އަޝްފާގަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް: ޗެތުރީ

2018 ވަނަ އަހަރުގެ އޭއެފްސީ ކަޕް މެޗު ފެށުމުގެ ކުރިން ޗެތުރީ (ކ) އާއި ދަގަނޑޭ ސަލާމްކުރަނީ.

2018 ވަނަ އަހަރުގެ އޭއެފްސީ ކަޕް މެޗު ފެށުމުގެ ކުރިން ޗެތުރީ (ކ) އާއި ދަގަނޑޭ ސަލާމްކުރަނީ.

ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިންގެ ވާހަކަ ދައްކާނަމަ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށް ބުނެ، އޭނާ އަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފަސް ގައުމުގެ ކެޕްޓަނުންނަށް ހާއްސަކޮށް ގެނެސްދޭ ވީޑިއޯ ސެގްމެންޓުގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ޗެތުރީ ބުނީ އިންޑިއާ އަކީ ސާފްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާތީ އެ ޓީމުން މޮޅު ކުޅުންތެރިއެއްގެ ވާހަކަ ނުދައްކާނެ ކަމަށެވެ. އަދި އެހެން ޓީމެއްގެ ވާހަކަ ދައްކާނަމަ ޔަގީނުން ވެސް ފާހަގަކުރަން ޖެހޭނެ ކުޅުންތެރިއަކީ ދަގަނޑޭ ކަމަށް ޗެތުރީ ބުންޏެވެ.

"ރާއްޖޭގެ އަލީ އަޝްފާގަކީ އާދަޔާހިލާފު ކުޅުންތެރިއެއް. އޭނަގެ އެންމެ މޮޅަށް ކުޅުނު ދުވަސްވަރު އޭނަ ތަފާތު މޮޅު. އަހަރެމެންނާ ކުޅޭ ކޮންމެ ފަހަރަކު ވަރަށް އުނދަގޫ އޭނާ ހުއްޓުވަން. ކޮންމެ ފަހަރަކު އޭނަ ކުޅޭތަން ވަގުތުން ފެންނައިރު ނޫނީ ވީޑިއޯއެއް ފެންނައިރު އެއީ ހަމަ ފުރިހަމަ ހުނަރެއް،" ޗެތުރީ ބުންޏެވެ.

ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ލެޖެންޑް ބައިޗުން ބުޓިއާ އާއި ދަގަނޑޭގެ ނަން ހިމަނައިފަ އެވެ. އަދި އެ ތަނުން އެއް ކުޅުންތެރިއަކު ނަގާނަމަ އިހުތިޔާރު ކުރާނީ ބުޓިއާ ކަމަށް ޗެތުރީ ބުންޏެވެ.

ދާދި ފަހުން މާލޭގައި އޮތް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ކުޅެން ބެންގަލޫރު ޓީމާ އެކު ރާއްޖެ އައި ޗެތުރީ ބުނީ މިހާރު އޮތް ހާލަތުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެެވެ. އަދި މި ފަދަ ވަގުތެއްގައި މުބާރާތް އިންތިޒާމްކުރަން ސާފްގެ ހިންގާ ކޮމިޓީ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރާ މަސައްކަތުގައި ކާމިޔާބަށް އެދޭ ކަމަށް ޗެތުރީ ބުންޏެވެ.

"އެއީ އަހަންނަށް އެނގޭ މި މުބާރާތް ހޯސްޓް ކުރުމަކީ އުނދަގޫ މަސައްކަތަކަށް ވާނެކަން. އުއްމީދު ކުރަނީ ހުރިހާ ކަމެއް ރަނގަޅަށް ގޮސް ސަޕޯޓަރުން ގަޔާވާނެ މުބާރާތެއް ކުރިއަށް ގެންދެވޭނެ ކަމަށް،" ޗެތުރީ ބުންޏެވެ.

ޗެތުރީ ދެކޭ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅެފައިވާ އެންމެ އުނދަގޫ މެޗަކީ 2013 ވަނަ އަހަރު ނޭޕާލްގައި ކުޅުނު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ނޭޕާލް އަތުން 2-1 އިން އިންޑިއާ ބަލިވި މެޗެވެ.

މިހާތަނަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މުބާރާތްތަކުގެ ތެރެއިން ޗެތުރީ އަށް އެންމެ ކަމުދާ މުބާރާތަކީ 2015 ވަނަ އަހަރު ޓްރިވެންްޑްރަމްގައި ބޭއްވި މުބާރާތެވެ. އެ ފަހަރުގެ ފައިނަލުގައި ވަރުގަދަ އަފްގާނިސްތާން އަތުން އިންޑިއާ މޮޅުވި ގޯލު ޗެތުރީ ކާމިޔާބު ކުރިއިރު، އޭނާ އަށް މުބާރާތް ކަމުދާ ސަަބަބަކީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންތަކެއް އެ މުބާރާތުން ތައާރަފް ވުމުންނެވެ.

"އެންމެ ކަމުދާ ސްޓޭޑިއަމަކީ ވެސް ކެރަލާ ސްޓޭޑިއަމް. އެއީ އެ ފަހަރުގެ (2015 ވަނަ އަހަރުގެ) މުބާރާތް ކުޅުނު ދަނޑު،" ޗެތުރީ ބުންޏެވެ.

އުމުރުން 37 އަހަރުގެ ޗެތުރީ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިއަށްދާން ގިނަ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ދާދި ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ޕެނަލްޓީ އެއް ނާކާމިޔާބުވެ، ހަމަ އެ މެޗުގެ 88 ވަނަ މިނިޓާއި 95 ވަަނަ މިނިޓްގައި ގޯލު ޖަހައި ޓީމު މޮޅުކޮށްދޭން ރޮނާލްޑޯ ދެއްކި ހިތްވަރުން ވެސް ގިނަ ކަންތައްތަކެއް ދަސްވި ކަމަށް ޗެތުރީ ބުންޏެވެ.

ޗެތުރީ އަކީ ސާފް ޗެމްޕިއަންޝިޕް ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުުޅުންތެރިޔާ އެވެ. އެއް ވަނައިގައި އޮތް ދަގަނޑޭ 20 ގޯލު ޖަހާފައިވާއިރު، ޗެތުރީ އަށް ޖެހުނީ 13 ގޯލެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތަރު ވަަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހު ސްރީލަންކާއާ ބައްދަލުކުރާއިރު، ތިން ވަނަ މެޗުގައި ނޭޕާލާ ކުޅޭނީ އަންނަ މަހު 10 ވަަނަ ދުވަހު އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި 13 ވަނަ ދުވަހު ރާއްޖެއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox