އިކާޑީގެ ގޯލާ އެކު ޕީއެސްޖީން ރެކޯޑް ދަމަހައްޓައިފި

Sep 19, 2021, 9:13 PM
ލަނޑު ޖެހުމަށް ފަހު އިކާޑީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އިކާޑީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ސެޕްޓެމްބަރު 19) - ފްރެންޗް ލީގުގައި މިރޭ އިތުރު ވަގުތުގައި މައުރޯ އިކާޑީ ޖެހި ގޯލުން ފަހަތުން އަރައި 2-1 އިން ލިޔޯން ބަލިކޮށް، މި ފަހަރުގެ ލީގުގައި ޕީއެސްޖީން ދަމަހައްޓަމުން އަންނަ ސައްތަ އިން ސައްތަ ރެކޯޑާ އެކު އެއް ވަނަ މަގާމުގައި ލީޑެއް ނަގައިފި އެވެ.

ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު މާސޭ އެވެ.

މެޗު ފަށައިގެން ފުރަަތަަމަ ހާފުގައި ޕީއެސްޖީގެ ލިއޮނަލް މެސީ ވަނީ ގޯލެއް ޖަހަން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން މެސީ ޖެހި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވިއިރު، ގޯލާ ސީދާކޮށް މެސީ ޖެހި ބޯޅަ ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.

Advertisement

މެޗުގެ ފަހު ކޮޅުގައި މެސީ ބަދަލުކުރުމުން އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ. ބަދަލުކުރި ވަގުތު މެސީ ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެންޗަށް ގޮސްފަ އެވެ.

މެސީ (ވ) ބަދަލުކުރި ވަގުތު ހިތްހަމަނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެސީ ޕީއެސްޖީ ޖޯޒީގައި މިހާތަނަށް ތިން މެޗު ކުޅުނުއިރު އަދި ގޯލެއް ނުޖެހެ އެވެ. މިރޭގެ މެޗަކީ ޕީއެސްޖީ ދަނޑުގައި މެސީ ކުޅުނު ފުރަތަމަ މެޗެވެ.

ޕީއެސްޖީ ގޯލުގައި މި ފަހަރުގެ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާ ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖެހީ ލިޔޯނުންނެވެ. މެޗުގެ 54 ވަނަ މިނިޓްގައި ޓޯކޯ އެކަމްބީ ނެގި ހުރަހަކުން އޭރިއާތެރޭގައި ހުރި ލޫކަސް ޕަކޭޓާ ވަނީ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ޕީއެސްޖީން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. ޕެނަލްޓީ އަކުން މި ގޯލު ޖެހީ ނޭމާ އެެވެ. މި ޕެނަލްޓީ އަކީ ލިޔޯންގެ ޑިފެންޑަރަކު ނޭމާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުން މޮޅުވާން ޕީއެސްޖީން ކުރި ބަދަލުތަކުގެ ތެރޭގައި މެސީގެ ބަދަލުގައި އަޝްރަފް ހަކީމީ ކުޅެން އެރިއިރު، އެންޑަ ހެރޭރާގެ ބަދަލުގައި ޖިއޮޖީނިއޯ ވައިނަލްޑަމް ވެސް ވަނީ ކުޅެން ނުކުމެފަ އެވެ. ވައިނަލްޑަމް އޭރިއާތެރެއިން ޖެހި ބޯޅައެއް ލިޔޯން ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހި އިކާޑީ ކުޅެން އެރީ އެންހެލް ޑި މާރިއާގެ ބަދަލުގަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ފަހު މިނިޓްގައި އިކާޑީ މި ގޯލު ޖެހީ ކީލިއަން އެމްބާޕޭ ނެގި ހުރަހަކުން ބޮލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox