ލެސްޓާ އެއްވަރު، ވެސްޓް ހޭމް ޔޫރޮޕާ ފެށީ މޮޅަކުން

Sep 17, 2021, 4:36 AM
ވެސްޓް ހޭމް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލެސްޓާ (ސެޕްޓެމްބަރު 17) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ލެސްޓާ ސިޓީ ކުޅުނު މެޗުން 2-2 އިން ނަޕޯލީއާ އެއްވަރުވިއިރު، ރަށުންބޭރުގައި ޑިނަމޯ ޒަގްރެބް 2-0 އިން ބަލިކޮށް ވެސްޓް ހޭމް ޔުނައިޓެޑް މޮޅަކުން މުބާރާތް ފަށައިފި އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ ހާވީ ބާންސް ދިން ބޯޅައަކުން އަޔޯޒީ ޕެރޭޒް އެެވެ. ކެލެޗީ އިހެނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 64 ވަަނަ މިނިޓްގައި ބާންސް ވަނީ ލެސްޓާގެ ލީޑުފުޅާކޮށްދީފަ އެވެ.

ނަޕޯލީން އެއްވަރުކުރީ ފަހު ވިއްސަކަށް މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 70 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ދިން ބޯޅައަކުން ވިކްޓަ އޮސިމްހެން ނަޕޯލީގެ ފުރަތަަމަ ގޯލު ޖެހިއިރު، މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ނަޕޯލީގެ ދެ ވަނަ ގޯލު ޖެހީ ވެސް އޮސިމްހެން އެވެ. މި ގޯލު ޖަހަން ބޯޅަ ދިނީ މަޓެއޯ ޕޮލިޓާނޯ އެވެ. ލެސްޓާ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ވިލްފްރެޑް އެންޑީޑީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

Advertisement

ލެސްޓާގެ ސޮޔުންޗޫ (ވ) އާއި ކަސްޓާނިއާ (ކ) ކައިރިން ނަޕޯލީގެ އޮސިމްހެން ބޯޅަ ހިފައިގެންދަނީ.

މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވެސްޓް ހޭމް އިން ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް ބަލިކުރިއިރު، ގޯލުތައް ޖެހީ މިކޭލް އެންޓޯނިއޯ އާއި ޑެކްލަން ރައިސް އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ރެއާލް ބެޓިސް ވަނީ 4-3 އިން ސެލްޓިކް ބަލިިކޮށްފަ އެވެ. ރޭންޖާސް ދަނޑުގައި ލިޔޯން މޮޅުވީ 2-0 އިންނެވެ. ގަލަސަތަރާއި އިން 1-0 އިން ލާޒިއޯ ބަލިކުރިއިރު، މާސޭ އާއި ލޮކޮމޯޓިވް މޮސްކޯ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ޔުއެފާ އިން އަަލަށް ފެށި ކޮންފަރެންސް ލީގުގައި ރޭ ހޯސޭ މޮރީނިއޯގެ ރޯމާ ވަނީ ފަހަތުން އަރައި 5-1 އިން ސީއެސްކޭއޭ ސޯފިއާ ބަލިކޮށްފަ އެެވެ.

ބަލްގޭރިއާގެ ސޯފިއާ ޓީމަށް ގްރަހަމް ކެރީ ގޯލެއް ޖަހައި ލީޑުނަގައި ދީފައިވަނިކޮށް ރޯމާ މޮޅުވީ ފަހަތުން އަރައި ފަސް ގޯލު ޖަހައިގެންނެވެ. ރޯމާގެ ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީ ދެ ގޯލު ޖެހިއިރު، އަނެއް ތިން ގޯލު ކާމިޔާބުކުރީ ސްޓެފަން އެލްޝަރާވީ، ޖިއަންލޫކާ މަންޗިނީ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓެމީ އަބްރަހަމް އެވެ.

ކޮންފަރެންސް ލީގުގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ ފްރާންސްގެ ރެެނެސްއާ 2-2 އިން އެއްވަރުވެފަ އެވެ. ރެނެސްގެ ލޮއިކް ބާލްޑޭ އަތުން ބައިކޮޅަށް ވަން ގޯލުން ޓޮޓެންހަމް ލީޑުނެގި މި މެޗުގައި ރެނެސް އިން ވަނީ ފަހަތުން އަރައި ނަތީޖާ އަނބުރާލައިފަ އެވެ. ރެނެސް އަށް އެއްވަރުކޮށްދިނީ ފްލޭވިއަން ޓައިޓް އެވެ. އަދި ލީޑުނަގައިދިނީ ގައެޓަން ލަބޯޑޭ އެވެ. ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޕިއޭ އެމީލް ހޮއިބިއޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox