ޓުޑޭސް ޓޭސްޓް ސައިފަތް ފޮށި ގަނެގެން 55 އިންޗީގެ ޓީވީ އެއް ހޯދުމުގެ ފުރުސަތު ޕިރަމިޑުން ހުޅުވާލައިފި އެވެ.
ޑިސެމްބަރު މަހުގެ 31ށް ކުރިއަަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ޓުޑޭސް ޓޭސްޓު ސައިފަތް ފޮއްޓެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ޕިރަމިޑުން މައުލޫމާތުދޭ ގޮތުގައި ޓުޑޭސް ޓޭސްޓް ސައިފަތް ފޮށީގެ އެތެރޭގައި ހާއްސަ ކާޑެއް އޮންނާނެ އެވެ. މިކާޑަކީ 'ކަލާޑް' ނުވަތަ 'ނަން-ކަލާޑް' ކާޑެކެވެ. މީގެ ތެރެއިން ކަލާޑް ކާޑް ލިބޭ މީހުން އެކާޑުގެ ފަހަތުގައިވާ ޕަޒަލް ފުރިހަމަކުރުމަށްފަހު ކާޑު ހިފައިގެން ޕިރަމިޑު ފިހާރަ މާލެ ނުވަތަ ޕިރަމިޑު ފިހާރަ ހުޅުމާލެ އަށް ދިއުމުން ޓީވީގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
ޕިރަމިޑަށް ކަލާޑް ކާޑުގެ ފަހަތުގައިވާ ޕަޒްލް ފުރިހަމަކުރުމަށްފަހު ފޮއްޓަށް ވައްޓާލުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. ތިން ނަސީބުވެރިން ހޮވުމަށް ތިން ފަހަރު މަތިން ގުރު ނަގާނެ އެވެ. އެގޮތުން ފުރަތަމަ ގުރުނެގުން އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކަމަށް ޕިރަމިޑުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ނަން ކަލާޑް ކާޑު ނުވަތަ ނަން ވިނާ ކާޑު ލިބޭ ފަރާތްތަކަށް ޓީވީގެ ލަކީޑްރޯގައި ބައިވެރި ނުވި ނަމަވެސް, ޓުޑޭސް ޓޭސްޓްގެ ތަފާތު މާޗެންޑައިޒް އެ ކަސްޓަމަރުންނަށް ލިބޭނެ އެވެ. މި ކާޑު ލިބޭ ކަސްޓަމަރުންވެސް ކާޑުގައިވާ ޕަޒަލް ފުރިހަމަކުރުމަށްފަހު ކާޑު ހިފައިގެން ދާންޖެހޭނީ ޕިރަމިޑު ފިހާރަ ހުޅުމާލެ ނުވަތަ ޕިރަމިޑު ފިހާރަ މާލެ އަށެވެ. އޭރުން އިނާމު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ޕިރަމަޑީ އަބަދުވެސް ކަސްޓަމަރުންނަށް ހާއްސަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުންޏެކެވެ. ކަސްޓަމަރުންގެ މެދުގައި މަގުބޫލު ގިނަ ޕްރޮޑަކްޓުތަކެއް ޕިރަމިޑުން ތައާރަފުކޮށްފައިވާއިރު، އޭގެ ތެރޭގައި ޓުޑޭސް ޓޭސްޓު ސައިފަތުގެ ބާވަތްތަކުގެ އިތުރުން މަންޗީ ބިސްކޯދާއި، މަޝްހޫރު ރަސާކޯ ބްރޭންޑުގެ އެސެންސްއާއި، ޕްރީމިއަމް ކުއަލިޓީގެ ޒީބާ ބާސްމަތީ ހަނޑޫ ހިމެނެ އެވެ.










