ޑެހެއާ ފަހު ވަގުތު ޕެނަލްޓީއެއް މަތަކޮށް ޔުނައިޓެޑަށް މުހިއްމު މޮޅެއް

Sep 19, 2021, 3:25 PM
މެޗަށް ފަހު ޑެހެއާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޑެހެއާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ފަހު ވަގުތު ޕެނަލްޓީއެއް މަތަކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 2-1 އިން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން ހަމަކޮށްފަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެެވެ. ލިވަޕޫލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެެވެ.

މެޗަށް ނުކުތްއިރު ވެސްޓް ހޭމް އަށް އޮތް ކަންބޮޑުވުމަކީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ރަތް ކާޑެއް ދެއްކުމުގެ ސަބަބުން ޓީމުގެ އެއް ވަނަ ފޯވާޑް މިކޭލް އެންޓޯނިއޯ ސަސްޕެންޑްވެފައި ވުމެވެ. މި މެޗުގައި ވެސްޓް ހޭމްގެ އެންމެ ކުރިއަށް ކުޅުނީ ކްރޮއޭޝިއާގެ ފޯވާޑް ނިކޯލަ ވްލަސިޗް އެވެ.

ލަންޑަން އޮލިމްޕިކް ސްޓޭޑިއަމްގައި މިއަަދު ކުޅުނު މެޗު ފަށައިގެން ވެސްޓް ހޭމްގެ ޖެރާޑް ބޮވެން ފޮނުވާލި ބޯޅައެއް ޔުނައިޓެޑް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ވެސްޓް ހޭމް ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި ސައީދު ބެންރަހްމާ ޖެހި ގޯލުންނެވެ. އޭރިއާބޭރުން ބެންރަހްމާ ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ރަފައެލް ވަރާން ގައިގައި ޖެހިފަ އެވެ. ޔުނައިޓެޑަށް އޭގެ ފަސް މިނިޓް ފަހުން އެއްވަރުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފެނާންޑޭސް ނެގި ހުރަހަކުން ރޮނާލްޑޯ ފުރަތަމަ ޖެހި ބޯޅަ ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ އަތުގައި ޖެހިފައި ނުކުތް ވަގުތު ރޮނާލްޑޯ ވަނީ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ އަލުން ޔުނައިޓެޑާ ގުޅުނު ފަހުން ރޮނާލްޑޯ ޖެހި ހަތަރު ވަނަ ގޯލެވެ.

ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ (ކ) އާއި ޕޮގްބާ އުފާފާޅުކުރަނީ.

ޔުނައިޓެޑުން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ޖެސީ ލިންގާޑް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.

ލިންގާޑަކީ މިދިޔަ ސީޒަންގެ ފަހުކޮޅުގައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ލިންގާޑް ލަނޑު ޖަހަން ބޯޅަ ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނަމަންޏާ މަޓިޗް އެވެ.

ތިން ވަނަ ލަނޑެއް ޖަހަން ޔުނައިޓެޑުން ކުރި މަސައްކަތުގައި އެ ޓީމުގެ ރޮނާލްޑޯ އަށް ވެސްޓް ހޭމް އޭރިއާތެރެއިން އެ ޓީމުގެ ކާޓް ޒޫމާ ފައުލުކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ. އެކަމަކު، އިތުރު ވަގުތުގެ ފަހު މިނިޓްގައި ޔުނައިޓެޑްގެ ލޫކް ޝޯ އަތުގައި އޭރިއާތެރެއިން ޖެހި ބޯޅަ އަށް ޕެނަލްޓީއެއް ދިނެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ވެސްޓް ހޭމް އިން ޕެނަލްޓީ ޖަހަން ކުޅެން އެރުވީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މާކް ނޯބަލް އެވެ. ނޯބަލް ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ޑެހެއާ ޕެނަލްޓީއެއް މަތަކުރި ފުރަތަމަ ފަހަރެވެ.

ލީގުގައި މިރޭ ބްރައިޓަން އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ ބަލިކޮށް ތިން ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox