ހޯމް އެޑްވާންޓޭޖް ނެގޭނީ ސަޕޯޓަރުންނާ އެކު: ކުރޯ

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ކުރޯ.-- ފޮޓޯ: އަދަދު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ކުރޯ.-- ފޮޓޯ: އަދަދު

ފުޓްބޯޅައިގައި ރާއްޖޭގެ ރަން ކާމިޔާބީތައް ހޯދީ އެހެން ގައުމުތަކެއްގައި ކުޅުނު ފައިނަލުން ކަމުގައި ވިޔަސް ގައުމީ ޓީމުގެ އެންމެ ވަރުގަދަ ކުޅުން ފެނިފައި ހުރީ ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުތަކުގަ އެވެ. އެ ފަދަ މެޗުތަކެއް ކުޅެން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ނުކުންނައިރު، ގައުމީ ޓީމުގެ ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ)ގެ ނަޒަރުގައި ސަޕޯޓަރުން ގިނައިން ދަނޑަށް ވަދެގެން ހޯމް އެޑްވާންޓޭޖް ނެގުން މުހިއްމެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހު 1-16 އަށް ހުރިހާ މެޗެއް ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، އެ މުބާރާތުގެ ހުރިހާ މެޗެއްގައި ވެސް ކުޅުނު ކުރޯ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި މިދިޔަ އަހަރުތަކުގައި ގިނަ މެޗުތަކެއް ކުޅުނު ކުރޯގެ ނަޒަރުގައި މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހޯމް އެޑްވާންޓޭޖްގެ ތަފާތު ދެއްކުން މުހިއްމެވެ.

"ސަޕޯޓަރުންނަކީ އަސްލު ވަރަށް މުހިއްމު ބައެއް މިހާރު. ހޯމް އެޑްވާންޓޭޖް ނެގެން އަންނަނީ ސަޕޯޓަރުން ވަދެގެން. އެހެންވީމަ، ސާފް ޗެމްޕިއަންޝިޕްގައި ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓް ކޮށްދިނުމަކީ ވަރަށް ބޮޑަށް ޓީމަށް އެޑްވާންޓޭޖެއް،" ގަތަރުގައި މިހާރު ފުރިހަމަކުރަމުން އަންނަ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި ކުރޯ ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ކުރޯ (ކ) ކައިރިން ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަދަދު

ސާފް ޗެމްޕިއަންޝިޕަށް ދަނޑު ފުރާލުމަކީ އެފްއޭއެމްގެ ވެސް އަމާޒެކެވެ. ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ދަނޑަށް ވަދެވޭނީ ކޮވިޑް-19ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ މަހު މާލޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ވަނީ ކުޅެފަ އެވެ. ރާއްޖޭގެ ކްލަބް އީގަލްސް އާއި މާޒިޔާ ވަނީ އޭއެފްސީ ކަޕްގައި ވާދަކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރި ނަމަވެސް ފުރިހަމަ އަށް ހޯމް އެޑްވާންޓޭޖް ނުނެގުނީ މެޗުތައް ކުޅެން ޖެހުނީ ސަޕޯޓަރުން ނުވައްދައި ކަމަށްވާތީ އެވެ. ކުރޯ ބުނީ އޭއެފްސީ ކަޕްގައި އެ ގޮތަށް ދިމާވި ނަމަވެސް ސާފް ޗެމްޕިއަންޝިޕްގައި ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

"އޭއެފްސީ ކަޕްގައި ދެން ކޮވިޑްގެ ހާލަތާ ގުޅިގެން ސަޕޯޓަރުން ނުވެއްދުނަސް ސާފް ޗެމްޕިއަންޝިޕްގައި ސަޕޯޓަރުން ވަދެގެން މި އޮތީ މެޗުތައް ކުޅެވޭގޮތް ވެފައި. ޓީމަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ ސަޕޯޓަރުން ތިބެެގެން މެޗުތައް ކުޅުނީމަ،" ކްލަބް އީގަލްސްގެ ކެޕްޓަންކަން ކުރަމުން އަންނަ ކުރޯ ބުންޏެވެ.

ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާ އެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox