ޓްރެއިނިން ކޭމްޕްގައި ޓީމުގެ ގުޅުން ބަދަހިވުމުގެ ފައިދާ މުބާރާތުން ފެންނާނެ: ސެންޓޭ

Sep 18, 2021, 7:34 AM
ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އަލީ ފާސިރު (ސެންޓޭ).-- ފޮޓޯ: އަދަދު

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އަލީ ފާސިރު (ސެންޓޭ).-- ފޮޓޯ: އަދަދު

ޓްރެއިނިން ކޭމްޕްގެ އެންމެ މުހިއްމު ބޭނުމަކީ ޓީމު އެކުލަވާލުމުގެ އިތުރުން ޓީމުގެ ހުރިހާ މެމްބަރުންގެ ގުޅުން ބަދަހިކުރުމެވެ. ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، މުބާރާތުގެ ކުރިން ގަތަރުގައި ޖެހި ޓްރެއިނިން ކޭމްޕްގެ އެ ފައިދާ ފެނުނެވެ.

އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން މިހާރު ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުން އަންނައިރު، ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ)ގެ ނަޒަރުގައި ޓްރެއިނިން ކޭމްޕްގެ ތަފާތު މުބާރާތުގައި ފެންނާނެ އެވެ.

"މިހާރު ވާގޮތަކީ ކޮންމެ ގޮތެއް ވިޔަސް 2018 ގައި ވެސް އޭރު އޮތީ ދެ ބެޗެއް. ޔަންގުންނާއި (ޒުވާން ކުޅުންތެރިންނާއި) ސީނިއާ ކުޅުންތެރިން. ދެ ގްރޫޕް އެއްކޮށް މިކްސްކޮށް ދިޔައީ. ވަރަށް ފަސޭހަވާނެ އެއްކޮށް އެއްތަނެއްގައި ތިބޭއިރުގައި ވާހަކަ ދެއްކުމާއި އެކަކު އަނެކަކަށް އެނގުން. އެއީ ވަރަށް މުހިއްމު ކަމެއް މެޗެއް ކުޅޭއިރު ވެސް މުބާރާތަކަށް ތައްޔާރުވާއިރު ވެސް އެކަކު އަނެކަކަށް އެނގުން،" 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ސެންޓޭ ބުންޏެވެ.

ސެންޓޭ ބުނީ ގައުމީ ޓީމަށް ބަލާއިރު މި ވަގުތު އޮތް 29 ކުޅުންތެރިންގެ ސްކޮޑުގައި ތިބީ މާޒިޔާގެ 12 ކުޅުންތެރިންނާއި ލީގުގެ އެކި ޓީމުތަކުން ދެން އައިސް ތިބި ކުޅުންތެރިން ކަމަށެެވެ. އެ ގޮތަށް ޓީމެއް ނަގައިގެން އެކުލަވާލަން ބަލާއިރު، ހުރިހާ ކުޅުންތެރިން އެކަކު އަނެކަކަށް ފަރިތަވުމަކީ މުބާރާތަށް ދާއިރު އޭގެ ފައިދާ ބޮޑުވާނެ ކަމެއްގެ ގޮތުގައި ސެންޓޭ ދެކެ އެވެ.

"އެކި ކްލަބްތަކުގައި ކުޅެފައި މި އަންނަނީ އެހެން އަންނައިރު އެންމެން އެއްކޮށް އެއް ހޮޓަލެއްގައި ތިބެ އެކަތިގަނޑެއްގެ ގޮތުގައި ގުޅުން ބޭއްވުން، އެއީ މި ލިބޭ ރަނގަޅު ޗާންސަކީ ކޭމްޕްގައި ހަގީގަތުގައި،" ސެންޓޭ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް (އަހަރެން) މާލޭގައި މި ކުޅެނީ ވެލެންސިއާ އަށް. ވެލެންސިއާ އަށް ކުޅުނުއިރު ވާގޮތަކީ މާޒިޔާ މީހުންނާ ދިމާވާލެއް މަދުވާނެ. އެހެންނޫނީ އެހެން ޓީމެއްގެ މީހަކާ ދިމާވާލެއް މަދުވާނެ. މިތާގައި ވާނެ ގޮތަކީ (އެއްކޮށް އުޅޭއިރު) ޓްރެއިނިންގައި ވެސް އެކަކު ކައިރީ އެއްޗެއް އަހާލައި ވާހަކަ ދައްކައި އެ ހުރިހާ އެއްޗެއް އެއްކޮށް ދިޔައީމަ ޓްރެއިނިން ކޭމްޕްގެ ފައިދާ ފެންނާނެ މުބާރާތުގައި ޔަގީނުން ވެސް،"

ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ ސެންޓޭ އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އަށް އަނިޔާވެގެން ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާ އެވެ.

އިންޑިއާ އަތުން އެ ފަހަރު ފައިނަލުގައި ރާއްޖެ 2-1 އިން މޮޅުވިއިރު، ރާއްޖޭގެ ދެ ވަނަ ގޯލު ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ކާމިޔާބުކުރީ ސެންޓޭ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަަނަ ދުވަހުގެރޭ ކުޅޭނީ ނޭޕާލާ އެެވެ.

ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ މަހު ހަތް ވަަނަ ދުވަހުގެރޭ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އެ އަށް ފަހު 10 ވަނަ ދުވަހު ހަވީރު ސްރީލަންކާއާ ކުޅުމަށް ފަހު 13 ވަނަ ދުވަހުގެރޭ އިންޑިއާއާ ބައްދަލުކުރާނެ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެރޭގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox