މަހުލޫފްގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި ހިމަނައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: މަހުލޫފްގެ ނަން ކެނޑިޑޭޓްސް ލިސްޓްގައި ވަނީ ހިމަނައިފައި-- ފޮޓޯ: އަދަދު ފައިލް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: މަހުލޫފްގެ ނަން ކެނޑިޑޭޓްސް ލިސްޓްގައި ވަނީ ހިމަނައިފައި-- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ބައިވެރިވެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވާތީ ކެންޑިޑޭޓުންގެ ލިސްޓްގައި އޭނާގެ ނަން ހިމަނައިފި އެވެ.

އެމްޑީޕީން މިއަދު އާއްމު ކުރި ލިސްޓުގައި މަހުލޫފްގެ ނަން ހިމެނި ސަބަބެއް ކަމަށް ބުނެފައި ވަނީ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖލިހުގެ ނިންމުމާ އެއްގޮތަށް ކެންޑިޑޭޓް ލިސްޓަށް އޭނާގެ ނަން އިތުރު ކުރަން ނިންމާފައިވުމެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާ ނަމަ، އެޝަރުތަކަށެވެ.

ނަމަވެސް، ގައުމީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައި، ބައެއް ކެންޑިޑޭޓުން ފޯމް ވެސް ހުށަހެޅި ފަހުން ގައުމީ ހިންގާ ކޮމެޓީން ވަނީ އާ ޝަރުތަކެއް މަތިކޮށް އެކަން ފާސްކޮށްފަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވާދަ ނުކުރެވުމެވެ.

އެ ޝަރުތުގެ މަތިން މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިިއިރު، މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަހުލޫފު ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ނަމަވެސް، އެމްޑީޕީގެ ނިންމުން މަހުލޫފް ބަލައެއްނުގަނެވެ. އެހެންވެ، އެ މައްސަލަ ރިވިއުކޮށްދޭން އެމްޑީޕީގެ ޝަކުވާ ކޮމިޓީއަށް ހުށަހަޅުއްވި އެވެ. މަހުލޫފު ދެކަވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ ހިލާފު ނިންމުމެކެވެ. ނަމަވެސް, އެ ކޮމިޓީން ވެސް ނިންމީ މަހުލޫފާ ދެކޮޅަށެވެ. އެހެންވެ, އެ ޝަކުވާ އިލެކްޝަން ކޮމިޝަނާ ހަމައަށް މަހުލޫފް ގެންދެވި އެވެ.

އެ ޝަކުވާއާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ އިންތިހާބުތަކެއް ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސިޓީގައި ބުނި ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެންބަރުކަން ފިޔަވައި އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ، އެފަދަ ޝަރުތުތަކެއް ކަނޑައެޅޭނީ އަސާސީ ގަވައިދަށް ގެނެވޭ އިސްލާހަކުން ނުވަތަ އެ ގަވައިދުން ބާރުލިބިގެން ހަދާ ގަވައިދަކުން ކަމަށެވެ.

އެ ނޫން ގޮތަކަށް ކެންޑިޑޭޓެއްގެ ޝަރުތުތައް ކަނޑައެޅުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ އިޖުރާއަތްތަކާ ހިލާފުކަން އިލެކްޝަން ކޮމިޝަނުގެ ސިޓީގައި އެމްޑީޕީއަށް ވަނީ ސާފުކޮށްދީފަ އެވެ.

މަހުލޫފްގެ މައްސަލަ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ބަލަން ނިންމީ އިލެކްޝަން ކޮމިޝަނުން އެގޮތަށް އަންގާފައި އޮއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox