ޕީއެސްޖީން އަދިވެސް ޕްލޭން ހަދަނީ އެމްބާޕޭ ހިމަނައިގެން

Sep 16, 2021, 5:47 AM
ޕީއެސްޖީން އަދިވެސް ޕްލޭން ހަދަނީ އެމްބާޕޭ ހިމަނައިގެން

ޕެރިސް (ސެޕްޓެމްބަރު 16) - ފްރާންސްގެ ގަދަބާރު ޕީއެސްޖީން އަދިވެސް އެ ކްލަބްގެ ޕްލޭންތައް ހަދަނީ ކީލިއަން އެމްބާޕޭ ހިމަނައިގެން ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ބުނެފި އެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ 10 ވަރަކަށް މަސް އޮތްއިރު، އެ ކްލަބުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ރެއާލުން އެމްބާޕޭ ގަންނަން ހުށަހެޅި ތިން ބިޑް ވެސް އަނބުރާ ފޮނުވާލައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ މަހު އެމްބާޕޭ، ރެއާލާ އެެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ ޖުލައި އެއް ވަނަ ދުވަހު އެ ޓީމާ ގުޅޭ ގޮތަށެވެ.

ކެނަލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ލިއޮނާޑޯ ބުނީ ޕީއެސްޖީގައި ހުރި ކޮންމެ މީހަކު ވެސް އެ ޓީމުގެ މުސްތަގުބަލުގެ ވާހަކަތައް ދައްކަނީ އެމްބާޕޭ ހިމަނައިގެން ކަމަށެވެ.

"އަހަރެމެން އުއްމީދުކުރަނީ އެމްބާޕޭ މި ކްލަބްގައި މަޑުކުރާނެ ކަމަށް. އަހަރެމެން މި ކްލަބްގެ ކޮންމެ މީހެއް ގާތުގައި އެހިޔަސް ކޮންމެ މީހަކު ވެސް މުސްތަގުބަލުގެ ޕްލޭންތައް ހަދަނީ އެމްބާޕޭ ހިމަނައިގެން. އެ ވަރުގެ ކުޅުންތެރިއަކު ދާނެހެން ހިއެއްނުވޭ،" ލިއޮނާޑޯ ބުންޏެވެ.

ރެއާލުން އެންމެ ފުރަތަމަ ކުރީ 188 މިިލިއަން ޑޮލަރު (160 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. އަދި ދެ ވަނަ އަށް ކުރީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ބިޑެކެެވެ. ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރަން މޮނާކޯ އަށް ދެއްކި ދެއްކީ ރެއާލުން ދެ ވަނަ އަށް ހުށަހެޅި ބިޑާ ދާދި އެއްވަރެއްގެ ފީ އެކެވެ.

ޓްރާންސްފާގެ ފަހު ވަގުތު ރެއާލުން ހުށަހެޅީ ބޯނަހާ އެކު 267 މިލިއަން ޑޮލަރު (226 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. މިއީ ދުނިޔޭގެ ރެކޯޑް އަގެއް ނަމަވެސް ޕީއެސްޖީން އެ ހުށަހެޅުމަށް އިޖާބަ ނުދިނެވެ.

ލިއޮނާޑޯ ބުނީ ރެއާލުން ދެ ވަނަ ބިޑެއް ނުކުރާ ކަމަށާއި ޕީއެސްޖީގެ ވިސްނުން އޮތީ އަބަދުވެސް އެއް ގޮތަށް ކަމަށެވެ. އެއީ ކޮންމެ އަގެއް ހުށަހެޅި ނަމަވެސް އެމްބާޕޭ ނުވިއްކާ ގޮތަށް ކަމަށް ލިއޮނާޑާ ބުނެފައިވެ އެވެ.

ޕީއެސްޖީން އެންމެ ފުރަތަމަ އެމްބާޕޭ ގެނައީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން ޕީއެސްޖީން ދާއިމީ ކޮންޓްރެކްޓެއްގައި އެމްބާޕޭ މަޑުކުރުވީ އެވެ.

އެމްބާޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް ހަތަރު ގޯލު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox