ޔާމީންގެ "އެ ފައިސާ މި ފައިސާ"ގެ ތިއަރީ ނަންގަވައިގެން ގިނަ ވާހަކަތަކެއް ދައްކަވައިފި

ޔާމީން މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތަށް ރައްދު ދެއްވައި ވާހަކަ ދައްކަވަނީ: އެ ފައިސާ, މި ފައިސާގެ ވާހަކަ ދެއްކެވި

ޔާމީން މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތަށް ރައްދު ދެއްވައި ވާހަކަ ދައްކަވަނީ: އެ ފައިސާ, މި ފައިސާގެ ވާހަކަ ދެއްކެވި

މަނީލޯންޑްރިންގެ ދައުވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވުމާއެކު ވެސް އެމަނިކުފާނު ނެރުއްވީ "އެ ފައިސާ މި ފައިސާ"ގެ ތިއަރީ އެވެ. އެ ތިއަރީގެ ވާހަކަ ސިޔާސީ ފޯޑިއަމްތަކުން ކޯޓު މަރުހަލާގައި ވެސް ޔާމީން ގެންދެވީ ވިދާޅުވަމުންނެވެ.

އެންމެފަހުން, އެ ވާހަކަތައް މިއަދު ސުޕްރީމް ކޯޓުގައި ވެސް ދައްކަވައި, ދައުލަތަށް ހޫނު ރައްދުތަކެއް ވަނީ ދެއްވާފަ އެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ޝަރީއަތް މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އާ ހަމައަށް ކުރިއަށް ދިޔަ އެވެ. އަޑުއެހުމުގައި ޔާމީންގެ ފަރާތުން ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް އިސްތިއުނާފު ކުރާ ނުކުތާތަކުގެ ތަފްސީލު ހުށަހެޅި އެވެ.

މި މައްސަލާގައި ތިންވަަނަ އަޑުއެހުން މިއަދު ކުރިއަށް ދިޔައިރު, އިސްތިއުނާފީ ޖުމްލަ 22 ނުކުތާއެއް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ވެ އެވެ.

ޔާމީނާއި އެއް މިލިއަން ޑޮލަރު

ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެފައިވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީއަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރާ ގުޅިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ކަރަންޓު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފްއިން ޖަމާވި އެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިކޮށްފައިވާ ކުންފުންޏެވެ.

އަދީބާ ގާތް ގުޅުމެއް އޮންނަ ބަޔަކު ހިންގާ އެ ކުންފުނީގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ, ޔާމީން އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި, އަދީބާއި ޔާމީންގެ ދެމެދު ރުޅިވެރިކަން އުފެދުނު ފަހުންނެވެ. އަދި, އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދަނިކޮށެވެ.

އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ވަތް އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ބުނެ އެވެ. އަދި, އެ ފައިސާގެ އަސްލު އޮޅުވާލައި, އޭގެން ޔާމީން މަންފާ ހޯދި ކަމަށް ވަނީ ބުނެފަ އެވެ.

އެއް މިލިއަން ޑޮލަރު, ޔާމީން ވަނީ އިސްލާމިކް ބޭންކްގައި އޮތް އެމަނިކުފާނުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފަ އެވެ. އެ ފައިސާއިން އެމަނިކުފާނަށް ދިޔައީ މަންފާ ލިބެމުންނެވެ. އަދި, އޭގެފަހުން އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ޔާމީން ހުޅުވައި, އެ އެކައުންޓަށް އެއް މިލިއަން ޑޮލަރުލި އެވެ. އެ އެއް މިލިއަން ޑޮލަރަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މެދުވެރި ކުރައްވައި ޔާމީން ހޯއްދެވި އެއް މިލިއަން ޑޮލަރެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހެނދުުން ފެށިގެން ހަވީރާ ހަމަށް ގެންދިޔަ
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހެނދުުން ފެށިގެން ހަވީރާ ހަމަށް ގެންދިޔަ

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހެނދުުން ފެށިގެން ހަވީރާ ހަމަށް ގެންދިޔަ

އަދާވަތްތެރިއެއްގެ އަތުން ގަވައިދާ ހިލާފަށް ފައިސާ ހޯދާނެތަ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ޔާމީން މިއަދު އަމާޒު ކުރެއްވީ މި ސުވާލެވެ; އެމަނިކުފާނުގެ އަދާވަތްތެރިއެއްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދަން އަހާނެތޯ އެވެ.

ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނަށް ލިބުނު ފައިސާއާމެދު ސަލާމަތް ބުއްދީން ވިސްނާލުމަށެވެ.

އެގޮތުން, ޔާމީން ވިދާޅުވި ގޮތުގައި އެސްއޯއެފް ނުވަތަ އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް އެ ފަރާތްތަކުގައި އަހާފައިނުވާނެ އެވެ. ފައިސާ ހޯދުމަށް އެދިވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ކަމާއި އެއީ, އޭނާގެ އަތުގައި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ފައިސާ ހުންނާނެތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އޭނާ ގާތު އަޅުގަނޑު ބުނީ އަޅުގަނޑުގެ ފައިސާ ރިޓާން ކުރަން, އެ ބުނި ވަގުތާއި ހާލަތު އަދި ގޮތް ފަނޑިޔާރުން ރިއާޔަތް ކުރުމަށް އަޅުގަނޑު ވަރަށް އެދެން," ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިފައިވާ ފައިސާތައް އަނބުރާ ހޯދުމަށް އެދިވަޑައިގެންނެވީ ރިޔާސީ ލޯންޗު ގޮއްވާލައި, އެ ގޮއްވާލުމުގައި އެންމެ އިސްކޮށް ހުރީ އަދީބުކަން އެނގުމާ ހިސާބުން އެ ފައިސާ އިތުރަށް އޭނާގެ އަތުގައި ބަހައްޓަން ބޭނުންނުވާތީ އެވެ.

"ދެން އުފެދޭ ސުވާލަކީ ސަލާމަތް ބުއްދީގަ ހުންނަ މީހަކު ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެގެން އަޅުގަނޑުގެ އަދާވަތްތެރިއެއް ކަމަށް އެސްޓާބްލިޝްވެފައި އޮތް މީހެއް ގާތު އަޅުގަނޑު ކުށްވެރިވާ ފަދަ ކަމެއް އޭނާ ކައިރިން ފުއްދަން އެދޭނެތޯ, އޭނާ ކައިރީ އަޅުގަނޑު އަހާނެތޯ އޭނާގެ އަތުގައި ހުރި އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން, އަޅުގަނޑު އެހީ އަޅުގަނޑުގެ ފައިސާ ހޯދުމަށް," ޔާމީން ވިދާޅުވި އެވެ.

އެކަން އެސްއޯއެފްގެ އެމްޑީ އައްލާމް ތަހުގީގަށް ދީފައި އޮތް ބަޔާނުން ވެސް އެނގޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން, އައްލާމްގެ ބަޔާނުގައިވާ ގޮތުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް އަދީބު އެންގީ, ޔާމީން އޭނާއަށް ގުޅައި ވަރަށް ރުޅި އައިސްގެން ފައިސާތައް އަނބުރާ ދިނުމަށް އެންގުމުންނެވެ. ބަޔާނުގައިވާ ގޮތުން, ޔާމީން, އަދީބާ ވާހަކަ ދެއްކެވި ގޮތުން އެމަނިކުފާނުގެ ވަރަށް ގިނަ ފައިސާތަކެއް އަދީބުގެ އަތުގައި ހުރިކަން ދޭހަވެ އެވެ.

"ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު ގާނޫނާ ހިލާފަށް ފައިސާ ހޯދުމަށް އެންމެ އެއް މިލިއަން ޑޮލަރު ހޯދަން އަދާވަތްތެރިއަކު ކައިރިން އަހާފާނެތޯ؟"

އެ ފައިސާ އަދި މި ފައިސާގެ ތިއަރީ

ޔާމީން ދެން ތަފްސީލަށް ވަޑައިގެންނެވީ އެމަނިކުފާނަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރު ލިބުމަށްފަހު ކަންތައްވީ ގޮތަށެވެ. އެމަނިކުފާނު ސާބިތުކޮށް ދެއްވަން ބޭނުންވީ އެއީ އެސްއޯއެފްއިން ޖަމާވި ނަމަވެސް, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމެވެ.

ޔާމީން ވިދާޅުވި ގޮތުގައި, އަދީބު އަންގައިގެން އެސްއޯއެފްއިން އެއް މިލިއަން އެމަނިކުފާނަށް ޖަމާކުރުމުން އެއީ ގޯސް ފައިސާއެއް ކަމެއް އެމަނިކުފާނަށް ނޭނގޭނެ އެވެ. އެއީ, އެސްއޯއެފްއަކީ އޭރު ވެސް ގިނަ ވިޔަފާރިތަކެއް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ކުންފުންޏަކަށްވާތީ ކަމަށެވެ.

"...އެއީ އެހާ ބޮޑެތި ވިޔަފާރިތައް ހިންގާ ބައެއް, އަޅުގަނޑަށް ކިހިނެއްތޯ އެނގޭނީ އެއީ ގޯސް ފައިސާއެއް ކަމެއް," ޔާމީން ވިދާޅުވި އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހެނދުުން ފެށިގެން ހަވީރާ ހަމަށް ގެންދިޔަ
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހެނދުުން ފެށިގެން ހަވީރާ ހަމަށް ގެންދިޔަ

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން: ހެނދުުން ފެށިގެން ހަވީރާ ހަމަށް ގެންދިޔަ

ޔާމީން ވިދާޅުވި ގޮތުގައި, އެ އެއް މިލިއަން ޑޮލަރު ލޯންޑާކުރަން އެމަނިކުފާނު އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ އެވެ. އަދި, މަނީލޯންޑާ ކުރާ ގޮތުގެ މަރުހަލާތަކާއި ތަފްސީލުތަކަށް ވަޑައިގެންނެވުމަށްފަހު ޔާމީން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް މި މައްސަލާގައި ފުރިހަމަ ނުވާ ކަމަށެވެ.

އެގޮތުން, ފައިސާގެ އަސްލު އޮޅުވާލުމަށް ލޭޔަރުތަކެއް އެޅުމާއި އެއް ބޭންކުން އަނެއް ބޭންކަށް ޖަމާކުރުން ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރަނީ އެސްއޯއެފްއިން ޖަމާވި އެއް މިލިއަން ޑޮލަރު އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރުމަށްފަހު, އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް މުޅިން އެހެން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.

ނަމަވެސް, ޔާމީން ވިދާޅުވި ގޮތުގައި, އެއް މިލިއަން ޑޮލަރަކީ އެއް މިލިއަން ޑޮލަރެވެ. އެ ފައިސާ, މި ފައިސާއެއް ނޯންނާނެ އެވެ.

ދައުލަތަށް ގެއްލިގެން އުޅެނީ އެއް މިލިއަން ޑޮލަރު ކަމާއި, ދައުލަތުގެ ބެލުމުގެ ދަށުގައި އެމަނިކުފާނު ބަހައްޓާފައި ހުންނާނީ ވެސް އެއް މިލިއަން ޑޮލަރުކަން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ދައުލަތަށް ގެއްލުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެސްކްރޯ އެކައުންޓްގެ މަގުސަދަކީ އެއް މިލިއަން ޑޮލަރުގެ ފައިސާ ބެހެއްޓުން. އެ ބަހައްޓަނީ ވަކި ފައިސާއެއް ކަމަށް ނުބުނޭ. އޭގައި ބުނަނީ އެއް މިލިއަން ޑޮލަރު ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ, އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ސީދާ ފައިސާ އެގޮތުގައި ނުހުންނާނެ ކަމަށެވެ. އެއީ ބޭންކުން މުއާމަލާތްތައް ކުރާނެ ފައިސާއެއް ކަމަށެވެ. މުހިންމީ ވަކި ފައިސާއެއް ނޫން ކަމާއި ފައިސާގެ މިންވަރު ނުވަތަ އަދަދުކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

ކަރަންޓު އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނު ގަބޫލު ކުރެއްވި ގޮތުގައި ސިޔާސީ ގޮތުން އެމަނިކުފާނަށް ލިބިފައިވާ ފައިސާ އެވެ. އެހެންވެ, އެ ފައިސާ ރަނގަޅު އިންޓްރެސްޓް ރޭޓެއް ލިބޭ އެކައުންޓެއްގައި ބަހައްޓަވަން ބޭނުންވީ ކަމަށެވެ. އެގޮތުގެ މަތިން އިސްލާމިކް ބޭންކާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ރަނގަޅު ރޭޓެއްގައި އެ ފައިސާ ބަހައްޓަން އިންވެސްޓްމެންޓް އެކައުންޓަކަށް ވަކިވަކި ޗެކުތަކަކުން ޖަމާކުރީ އެވެ.

"އެއީ މަނީލޯންޑާކުރުމެއް ނޫން," ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި, އެސްކްރޯ އެކައުންޓްގައި ބަހައްޓަން ބޭނުންވަނީ ސީދާ އެސްއޯއެފްއިން ލިބުނު ފައިސާ ކަމަށް ބުނި ނަމަ, އެ އެކައުންޓަށް ޖަމާކުރާނީ އެ ފައިސާ އެވެ. އެހެންނަމަ, އެމަނިކުފާނަށް އިތުރު ގޮތަކުން އެއް މިލިއަން ޑޮލަރު ހޯދަން ވެސް ނުޖެހުނީސްކަން ފާހަގަަ ކުރެއްވި އެވެ.

"އެ ފައިސާ މި ފައިސާގެ ވާހަކަ ދައްކާއިރު ހަމަ ފާހަގަކޮށްލަން ޖެހޭ އެސްކްރޯ އެކައުންޓް ހެދިއިރު އެންގީ އަޅުގަނޑުގެ އެކައުންޓްގައި ހުރި ފައިސާގައި އަތް ނުލާން, އެހެންވެ އެސްކްރޯ އެކައުންޓަށް ލާން އަޅުގަނޑު އެއް މިލިއަން ޑޮލަރު ގަތީ," ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް ކޮން ތަފާތެއް އޮތީ, އެ ފައިސާ ބޭނުން ކަމަށް އޭސީސީން ބުނި ނަމަ, އެ ފައިސާ ލާފައި ފަހުން ހޯދި އެއް މިލިއަން ޑޮލަރު އިންވެސްޓްމެންޓް އެކައުންޓަށް ޖަމާކުރެވުނީސް ދެއްތޯ, މާލީ ގޮތުން ތަފާތެއް ނާދެއޭނުންތޯ."

ޔާމީން ވިދާޅުވި ގޮތުގައި އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީ އެންމެ ފަހަރަކު ވެސް އެސްއޯއެފްއިން އެމަނިކުފާނުގެ އެކައުންޓަށް ވަދެފައި އޮތީ އެމްއެެމްޕީއާރްސީން ވަދެފައި އޮތް ފައިސާއެކޭ ވިދާޅުވެފައެއް ނުވެ އެވެ.

"އެމްއެމްޕީއާރްސީގެ ލަފުޒު ގެންނެވި ނަމަވެސް, އަޅުގަނޑަށް ކޮންމެ ވެސް ވަރަކަށް ކޯޝަންވާނެ," ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox