ބޯހިމެނުން 2022: އަންނަ އަހަރުގެ ސެޕްޓެމްބަރު 17ގައި ފަށަނީ

މާލޭގެ ތޮއްޖެހިފައިވާ މަގެއް: ބޯހިމަނައި ނިންމާލެވޭނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށް ބެލެވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގެ ތޮއްޖެހިފައިވާ މަގެއް: ބޯހިމަނައި ނިންމާލެވޭނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށް ބެލެވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ކުރިޔަށް ގެންދާ ބޯހިމެނުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ފެށުމަށް ނިންމައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.

އަންނަ އަހަރަށް ރޭވިފައިވާ ބޯހިމެނުން ކުރިޔަށްގެންދާ ތާރީހު އިއުލާންކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރާކްޗާ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޯހިމެނުމުގެ މަސައްކަތް ފަށާނެކަން އިއުލާން ކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

ވީޑިއޯ މެދުވެރިކޮށް އެ ބައްދަލުވުމުގައި ދެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ބޯހިމެނުމަކީ ގައުމު ކުރިއަރާ ދިޔުމަށް ރާވާ ކަންކަމުގައި އާންމުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނަ މަސައްކަތެއް ކަމަށެވެ. އަދި ބޯހިމެނުމުގައި ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަރައްގީގެ ކަންކަން ޕްލޭންކޮށް ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަހަރުގެ ބޯހިމެނުން އަޅުގަނޑުމެން މި ފަށަނީ 17، ސެޕްޓެމްބަރު 2022 ގަ. އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް މިފަހަރުގެ ބޯހިމެނުމަކީ އަހަރެންގެ ބޯހިމެނުން ކަމުގަ، އެ އަޒުމުގަ އަޅުގަނޑުމެން އެންމެން މިކަމުގަ ބައިވެރިވުން،" މިނިސްޓަރުގެ މެސެޖުގައި ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ މިފަހަރުގެ ބޯހިމެނުމުގައި އެހެން އަހަރުތަކެކޭ ތަފާތުކޮށް ރާއްޖޭގައި އިކޮނޮމިކް ސެންސަސް އެއްވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

އަދި އެއީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރެވޭ މަސައްކަތްތަކާއި އެ މަސައްކަތްތަކުގައި ހަރަކާތެރިވާ ފަރާތްތަކާއި މަސައްކަތްތެރިންގެ އަދަދު ފަދަ މައުލޫމާތު އެއްކުރާނޭ ދިރާސާއެއް ކަމަށް ވެސް އައިޝަތު ހަސަން ވިދާޅުވި އެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ބޯހިމެނުން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު 30، ގައި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ސްޓެޓިސްޓިކްސް ބިއުރޯގެ ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސްޓެޓިސްޓިކްސްގެ ހެޑް ފާތިމަތު ނިޔާޒާ ވިދާޅުވި އެވެ. އަދި ބޯހިމެނުމުގެ ރަސްމީ ތަފާސްހިސާބުތަކާއި މައުލޫމާތު އާންމު ކުރެވޭނީ އޮކްޓޯބަރު 20، 2022 ވަނަ ދުވަހުކަމަށް ވަނީ ލަފާކޮށްފަ އެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ޑެޕިއުޓީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ޝަހުދާ ވިދާޅުވި ގޮތުގައި މިފަހަރުގެ ބޯހިމެނުން ކުރިޔަށް ގެންދާނީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި އިލެކްޓްރޯނިކް ޓެބްލެޓް ބޭނުންކޮށްގެންނެވެ.

"ދެން މައުލޫމާތު ނަގާއިރުގަ އަޅުގަނޑުމެން މިފަހަރު... ކަރުދާހުގެ މިދިޔަ ފަހަރުތަކުގެ ބޯހިމެނުން ގެންގުޅެފަ، މިހާރު ތަފާސްހިސާބުގެ ނިޒާމު ވެސް މޮޑަނައިޒްވެ، އާ ޓެކްނޮލޮޖީގެ ރައްޓެހިގޮތަށް މިފަހަރު ޓެބްލެޓުން ބޭނުންކޮށްގެން ނަގާތީވެ، އެކަމަށްވެސް [ތައްޔަރީ] ތަކެއް ކުރަން ޖެހޭނެ،" ޝަހުދާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ ބޯހިމެނުން ފަށަން ނިންމާފައިވާ ތާރީހާ ހަމަޔަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އާންމުކޮށްފަ އެވެ.

އެ މަސައްކަތުގެ ޓައިމްލައިން އަކީ:

  • އޮކްޓޯބަރު 20، 2021: ސުވާލު ކަރުދާހަަށް އާންމުންގެ މަޝްވަރާ ހޯދަން ހުޅުވާލުން
  • ނޮވެމްބަރު، 2021: ޖެނުއަރީ 2022: ސުވާލު ކަރުދާހުގެ ޕްރީޓެސްޓު
  • މާޗް، 2022: ޕައިލެޓް ސެންސަސް: (މާލެއާ ބައެއް އަތޮޅު ތަކުގައި)
  • ޖޫން - ޖުލައި، 2022: ލިސްޓިންގް މަސައްކަތް (އިމާރާތްތަކާއި ގޭބީސީތަކުގެ މައުލޫމާތު އެއްކުރުން)
  • ޖުލައި- ސެޕްޓެމްބަރު، 2022: އިގްތިސޯދީ ސެންސަސްގެ މަސައްކަތް
  • ޖުލައި - ސެޕްޓެމްބަރު، 2022: ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ މަސައްކަތްތެރިން ހޯދުން
  • ޖުލައި - އޯގަސްޓު، 2022: މަސައްކަތްތެރިންނަށް ބޭނުންވާ ތަމްރީނު ދިނުން
  • ސެޕްޓެމްބަރު 17، 2022: ބޯހިމެނުން ފެށުން

އަންނަ އަހަރުގެ ބޯހިމެނުމަށް މިހާރުން ފަށައިގެންވެސް ތައްޔާރުުވުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު، ބޯހިމެނުމަށް 4،300 އެއްހާ މަސައްކަތްތެރިން ބޭނުންވާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ލަފާ ކުރެ އެވެ. އަދި އެއް ފަހަރާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޯހިމެނުން ކުރިޔަށްގެންދާއިރު، އެއީ އުނދަގޫ މަސައްކަތެއް ކަމަށާއި އެހެންކަމުން އެއީ ގައުމީ ކަމެއްގެ ގޮތުގައި ދެކުމަށް އެންމެންގެ އެއްބާރުލުން ދިނުމަށް ޗީފް ސްޓެޓިސްޓިޝަން އައިޝަތު އެދިލެއްވި އެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ "މީ އަހަރެމެންގެ ބޯހިމެނުން، އަހަރެމެންވެސް ބައިވެރިވާނަން،" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox