މުހިއްމު ވަގުތެއްގައި ޝާކިއްޓެގެ ގައުމީ ޓީމަށް އެހީތެރިވަނީ

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ޝާކިއްޓެ.-- ފޮޓޯ: އަދަދު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ޝާކިއްޓެ.-- ފޮޓޯ: އަދަދު

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، ޓީމާ އެކު ގަތަރަށް ފުރޭގޮތް ނުވުމެވެ.

އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ލީޑުކުރާގޮތަށް ގަތަރު ޓްރެއިނިން ކޭމްޕަށް ގައުމީ ޓީމު އައުމާ އެކު، އިންމަ އަށް އެހީވުމުގެ ގޮތުން އެފްއޭއެމް އިން ނިންމީ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ޓީމުގެ ޓްރެއިނިންތަކަށް އެހީވާން ގަތަރު ޓްރެއިނިން ކޭމްޕަށް ފޮނުވުމަށެެވެ.

"ހަގީގަތުގައި ތި ފާހަގަކުރިހެން މި ޓްރެއިނިން ކޭމްޕް މި ބައިވެރިވީ ހެޑް ކޯޗު ސުޒޭން އަށް މި ދިމާވި ކަންތައްތަކާ ހެދި (އޭރު) ޓްރެވަލް ކުރެވެން ނެތީމަ އިންމަ އަށް އެހީތެރިވުމުގެ ގޮތުން،" 2018 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޝާކިއްޓެ ބުންޏެވެ.

ރާއްޖޭގެ ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ރެކޯޑެއް އޮތް ޝާކިއްޓެ، ވަނީ 2018 ވަނަ އަހަރު ގައުމީ ޓީމުން ސާފް ޗެމްޕިއަންކަން ހޯދިއިރު، ޓީމު އެކުލަވާލުމުގެ އެހީތެރިއެއްގެ ގޮތުން މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ޝާކިއްޓެ މިހާރު މަސައްކަތް ކުރަމުން އަންނަނީ އެފްްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓުގަ އެވެ. އެ ޑިޕާޓްމަންޓްގެ މަސައްކަތުގެ ތެރެއިން ޝާކިއްޓެ ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރެއިނިންތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޓެކްނިކަލް އެނަލައިސިސް އަށް ހާއްސަކޮށް ފޮތެއް ވެސް ނެރުނުއިރު، އެ މަސައްކަތުގައި ވެސް ޝާކިއްޓެ އިސްކޮށް އުޅުނެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ޝާކިއްޓެ މުބާރާތުގެ ރަން މެޑަލަށް ބޮސްދެނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ މަހު 1-16 އަށް ރާއްޖޭގައި ހޯސްޓްކުރާ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، ޝާކިއްޓެގެ ނަޒަރުގައި ރާއްޖެ އަށް އޮތް ހިތްހަމަޖެހުމަކީ ސްކޮޑުގައި މި ވަގުތު ތިބި މެޖޯރިޓީ ކުޅުންތެރިންނަކީ މިދިޔަ މަހު ކުރިއަށްދިޔަ އޭއެފްސީ ކަޕްގައި ވާދަކުރަން މާޒިޔާ އާއި އީގަލްސްއާ އެކު ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރި ކުޅުންތެރިން ކަމަށް ވުމެވެ.

"މީގެ އެބައުޅޭ ދެ ބައެއް. އީގަލްސް (އާއި) މާޒިޔާ ނޫން ކުޅުންތެރިން ވަރަށް ގިނަ ދުވަސް ވަންދެން ނުކުޅެ ތިބެފައި އައިސް މީގެ ބައިވެރިވެގެން މި އުޅެނީ. ދެން ހަމަ ގިނައީ މާޒިޔާ އާއި އީގަލްސް ކުޅުންތެރިން. އަޅުގަނޑު ގަބޫލުކުރަނީ މީ ލިބޭ އެޑްވާންޓޭޖެއްގެ ގޮތުގައި،" ޒުވާން ގައުމީ ޓީމުތަކުގައި ގިނަ މަސައްކަތްތަކެއް ކުރި ޝާކިއްޓެ ބުންޏެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން މަހެއްހާ ދުވަހު ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ. މި ފަހަރު ވެސް ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަ ކުރަމުން އަންނައިރު، ޝާކިއްޓެގެ ނަޒަރުގައި ޓްރެއިނިން ކޭމްޕްގެ ތެރެއިން މެޗުތަކެއް ކުޅެލުން ވަރަށް މުހިއްމެވެ.

"އަސްލު ހަގީގަތުގައި ޓްރެއިން ކޮށްފައި މެޗެއް ކުޅުނީމަ މި އިނގެނީ ޓްރެއިނިންގައި މި ކުރާ ކަންތައްތައް މަސައްކަތް އެބަކުރޭތޯ. ހަގީގަތުގައި ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން. އަޅުގަނޑުމެންނަށް ރަނގަޅު މެޗުތަކެއް ލިބުމަކީ ކޯޗަށް ވެސް ޓީމު ސެޓުކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ކުޅުންތެރިންނަށް އިތުބާރު ހޯދާށާ ކުދިން މިހާރު ތިބި ލެވަލްއާ އެއްޗެހި ބަލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ހަގީގަތުގައި ޕްރެކްޓިސް މެޗެއް ލިބުމަކީ މިއީ،" ޝާކިއްޓެ ބުންޏެވެ.

އަށާރަ ވަރަކަަށް ދުވަހަށް ޝެޑިއުލް ކޮށްގެން ގަތަރު ޓްރެއިނިން ކޭމްޕަށް ގައުމީ ޓީމު އައީ އެކުވެރިކަމުގެ މެޗުތަކެއް ކުޅޭ ގޮތަށް ރާވައިގެންނެވެ. އޭގެ ތެރޭގައި ލަންކާއާ ދެކޮޅަށް ކުޅޭ މެޗެއް ވެސް ހިމެނެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަަނަ ދުވަހުގެރޭ ކުޅޭނީ ނޭޕާލާ އެެވެ. ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެ އަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެރޭގަ އެެވެ.

ރާއްޖެ އާއި ނޭޕާލްގެ އިތުރުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވަނީ އިންޑިއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox