ދިގު ފަސް އަޑުއެހުން: ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާ ނިންމާލައިފި

މިއަދުގެ އަޑުއެހުމުގެ ތެރެއިން: އިސްތިއުނާފީ ނުކުތާތައް ވަނީ ހުށަހަޅާ ނިންމާލާފަ

މިއަދުގެ އަޑުއެހުމުގެ ތެރެއިން: އިސްތިއުނާފީ ނުކުތާތައް ވަނީ ހުށަހަޅާ ނިންމާލާފަ

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި, އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ނެންގެވި 22 ނުކުތާ ތަފްސީލުކޮށް ހުށަހަޅުއްވައި ނިންމާލައްވައިފި އެވެ.

ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލެވިފައިމިވަނީ ދިގު ފަސް އަޑުއެހުމެއް ކުރިއަށް ގެންގޮސްގެންނެވެ. އެގޮތުން, މި މައްސަލާގައި އެންމެ ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ތިން ގަޑިއިރަށެވެ.

އެއަށްފަހު ހޯމަ ދުވަހު ތިން ގަޑިއިރަށް އަޑުއެހުމެއް ކުރިއަށް ގެންދިޔައިރު, މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ތިން ގަޑިއިރުގެ އަޑުއެހުމަކާއި މެންދުރުފަހު ދެ ގަޑިއިރުގެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ އެވެ. އަދި, މިއަދު ވަނީ ތިން ގަޑިއިރުގެ އަޑުއެހުމެއް ބާއްވާފަ އެވެ.

Advertisement

މި ހުރިހާ އަޑުއެހުންތަކެއް ވެސް ހާއްސަކުރީ ޔާމީންގެ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލަށް ދިޔުމަށެވެ. އެގޮތުން, ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ޑރ. މުހައްމަދު ޖަމީލާއި އަބްދުالله ޝިޔާޒު އަދި އަލީ ޝާހް ވަނީ ނުކުތާތަކާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފަ އެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ޔާމީން ވެސް ވާހަކަ ދައްކަވައި, އެމަނިކުފާނުގެ ދިފާއުގައި ވަރުގަދަ ރައްދުތަކެއް ދައުލަތަށް ދެއްވި އެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ތަފްސީލަށް ދިޔައީ ހަތަރު ނުކުތާއަކާ ގުޅޭ ގޮތުންނެވެ. އެއީ, މަނީލޯންޑްރިންގެ ކުށް ދައުލަތުން މާނަކޮށްފައިވާ ގޮތް ގޯސްކަމަށް ދެއްކި ނުކުތާއަކާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޔާމީނަށް ކުށް ސާބިތު ނުވާ ކަމަށް ބުނާ ނުކުތާއެކެވެ.

ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި, މަނީލޯންޑްރިންގެ ކުށް ހިންގޭނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއިންނެވެ. ނަމަވެސް, ޔާމީނަށް ލިބުނު ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ އެ ނިޔަތުގައި ހޯދާފައިވާ ފައިސާއެއް ކަމެއް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

މީގެއިތުރުން މި މައްސަލާގައި ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅީ ވެސް އުސޫލާ ހިލާފަށް ކަމަށް ވިދާޅުވެ, ވަކީލް އަލީ ޝާހް އިސްތިއުނާފީ ނުކުތާއެއްގެ ތަފްސީލަށް ދިޔަ އެވެ.

މައްސަލާގައި ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާތަަކަށް ދައުލަތުން ރައްދު ދިނުމެވެ. އެކަމަށް ވެސް ދިގު އަޑުއެހުމެއް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެއަށްފަހު ދެން ބާއްވާނީ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޔާމީން އެދިވަޑައިގެންފައިވާތީ, އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުންތަކެވެ.

ޔާމީންގެ މި ޝަރީއަތުގެ ގިނަ އަޑުއެހުންތަކެއް އަދިވެސް ސުޕްރީމް ކޯޓުގައި ބާއްވަން ޖެހޭނެ ކަމަށް ބެލެވޭއިރު, ކުރިން ކޮންމެ ދުވަހަކު ދެ އަޑުއެހުން ކުރިއަށް ގެންދާ ގޮތަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އޮތީ ނިންމާފަ އެވެ. ނަމަވެސް, ގިނަ ވަގުތު އިށީނދެވަޑައިގެން އިންނަވަން އުނދަގޫ ކަމަށް ޔާމީން ވިދާޅުވެފައިވާތީ ދުވާލަކަށް އެއް އަޑުއެހުމަށް ވަނީ ބަދަލުކޮށްފަ އެވެ.

މި މައްސަލާގައި ޔާމީން ވެސް އަދި ދައުލަތުން ވެސް ވަނީ އާ ހެކި ހުށަހަޅަން ބޭނުންވާކަން ހާމަކޮށްފަ އެވެ.

ދަށު ކޯޓަށް ހުށަނާޅާ އާ ހެއްކެއް އިސްތިއުނާފީ ކޯޓުތަކުން ބަލައިގަންނަވަނީ ވަރަށް ހާއްސަ ހާލަތްތަކެއްގަ އެވެ. އެއީ, އަދުލުއިންސާފު ގާއިމް ކުރަން ކޮންމެހެން މުހިންމުވާނަމަ, ނުވަތަ ފަހުން ވުޖޫދުވި ހެއްކަކަށްވާނަމަ އެވެ.

ފަނޑިޔާރުން ވަނީ އާ ހެކީގެ ލިސްޓް ދެ ފަރާތުން ވެސް ހުށަހަޅަން އަންގަވާފަ އެވެ.

ޔާމީންގެ ފަރާތުން ހުށަހަޅާ އާ ހެކީގެ ތެރޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނަކާއި އޭނާ އާއި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ކޮށްފައިވާ މެސެޖްތަކެއްގެ ސްކްރީން ޝޮޓް ހިމެނެ އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާކަން ސާބިތުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox