ނުދައްކާ ވާހަކަ؛ ޕޯސްޓް ޕާޓަމް ޑިޕްރެޝަން އާއި "ވެޖައިނަލް ލެކްސިޓީ"

ނުދައްކާ ވާހަކަ؛ ޕޯސްޓް ޕާޓަމް ޑިޕްރެޝަން އާއި "ވެޖައިނަލް ލެކްސިޓީ"

އަންހެނަކު ބަލިވެ އިންނަ ހިސާބުން ވިހެއުމާ ދޭތެރޭގައި ހޭދަކުރާ ނުވަ މަހަކީ ފަސޭހައިން ކިޔައިދީ ނިންމާލެވޭ ވަރަށް ވުރެ ދަތި އުނދަގޫ ދުވަސްތަކެކެވެ. ބަލިވެ އިންނަ ހިސާބުން އަންހެން މީހާގެ ހަށިގަނޑުގައި ހޯމޯންތައް ފުނިޖެހި، އޮޅުން ބޮޅުންވެ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެ އަންނަ ބަދަލުގެ ވާހަކަ ދައްކަން ފަސޭހައެއް ނުވާނެ އެވެ. އެހެންވީމާ އެ ވާހަކަ އިހަށް ބާއްވާލާނީ އެވެ.

ފަށަން މި އުޅެނީ، ހަށިގަނޑަށް އެ އަންނަ ބޮޑު ބަދަލުތަކާ އެކު، ވިހެއުމަށް ފަހު ނަފްސާނީ ގޮތުން ބައެއް އަންހެނުން ތަހައްމަލުކުރާ އެންޒައިޓީ އާއި ޑިޕްރެޝަންގެ ވާހަކަ އާއި ހަށިގަނޑަށް އަންނަ ބަދަލު؛ ހާއްސަކޮށް ވިހެއުމަށްފަހު ކުރިމަތިފަރާތަށް އަންނަ ބަދަލުތަކާ އެކު ގިނަ އަދަދެއްގެ އަންހެނުން ތަހައްމަލުކުރާ "ވެޖައިނަލް ލެކްސިޓީ ނުވަތަ ކުރިމަތިފަރާތުގެ ތެތްކަން ކެނޑުމާއި ވިލުން ނުހިފޭ ގޮތްވުމުގެ ވާހަކަ ތަކެވެ.

ޕޯސްޓް ޕާޓަމް ޑިޕްރެޝަން އާއި "ވެޖައިނަލް ލެކްސިޓި"

ޕޯސްޓް ޕާޓަމް ޑިޕްރެޝަނަކީ ވިހެއުމަށް ފަހު ބައެއް އަންހެނުން ތަޖުރިބާކުރާ ގޮތް ނޭނގޭ ނަފްސާނީ ހާލަތެކެވެ.

Advertisement

ވިހައިގެން އޮންނަ އިރު ކުއްލި ކުއްލިއަށް މާ ބޮޑަށް ރުޅި އިސްކުރުމުން ފެށިގެން، އެއްވެސް ކަމަކާ އަޅައިލުމެއް ފަރުވާލެއް ނެތި އޮންނަން ބޭނުންވުމާ ހަމަ އަށް ޕޯސްޓް ޕާޓަމް ޑިޕްރެޝަންގެ އަލާމާތްތައް ތަފާތުވެ އެވެ. އެންމެ ބޮޑުވަރު ވާ ކޭސް ތަކުގައި އަމިއްލަ ތުއްތު ދަރިފުޅަށް ބުއް ދޭން ބޭނުން ނުވުމާއި ދަރިފުޅަށާއި އަމިއްލަ ނަފްސަށް އަނިޔާކުރަން ވިސްނާ ދަރަޖަ އަށް ވެސް މީހާގެ ސިކުނޑި ދެއެވެ.

މިއީ ކީއްވެގެން އަންނަ ބަދަލުތަކެއް ކަމެއް ނޭނގެ އެވެ. ފަހަރުގައި ވިހެއުމަށް ފަހު އެ އަންނަ ހޯމޯން ބަދަލުތަކުގެ ސަބަބުން ސިކުނޑީގެ ބައެއް ކަންކަން އޮޅުންބޮޅުންވަނީ ކަމަށް ވެސް ވެދާނެ އެވެ.

"މިފަދަ ހާލަތެއްގައި އޮންނަ މީހަކީ ވަރަށް ނާޒުކު މީހެއް. ބައެއް ފަހަރު ކިތަންމެ ބޭނުން ވެގެން ހޯދާ ދަރިފުޅުމަތިން ވެސް ހަނދާން ނުހުރެދާނެ. ނޫނީ، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނަސް، ކުއްޖާ އާއި މައިމީހާއާ ދެމެދުގައި އެ އޮންނަ ކަނެކްޝަން ފީލް ނުވުން ކަހަލަ ކަންކަން ވެސް އިހުސާސް ކޮށްފާނެ،" ސައިކޮލޮޖިސްޓް ނަދާ ޝަރީފް ވިދާޅުވި އެވެ.

"ވެޖައިނަލް ލެކްސިޓީ" އަކީ ނޯމަލް ޑެލިވަރީއެއް ގައި ދަރިފުޅު އުފަންކުރުމަށްފަހު ކުރިމަތި ފަރާތަށް އަންނަ ބަދަލެއްގެ ސަބަބުން އަންހެނުން ތަހައްމަލުކުރާ ހާލަތެކެވެ.

"ވެޖައިނަލް ލެކްސިޓީ" އަކީ ކޮބާ؟

"ވެޖައިނަލް ލެކްސިޓީ" ނުވަތަ "ވެޖައިނަލް ރިލެކްސިން ސިންޑްރޮމް" އަކީ، ވިހެއުމުގެ ތެރޭގައި ދަށް ބަނޑުގެ މަސްތަކުގައި އަޅާ ޕްރެޝަރާ ހެދި ނުވަތަ ކުރިމަތި ފަރާތް އާދަޔާ ހިލާފަށް ސްޓްރެޗް ވުމުގެ ސަބަބުން އެ އަންނަ ޓްރޯމާއާ އެކު އަންހެން ގުނަވަނުގެ މަސްތައް ރިލެކްސްވެ ނުވަތަ ވަށައިގެން ހުންނަ ޓިޝޫތަކުން ވަރު ދޫވާން މެދުވެރިވުމުގެ ސަބަބުން ދިމާވެދާނެ ހާލަތެކެވެ. މި ހާލަތުގައި ކުރިމަތި ފަރާތުގެ ތެތްކަން ވަރަށް ބޮޑަށް ފިލައި، ގުނަވަނުގައި ހުންނަ އިލާސްޓިކް ކަން ކެނޑޭ ފަދަ ގޮތެއް މެދުވެރިވެ އެވެ.

މިއީ ވިހެއުމަށްފަހު އަންހެނާގެ ހަށިގަނޑަށް އަންނަ ހޯމޯން ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހާލަތެއް ކަމަށް ވެސް ސިއްހީ ބައެއް މާހިރުން ލަފާކުރެ އެވެ.

އެކަމަކު "ވެޖައިނަލް ލެކްސިޓީ" އަކީ ހަމައެކަނި ވިހާ މީހުންނަށް ދިމާވާ މައްސަލައެއް ނޫނެވެ. ދުވަހަކު ދަރިއަކު ނުލިބޭ މީހަކު ވެސް "ވެޖައިނަލް ލެކްސިޓީ" ތަޖުރިބާ ކޮށްފާނެ އެވެ. އެގޮތަށް މެދުވެރިވެދާނެ އެހެން ހާލަތުތައް ހުރެ އެވެ. ނަމަވެސް މި އާޓިކަލް ގައި ބަލާފައި މި ވަނީ ވިހެއުމުގެ ސަބަބުން އަންހެނުން ތަޖުރިބާކުރާ "ވެޖައިނަލް ލެކްސިޓީ" އަށެވެ.

ކިހިނެއް ވާ ކަމެއް؟

ސިންގަޕޫރުގެ ހެލްތް ޓުޔޫ ކްލިނިކްގެ ޑޮކްޓަރު، ލައުރާ އޮބްރަޔަން، ސީއެންއޭ ގައި ލިޔުއްވި އާޓިކަލް އެއްގައި ކިޔައިދެނީ މިހެންނެވެ. ވެޖައިނަލް ލެކްސިޓީގެ ވާހަކަ ދައްކާ އިރު ފުރަތަމަ އަންނަނީ އަންހެނާގެ ކުރިމަތި ފަރާތުގެ އެންމެ ބޭރު ފަށަލަ އެވެ. މިއަށް އިނގިރޭސި ބަހުން ކިޔަނީ ވަލްވަ އެވެ. މިއީ އަންހެން ގުނަވަން ބޭރުން ބަލާއިރު ފެންނަން ހުންނަ ހުރިހާ ބައެކެވެ. ދެން އަންނަނީ "ވެޖައިނާ" އެވެ. ވެޖައިނާ އަކީ ވަލްވާ އާއި ޔުޓިރަސް ގުޅުވައިދޭ ހޮޅިއެއް ކަހަލަ ގުނަވަނެވެ. މި ހުރިހާ ގުނަވަނެއް ހުންނަ ހިސާބަށް ކިޔަނީ އިނގިރޭސި ބަހުން "ޕެލްވިކް" އެވެ. އެހެންކަމުން މި ހުރިހާ ގުނަވަނަކަށް ސަޕޯޓް ދޭ އެންމެ މުހިއްމު އެއް ބަޔަކީ ޕެލްވިކް އޭރިއާގެ އެންމެ ތިރި ނުވަތަ ޕެލްވިކް ފްލޯ ގައި ހުންނަ މަސްތަކެވެ.

ވިހެއުމަށް ފަހު ބައެއް އަންހެނުން ތަޖުރިބާކުރާ "ވެޖައިނަލް ލެކްސިޓީ" ގެ އެއް ސަބަބަކީ، ޕެލްވިކް ފްލޯގައި ހުންނަ މި މަސްތަކުގެ ބާރު ދަށް ވުމެވެ.

"ވެޖައިނަލް ލެކްސިޓީ" ތަޖުރިބާކުރާ މީހަކަށް ފާހަގަކުރެވިދާނެ އަލާމާތްތައް

ކުޑަކަމުދިއުން ހިފަހައްޓަން އުނދަގޫވުން

ދެމަފިރިކަމުގެ ގުޅުން ހިންގާއިރު އުނދަގޫ ވުން / އެކަމުން ހިތްހަމަޖެހުން ނުލިބުން

ވެޖައިނަލް ލެކްސިޓީގެ ސަބަބުން ދެމަފިރިކަމުގެ ގުޅުން ހިންގަން އުނދަގޫވާ ގޮތަކީ، މި ހާލަތުގައި އަންހެނާގެ ގުނަވަނުގައި ހުންނަންޖެހޭ ތެތްކަން ނެތުމުގެ ސަބަބުން ގުޅުން ހިންގާ އިރު ތަދާއި ދިލަ އިހުސާސްކުރަން ޖެހިދާނެ އެވެ. މީގެ އިތުރުން، ކުރިމަތި ފަރާތުގެ މަސްތަކުގައި ބާރު ނުވަތަ އާންމުކޮށް ހުންނަ އިލާސްޓިސިޓީ ނުވަތަ ވިލުން އެކަށީގެންވާ ވަރަށް ނުހުރުމުގެ ސަބަބުން ވެސް އުނދަގޫތަކެއް އިހުސާސްކުރަން ޖެހި، ނުތަނަވަސް ކަން ލިބުން އެކަށީގެންވެ އެވެ.

މާ ބޮޑަށް ހުނުމުން ނުވަތަ ކެއްސުމުން ނުވަތަ ކަސްރަތުކުރާ އިރު ކުޑަކަމުދާތަކެތި ލީކް ވުމުގެ ޝަކުވާ އަކީ ވެސް މި މައްސަލަ ތަޖުރިބާކުރާ އަންހެނުންގެ ފަރާތުން ފެންނަ އަލާމާތެކެވެ.

ޑައިގްނޯސް ކުރާނީ ކިހިނެއް؟

ވިހެއުމަށްފަހު ހަށިގަނޑުން މިފަދަ ބަދަލުތަކެއް ފާހަގަކުރެވޭ ނަމަ، އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކާލައި މަޝްވަރާކޮށްލުމަކީ އެންމެ އެދެވޭ ގޮތެވެ. ހެލްތް ލައިން ފަދަ މެޑިކަލް ޖާނަލްތަކުގައި ބުނާ ގޮތުން މިފަދަ މައްސަލައެއް ފާހަގަކުރެވޭނަމަ އެންމެ ރަނގަޅު އޮޕްޝަނަކީ "ޕެލްވިކް ފްލޯ ފިޒިއޮތެރަޕިސްޓް" އަކަށް ދެއްކުމެވެ. އެކަމަކު ރާއްޖޭގައި އަންހެނުންގެ މި ފަދަ މައްސަލަތަކުގެ ހާއްސަ ޕިޒިއޮތެރަޕިސްޓުންގެ ހިދުމަތެއް އަދި ނުލިބެ އެވެ.

އެހެންވީމަ އަހަރެމެންނަށް އޮތް އެންމެ ރަނގަޅު ޗާންސަކީ ގައިނީ އަކަށް ދެއްކުމެވެ.

ލަދުގަންނަން ޖެހޭ ކަމެއް ނޫން، ފަރުވާ ކުރެވޭނެ

ޑޮކްޓަރަށް ދެއްކުމުން ޕެލްވިކް ނުވަތަ ދަށް ބަނޑުގެ އެތެރޭގެ މަސްތަކުގެ ބާރު ދަށް ވެފައިވާކަމަށް ޑޮކްޓަރަށް ފާހަގަކުރެވޭނަމަ، މަސްތަކުގެ ބާރު ގަދަކުރަން ކަސްރަތުތަކެއް ދޭނެ އެވެ. އިލެކްޓްރޯ މެގްނެޓިކް ނުވަތަ ރޭޑިއޯ ފްރިކުއެންސީ ތެރަޕީ އަކީ ވެސް "ވެޖައިނަލް ލެކްސިޓީ" ގެ މައްސަލަ ތަހައްމަލުކުރާ ބައެއް މީހުންނަށް ދޭ ފަރުވާ އެކެވެ. މި ލޭޒާ ޓްރީޓްމަންޓަކީ ކުރިމަތިފަރާތުގެ މަސްތައް ޓައިޓްކޮށް، ހަންގަނޑުގެ ޓެކްސްޗާ ވެސް އިތުރުކޮށްދޭ ޓްރީޓްމަންޓެކެވެ.

އެކަމަކު މިއީ އެއްވެސް ކަމަކީ އަމިއްލަ އަށް ޑައިގްނޯސްކޮށްގެން ކުރަން ރައްކާތެރި ކަންތައްތަކެއް ނޫނެވެ. އެކި މީހުންނަށް ދޭނީ އެކި ޓްރީޓްމަންޓްތަކެވެ. އެކަން ނިންމާނީ ބަލިމީހާ ބަލާ ޑޮކްޓަރެވެ.

އަބަދުވެސް މިކަހަލަ މައްސަލަތަކުގައި ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ ލަފާ ހޯދަން އިސްކަންދޭށެވެ.

އެހެންވީމަ ވިހެއުމަށްފަހު ޕޯސްޓްނޭޓަލް ޑިޕްރެޝަން އަށް ބާރުދޭ ކަންކަމުގެ ތެރޭގައި އަންހެން މީހާ އަށް ދިމާވާ މިފަދަ މައްސަލަތައް ވެސް ހުރެދާނެ އެވެ. މިކަންކަމަށް އެންމެ ރަނގަޅަށް ފަރުވާ ހޯދޭނީ އަމިއްލަ އަށް ވެސް ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަކުރުމާއެކު އެކަންތައްތަކަށް ދެމަފިރިން އަމިއްލައަށް އެކުގައި ހައްލު ހޯދަން މަސައްކަތްކުރު މެވެ.

މި ހުރިހާ ސަބަބުތަކަކާ ހެދި ފިރިހެން މީހާގެ ދައުރާއި އާއިލާގެ އަޅައިލުން ވިހެއުމަށްފަހު އަންހެނަކަށް އިންތިހާ އަށް މުހިއްމުވެ އެވެ.

titledesc

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox