ގައިދީގެ މަރު: މައުލޫމާތު ދިނުމުގައި ލަސްތަކެއް

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވެގެން ހޮސްޕިޓަލަށް ގެންދިޔުން. ފޮޓޯއިން ފެންނަނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާތަން. ފޮޓޯ: އަދަދު/ ޝަޔާހު ޝަފީގް

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވެގެން ހޮސްޕިޓަލަށް ގެންދިޔުން. ފޮޓޯއިން ފެންނަނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާތަން. ފޮޓޯ: އަދަދު/ ޝަޔާހު ޝަފީގް

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ކުއްލި ގޮތަކަށް މަރުވި ހާދިސާ ހިނގައިދިޔަ ގޮތް ތަފްސީލުކޮށްދޭ ގޮތުގެ ޓައިމްލައިންއެއް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން އާންމުކޮށްފި އެވެ.

އެ ޓައިމްލައިން ބިނާކޮށްފައިވަނީ ސީސީޓީވީ ފުޓޭޖާއި ޖަލު އޮފިސަރުންނާއި ގައިދީން ދިން މައުލޫމާތު ތަކުގެ މައްޗަށް ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އެ ހާދިސާގައި މަރުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގދ. ވާދުއަށް ނިސްބަތްވާ މުހައްމަދު އަސްލަމް އެވެ.

އަސްލަމް، 40، މަރުވުމާއެކު، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލު ތެރޭގައި ހަމަނުޖެހުމެއް ވެސް ވަނީ ރޭ ހިނގާފަ އެވެ. އާއިލާއިން ވާހަކަދެއްކި މީހަކު "އަދަދު" އަށް ބުނީ އަސްލަމް މަރުވި ހަބަރު ކަމާބެހޭ އިދާރާތަކުން އާއިލާއާ ހިއްސާކޮށްފައިވަނީ ހާދިސާ ހިނގިތާ ދެ ގަޑިއިރު ފަހުން ކަމަށެވެ. އަދި ހަމަނުޖެހުން ހިނގީ އެކަމާ ގުޅިގެންކަމަށެވެ.

އެހެން ނަމަވެސް ހޯމް މިނިސްޓްރީން އާންމުކުރި ޓައިމްލައިންއަށް ބަލާލާއިރު ހާދިސާ ހިނގިތާ އެއް ގަޑިއިރުތެރޭ އެ މައުލޫމާތު ވަނީ އާއިލާއާ ހިއްސާކޮށްފަ އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ސީސީޓީވީ ފުޓޭޖް ބެލުމުން އަސްލަމް އެންމެ ފުރަތަމަ މޭޒެއް މަތީ އިށީނދެ އިންނަތަން 17:55 ހާއިރު ފެނެ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އަސްލަމް މޭޒުމަތިން އަބުރައިގަނެގެން ވެއްޓޭތަން ފެނިގެންދެ އެވެ.

އެވަގުތުން ވަގުތަށް އެހެން ގައިދީއަކު އަސްލަމްއަށް ސީޕީއާރު ދޭތަން ސީސީޓީވީން ފެންނަކަމަށް ހޯމް މިނިސްޓްރީއިން ބުނެ އެވެ.

އަދި ގައިދީއަކު ހޭނެތިފައި އޮތުމުން އެ ސަރަހައްދަށް ޖަލު އޮފިސަރުން އެޓެންޑްވިކަމަށް އެ މިނިސްޓްރީން ބުނީ 18:02 ގަ އެވެ. އަދި 18:10 ހާއިރު އަސްލަމް ހޮސްޕިޓަލަށް ގެންދިއުމުން ވަގުތުން ޑޮކްޓަރުން އަސްލަމްއަށް އެޓެންޑްވި އެވެ.

އަދި 18:30 ހާއިރު އާއިލާއަށް މައުލޫމާތު ފޯރުކޮށްދިނުމަށް ޖަލު އޮފިސަރުން މަސައްކަތް ފެށިކަމަށް ޓައިމްލައިންގައި ވެ އެވެ. އޭގެ 12 މިނެޓު ފަހުން އާއިލާ މެމްބަރުންނާ ގުޅި، އެ ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވަނީ 18:42 ގަ އެވެ.

އަސްލަމް މަރުވިކަމަށް ހޮސްޕިޓަލުން ނިންމާފައިވަނީ 18:55 ގަ އެވެ. އެހެން ނަމަވެސް ޑޮކްޓަރުން އެ މައުލޫމާތު ކަރެކްޝަންސްގެ އޮފިސަރުންނަށް އަންގާފައިވަނީ 20:23 ގަ ކަމަށް ކަރެކްޝަންސްއިން ވަނީ މި ނޫހަށް މައުލޫމާތު ދީފަ އެވެ. އެ ހިސާބުން އެ މައުލޫމާތު އާއިލާއަށް ވަނީ ފޯރުކޮށްދީފަ އެވެ.

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވުމާ ގުޅިގެން، އާއިލާގެ މެމްބަރުން ހޮސްޕިޓަލުގައި. ފޮޓޯ: އަދަދު
ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވުމާ ގުޅިގެން، އާއިލާގެ މެމްބަރުން ހޮސްޕިޓަލުގައި. ފޮޓޯ: އަދަދު

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވުމާ ގުޅިގެން، އާއިލާގެ މެމްބަރުން ހޮސްޕިޓަލުގައި. ފޮޓޯ: އަދަދު

އެ ހާދިސާއާއެކު ހުޅުމާލެ ހޮސްޕިޓަލަށް ދިޔަ އަސްލަމްގެ ގާތް އެކުވެރިންނާއި އާއިލާގެ ބައެއް މެމްބަރުން "އަދަދު" އަށް ކިޔައިދިން ގޮތުގައި އަސްލަމް އަކީ ކުރިން ވަރަށް ރަނގަޅަށް އުޅެމުން އައި މީހެކެވެ. އެކަމަކު މަސްތުވާތަކެތީގެ ވަބާގައި ޖެހި މީހާ ކުށުގެ ވެއްޓަށް ހުށަހެޅުނީކަމަށް އެ އާއިލާއިން ބުންޏެވެ.

ހުޅުމާލޭގައި ދިރިއުޅޭ އެ އާއިލާއަށް އަސްލަމްގެ މަރުގެ މައުލޫމާތު ލިބުނު ވަގުތު ލަސްވުމުން ރޭ ހޮސްޕިޓަލު ތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންމެއް ހިނގައިދިޔަ އެވެ. އެއާއެކު ފަހުން ގިނަ އަދަދެއްގެ ފުލުހުން ވަނީ ހޮސްޕިޓަލުގެ ތެރޭގައި ހަރަކާތްތެރިވެފަ އެވެ. އަދި އާއިލާގެ ގިނަ މެމްބަރުންތަކެއް ވަނީ ފަހުން ވެސް ހޮސްޕިޓަލަށް ގޮސްފަ އެވެ.

އާއިލާ މެމްބަރެއް ކިޔައިދިން ގޮތުގައި ހޮސްޕިޓަލުން ހަށިގަނޑު ފެނުނުއިރު އަސްލަމްގެ ބޮލުގެ ފުއްކިބައިން ފަޅައިގެން މަށައިގެން ގޮސްފައިވާތީ ބެންޑޭޖު އަޅާފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ އަނބުރައިގަނެގެން ވެއްޓުނުއިރު ލިބުނު އަނިޔާއެއްކަމަށް އެ މީހާ ބުންޏެވެ.

އަސްލަމްއަކީ ސިއްހީ ބޮޑު ބައްޔަކަށް ފަރުވާކުރަމުންދިޔަ މީހެއް ނޫންކަން ކަރެކްޝަންސް އަދި އާއިލާއިންވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެ ހާދިސާ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، ފުލުހުން އަދި ހިއުމަން ރައިޓްސް ކޮމިޝަންއަށް އެންގި އެވެ.

އަސްލަމްގެ މަރު އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްއިން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox