ޝާހިދުގެ ވަރުގަދަ މެސެޖެއް

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު: މަޖިލީހުގެ އާއްމު ބަހުސް ހުޅުއްވައިދެއްވުމަށް ދެއްވި ހިތާބުގެ ތެރެއިން -- ފޮޓޯ: ޔޫއެން

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު: މަޖިލީހުގެ އާއްމު ބަހުސް ހުޅުއްވައިދެއްވުމަށް ދެއްވި ހިތާބުގެ ތެރެއިން -- ފޮޓޯ: ޔޫއެން

މިދިޔަ އަހަރު ކޮވިޑާ ހެދި ވާޗުއަލްކޮށް ބޭއްވި އދ. ގެ އާއްމު މަޖިލީހުގައި އަބްދުﷲ ޝާހިދު ތަގުރީރުކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. އޭގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން މިއަދު، ހަމަ އެ މަޖިލީހުގައި ރިޔާސަތުގައި ހުންނަވައިގެން ޝާހިދު ހިތާބެއް ދެއްވީ މުޅި ދުނިޔެ ތަމްސީލުކުރައްވާ އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް ތަމްސީލުކުރެއްވިތާ އަހަރެއްހާ ދުވަސް ފަހުން މިއަދު ޝާހިދުގެ ހިތާބު އެ އަމާޒުކުރެއްވީ 193 ގައުމުގެ ހަތް ބިލިއަނެއްހާ މީހުންނަށެވެ. އެ ހިތާބުގައި ޝާހިދު ގޮވާލެއްވީ އާ އުއްމީދަކާއެކު މުޅި ދުނިޔެ ވެސް އެކުގައި މަސައްކަތްކުރުމަށެވެ. އެތައް ބާވަތެއްގެ ގޮންޖެހުންތަކަށް އެކުގައި މަސައްކަތްކުރުމަށެވެ.

"އެކުވެރިން، ބައެއް ވަގުތުކޮޅުތަކަކީ ހުރިހާ ކަމެއް ބަދަލުކޮށްލާ ވަގުތުތަކެއް، މިއީ އެފަދަ އެއް ވަގުތުކޮޅު. އަޅުގަނޑުމެންނަށް އެކަނިވެރިކަމުގެ މަގެއްގައި ވެސް ކުރިޔަށްދެވިދާނެ، އެކަކު އަނެކަކު ހަލާކުގެ ތެރެއަށް، މަޑުމަޑުން އިންސާނީ ތަހުލީލުތަކަކަށް ވައްޓާލާ ވައްޓާލުމެއްގައި. ނޫނީ އަޅުގަނޑުމެންނަށް އާ މަގެއް ކޮށިދާނެ، އަޅުގަނޑުމެންގެ މި ދުނިޔޭގެ ކުރިމަގު ބަދަލުކޮށްލާވަރުގެ ދެމެހެއްޓެނިވި، ހިތްވަރުގަދަ މަގެއް،" ޝާހިދުގެ ހިތާބުގައި ވިދާޅުވި އެވެ.

މިދިޔަ އަހަރު ޝާހިދު ދެއްވި ތަގުރީރުގައި އަލިއަޅުއްވާލެއްވީ ރާއްޖެއާއި ދުނިޔެއަށް ކުރިމަތިވެފަ އޮތް ކޮވިޑުގެ ވަބާއަށެވެ. މިފަހަރުގެ ހިތާބުގައި ޝާހިދު އަމާޒުހިއްޕެވީ ދުނިޔެ ގޮވައިގެން އެ ބަލިމަޑުކަމާއި ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ހޯއްދެވުމަށެވެ.

"ދޮޅު އަހަރެއްހާ ދުވަސްވެއްޖެ، އަޅުގަނޑުމެން ހިމޭންކަމާއި ހާސްކަން ތަހައްމަލުކުރާތާ. ދޮޅު އަހަރު ދުވަސް ވެއްޖެ، އަޅުގަނޑުމެން ކަންބޮޑުވުމާއި، ހިތާމައިގައި މަޑުކުރާތާ. ދެން އިތުރަށް މަޑުނުކުރަމާ،" ޝާހިދު ގޮވާލެއްވި އެވެ.

ކޮވިޑުގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަ ގުނަ އެހެން މައްސަލަތަކަށް ވެސް އޭނާގެ ރިއާސަތުގައި މަސައްކަތްކުރުމަށް ޝާހިދު މިއަދު އަމާޒު ކަނޑައެޅުއްވި އެވެެ. އޭގެ ތެރެއިން ހަމަނުޖެހުމާއި ހަނގުރާމަ އާއި މޫސުމަށް އަންނަ ނުރައްކާތެރި ބަދަލުތައް ފަދަ މައްސަލަތައް ހިމެނެ އެވެ.

އަދި އެއީ އދ. އިން އެކަންކަމަށް އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރާ ކަމުގެ މަންޒަރެއް އޮތުމުންކަމަށް ވިދާޅުވެ، އެކަންކަން ހައްލުކުރަން އުންމީދުގެ ފަސް މަގެއް ރިއާސަތުގައި އިންނަވައިގެން ކޮއްޓަވާދެއްވާނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މާދަމާއަށް އުންމީދީ ތަސައްވުރަކާއެކު، އަޅުގަނޑު މި އަމާޒުކުރަނީ އުންމީދުގެ ފަސް ދޯދިއަކަށް، އެއީ މި އާއްމު މަޖިލިސް މި އަހަރު ކުރިޔަށްދާން،" ޝާހިދު ވިދާޅުވި އެވެ.

އަދި އދ. ގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެެރެއިން ޒުވާނުންގެ ހިއްސާ އިތުރުކޮށް، އާއްމުންގެ އަޑު އަހައި، އާއްމުންނަށް މުހިންމު ކަންތައް ދެނެގަތުން ހިމެނޭކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އާއްމު މަޖިލީހުގެ ފަރާތުން ބަދަލެއް ދައްކުވައިދެވޭނެ ގޮތްތައް ވެސް ހޯއްދަވާނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ދުނިޔެ އެދި އެދި ތިބީ ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލަކަށެވެ. އަދި އެ ހައްލުތަކަށް ފޯރިދާނެކަން ހިތުގެ އެންމެ އަޑިން ފުރިހަމައަށް ގަބޫލުކޮށް އުންމީދުކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖެ އަކީ އެފަދަ އުންމީދެއްގެ މިސާލެއްކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

"ރާއްޖެއަށް ކުރިމަތިވެފައިވާ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ވުޖޫދީ ބިރާއެކު އެތަނުގައި ދިރިނޫޅެވޭނެ އުންމީދެއް އުންމީދެއް ނެތް ނަމަ،" ޝާހިދު ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ އެންމެ އަނދިރި ދުވަސްތަކުގައި ދުނިޔޭގެ އޭގެ ކުރިން ދުވަހަކު ވެސް ނުވާ ގޮތަކަށް ބަދަހިވެ، އެއްބައިވިކަން ޝާހިދުގެ ހިތާބުގައި އޭނާ ފާހަގަކުރެއްވި އެވެ.

އުންމީދުގެ މެސެޖުތަކުން ފުރިފައި އިން ހިތާބު ޝާހިދު ނިންމަވާލެއްވީ ދުނިޔެއަށް މިއަދު މި އޮތް ހިސާބަށްވެސް އައީ އެންމެންގެ މެދުގައި އޮތް އިންސާނިއްޔަތުކަމާއި ހެދިކަން ވިދާޅުވަމުންނެވެ. އަދި އދ. ގެ ޒިންމާއެއްގެ ގޮތުގައި މިއަދު ދުނިޔެއަށް އުންމީދެއް ދިނުމަށް ޝާހިދު ގޮވާލެއްވި އެވެ. އެމަނިކުފާނު ވާހަކަ ނިންމައިލެއްވީ އެހީވާނީތޯ ނުވާނީތޯގެ ބަހުސް ނިންމާލައި، ކިހިނެތްތޯ އެހީވާނީގެ ބަހުސް ފެށުމަށް ދައުވަތު ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox