ހިރިލަންދޫގެ މި ދަރިވަރުންނަށް ވާރޭގެ ތެރޭގައި ނިވަލެއް ނެތް!

ހިރިލަންދޫ ސްކޫލުގެ ބާ އިމާރާތުގައި ވިއްސާރަ ދުވަހެއްގައި ދަރިވަރުން ކިޔަވަނީ. -- ފޮޓޯ: އަހުމަދު ހުސެން މަނިކު/ ފޭސްބުކް

ހިރިލަންދޫ ސްކޫލުގެ ބާ އިމާރާތުގައި ވިއްސާރަ ދުވަހެއްގައި ދަރިވަރުން ކިޔަވަނީ. -- ފޮޓޯ: އަހުމަދު ހުސެން މަނިކު/ ފޭސްބުކް

ތ. ހިރިލަންދޫ ސްކޫލުގެ ބައެއް ގްރޭޑްތަކުގެ ދަރިވަރުން ބޭނުންކުރާ އިމާރާތް ބާވެފައިވާއިރު، ސަރުކާރުން އަލަށް އަޅައިދޭން ބުނި އިމާރާތުގެ މަސައްކަތް ލަސްވާތީ ބެލެނެވެރިން މުޒާހަރާކުރަން ފަށައިފި އެވެ.

ގްރޭޑް އަށެއްގެ އޭ، ބީ އަދި ގްރޭޑް ހަތަކާއި ފަހެއްގެ އެ ދަރިވަރުން 2007 އިން ފެށިގެން ބޭނުންކުރަމުން އަންނަނީ 1989 ވަނަ އަހަރު އިމާރާތްކުރި ހޯލެކެވެ. އެއީ އަރިމަތީގައި އެއްވެސް ދޮރެއް ކުޑަދޮރެއް ނުހުންނަ ގޮތަށް، ކުރީ ޒަމާނުގެ ފަރުމާއަކަށް ހަދާފައިވާ ތަނެކެވެ. އެއްވެސް ނިވަލެއް ނެތުމުން ދޫނިސޫފާސޫފި ވަދެ ހޯލުގެ ތެރޭ އުދުހި އުޅެ އެވެ. ވިއްސާރަ ދުވަސްވަރެއް ނަމަ ޖެހެނީ އިތުރު ތަކުލީފެކެވެ.

"ވަޔާ އެއްކޮށް ވާރޭ އަންނަންޔާ ވައި ވަންނަ އިރު ކުޑަ ދޮރެއް ބޮޑު ދޮރެއް ނެތީމަ އެންމެ އެތެރޭގަ ތިބޭ ކުދިންނަށްވެސް ކެރީގެ އަސަރު ކުރޭ. ފޮތްތައް ތެމި، ޑެސްކުތައް ވެސް ތެމޭ،" އެ ސްކޫލު މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި، ލީޑިން ޓީޗަރު އަހުމަދު ހުސެއިން މަނިކު ވިދާޅުވި އެވެ.

Advertisement

"ކިޔަވައި ނުދެވޭ އަސްލު ވާރޭ ވެހެންޏާ."

ހިރިލަންދޫ ސްކޫލް އިިމާރާތް.
ހިރިލަންދޫ ސްކޫލް އިިމާރާތް.

ހިރިލަންދޫ ސްކޫލް އިިމާރާތް.

އެ ހޯލަކީ ކިޔަވައިދިނުމުގެ އިތުރުން ޖީސީއޯ ލެވެލް އިމްތިހާނަށާއި ސްކޫލުގެ އެހެން ހަރަކާތްތަކަށް ވެސް ބޭނުންކުރާ ތަނެކެވެ. މީގެ އިތުރުން ރަށުގެ އިޖްތިމާއީ ކަންކަމަށް ވެސް ބޭނުންކުރަނީ އެތަނެވެ.

"އެ އިމާރާތް ބޭނުން ކުރަނީ ސްކޫލުގެ މައި އިމާރާތުގައި އެކަށީގެންވާ ވަރަށް ކްލާސްރޫމް ނެތުމުން،" އޭނާ ބުންޏެވެ.

"ކްލާސްރޫމް ތަކެއްގެ ގޮތުގައި ވެސް ހަމަ މި ރޫމް މި ބޭނުން ކުރަނީ ޕާޓިޝަން ޖަހައިގެން. ކޮންމެ ގްރޭޑެއްގަ 20 ވަރަކަށް ކުދިން ތިބޭނެ."

މަނިކު ވިދާޅުވީ ސަރުކާރުން އޮތީ މަލްޓި ޕާޕޯސް ހޯލަކާއި އޮފީސް އިމާރާތެއް ދެއްވާނެ ކަމަށް ވައުދުވެފައި ކަމަށެވެ.

"ފިނޭންސާ ހަމައަށް ގޮއްސަ އޮތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،"

ހިރިލަންދޫ ސްކޫލުގެ ކްލާހެއް.
ހިރިލަންދޫ ސްކޫލުގެ ކްލާހެއް.

ހިރިލަންދޫ ސްކޫލުގެ ކްލާހެއް.

މިހާނަތަނަށް ވެސް ވާރޭ ވެހޭ ނަމަ ހަދާ ގޮތަކީ ކްލާސްތައް މެދުކަނޑާލައި ސެޝަންތައް ކުރުކޮށްލަނީ އެވެ. އެގޮތަށް ވެސް މިދިޔަ ދެ އަހަރު ކިޔަވައިދިނެވެ.

"އަޅުގަނޑުމެން މިއަދު ކުރިއަށް ގެންދިޔައީ ސެޝަންތައް ކުރު ނުކޮށް ހަމަ. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ބެލެނިވެރިން މިއަދު މުޒާހަރާ އެ ކުރަނީ އިމާރާތްތައް ލަސްވާތީ ކަމަށް،" މަނިކު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިކަމުގައި ބެލެނެވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެކަންކަން ރަނގަޅުކޮށް އަލުން ސްކޫލަށް ދަރިވަރުން ފޮނުވައިގެން ކިޔަވައި ދޭވޭނެ ކަމަށް ދެކޭ ކަމަށެވެ.

"ސްކޫލުގެ އާ އިމާރާތް އެޅުން ލަސްވަނީ ކުރެހުމަށް ބަދަލު ގެނައުންފަދަ ބައެއް ކަންކަން ހުރުމުން. ނަމަވެސް މާ ލަސްތަކެއް ނުވެ އެ ކަންކަން ހައްލު ކުރެވުމުން އިމާރާތް އަޅަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

އާބާދީގައި 12،00 އެއްހާ މީހުން ތިބި އެ ރަށު ސްކޫލުގައި ގްރޭޑް 1-10 އަށް 200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox