މެސީ ހިތްހަމަ ނުޖެހުނު ކަމަށް ޕޮޗެޓީނޯ އެއްބަހެއް ނުވި

Sep 20, 2021, 4:46 AM
ޭރޭގެ މެޗުގެ ތެރެއިން ޕޮޗެޓީނޯ (ކ) އާއި މެސީ.

ޭރޭގެ މެޗުގެ ތެރެއިން ޕޮޗެޓީނޯ (ކ) އާއި މެސީ.

ޕެރިސް (ސެޕްޓެމްބަރު 20) - ފްރެންޗް ލީގުގައި ރޭ ލިޔޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގެ ދެ ވަަނަ ހާފްގައި ލިއޮނަލް މެސީ ބަދަލުކުރުމުން އޭނާ ހިތްހަމަ ނުޖެހުނުކަން ފާހަގަނުކުރެވޭ ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ރޭގެ މެޗަކީ ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވި ފަހުން އެ ޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ފަހު 15 މިނިޓަށް މެސީގެ ބަދަލުގައި ޕީއެސްޖީން ވަނީ އަޝްރަފް ހަކީމީ ކުޅެން އަރުވައިފަ އެވެ. އޭރު ނަތީޖާ 1-1 އިން އެއްވަރުވެފައި އޮތްއިރު، މެސީ ދަނޑުން ފައިބައިގެން ދިޔަ ވަގުތު ޕޮޗެޓީނޯއާ ވާހަކަ ދައްކަން ދެކޮޅު ހަދާ މަންޒަރު ފެނެ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ގާތުގައި މެސީގެ އެ ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ވަނީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ބުނެފަ އެވެ.

"އަހަރެން މެސީ ގާތުގައި އެހީ އޭނާ އަށް މެޗު ދިޔައީ ކިހިނެއްތޯ. ޖަވާބުގައި އޭނަ ބުނީ ރަނގަޅަށޭ،" ޕޮޗެޓީނޯ ބުންޏެވެ. "މީގެ މައްސަލައެއް ކަމަށް ފާހަގަކުރެވޭ ވަރުގެ ކަމެއް ނުހިނގާ"

ޕީއެސްޖީ އަށް ބަދަލުވި ފަހުން މެސީ އެ ޓީމަށް ކުޅެދިން ތިން މެޗު ނިންމާލީ ގޯލެއް ނުޖެހި އެވެ. ރޭގެ މެޗުގައި މެސީ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ގޯލާ ސީދާކޮށް ފޮނުވާލި ބޯޅަ ލިޔޯންގެ ކީޕަރު އެންތަނީ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.

ޕީއެސްޖީ މޮޅުކޮށްދިނީ ބަދަލެއްގެ ގޮތުގައި އެރި މައުރޯ އިކާޑީ ޖެހި ގޯލުންނެވެ.

ޕޮޗެޓީނޯ ބުނީ ޕީއެސްޖީގައި ފުރަތަަމަ އެގާރަ އަށް ކުޅެވޭނެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި ކޮންމެ މެޗަަކަށް ނަގާ ޓީމާ މެދު ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހުންތަކެއް އުޅޭ ކުޅުންތެރިން ތިބޭނެ ކަމަށެވެ. އޭނާގެ ވަޒީފާ އަކީ މެޗުން މޮޅުވެވޭނެ ޓީމެއް ނެގުން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު އެވެ. ޕީއެސްޖީ އަށް 18 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox