މާލޭ ރައްޔިތުންނަށް ގޯތި ނުދީ ބިކަކޮށްލި ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅައިފި

މައުމޫނާއި ޔާމީން: އެ ދެ ބޭފުޅުން މާލޭ ރައްޔިތުން ނިކަމެތިކޮށްލި ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ހުށަހަޅާފައި.

މައުމޫނާއި ޔާމީން: އެ ދެ ބޭފުޅުން މާލޭ ރައްޔިތުން ނިކަމެތިކޮށްލި ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ހުށަހަޅާފައި.

މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމުގެ ވައުދާއި ހުވަފެންތައް ދެއްކުމަށް ފަހު އެ ރައްޔިތުން ނިކަމެތިކޮށްލައި, ރެފިއުޖީންނަށް ކުރީގެ ސަރުކާރުތަކުން ހަދާފައިވާ ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހަށް 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިސް ފަރާތެއް ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބަލަން ބާރު ލިބެ އެވެ.

މާލޭ ރައްޔިތުންގެ މައްސަލަ އެ އޮފީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ.

އެ ދެ ބޭފުޅުން ހުށަހެޅި މައްސަލައިގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުއުމޫން އަބްދުލްގައްޔޫމާއި އަބްދުالله ޔާމީންގެ މައްޗަށް ތުހުމަތުތަކެއްކޮށް, ނިޒާމީ ސިފައެއްގައި ރައްޔިތުން ހާލުގައި ޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން, 1979 ވަނަ އަހަރު މާލޭގެ ބިން ހިއްކަން ފަށައި, ނިކަމެތި ހާލުގައި ދިރިއުޅޭނެ ތަންކޮޅެއް ނުލިބި އުޅުނު ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމުގެ ވައުދު ރައީސް މައުމޫން ވެވަޑައިގެންނެވި ކަމަށާއި އެ މަސައްކަތް މައުމޫން ފެއްޓެވީ ވެސް ނިކަމެތި ރައްޔިތުންގެ ހައްގުގައި ކަމަށް މައްސަލައިގައިވެ އެވެ. އެ މަޝްރޫއުއާއެކު މާލޭގެ ދެކުނު ފަރާތުގައި ހާލުގައި އުޅެމުންދާ ރައްޔިތުންނަށް ތަނަވަސް ހިޔާވަހިކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރެވުނު ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް, މެންބަރު ބޮންޑޭ ހުށަހެޅި މައްސަލައިގައިވާ ގޮތުން, 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައިތު ވެސް އެ ރައްޔިތުން ތިބީ އެ ހާލުގައި, އެ ނިކަމެތިކަމުގަ އެވެ. އާންމު ރައްޔިތުންނަށް ހިއްކި ބިމުން ގޯތި ދިނުމުގެ ބަދަލުގައި މައްސަލާގައި ތުހުމަތު ކޮށްފައިވާ ގޮތުން, ގޯތިތައް ބަހާފައިވަނީ ރައީސްގެ އަރިސް ބޭފުޅުންނާއި ވަޒީރުންނާއި ކަތީބުންނާއި އަތޮޅުވެރިންނާއި ގާޒީންނާއި ވިޔަފާރިވެރިންނާއި ކަމަވޮށިގެންވާ މީހުންނަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މައްސަލައިގައިވާ ގޮތުން އެ ގޯތިތައް ބެހުމަށްފަހު އޭގެ އަދަދުތައް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އަދި, އެކަމަށް ވަކާލާތުކުރި މީހުންނަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އިންތިގާލީ އިންސާފު ހޯދުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުން, ނިކަމެތި ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތެއް ނެތުމުގެ ސަބަބުން, ދިރިއުޅުން ހަލާކުވެ, ޖީލުތައް ވަނީ މަސްތުވާތަކެތީގެ ފަދަ ވަބާތަކުގައި ޖެހިފަ އެވެ. އަދި އިޖުތިމާއީ އެތައް މައްސަލަތަކެއްގެ ތެރޭ ރައްޔިތުން ދަނީ ހަނާވަމުން ކަމަށް ވެސް ވެ އެވެ.

އެ ހާލުގައި ތިބި ރައްޔިތުންނާމެދު ފަހުން ވެރިކަމަށް ވަޑައިގެންނެވި މައުމޫންގެ ކޮއްކޮ, ޔާމީން ވެސް އަމަލު ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށް މައްސަލާގައި ތުހުމަތު ކުރި އެވެ. އެގޮތުން, ދައުލަތުން ހަރަދުކޮށްގެން ހުޅުމާލޭ ބިން ހިއްކުމަށްފަހު އެތަނުގައި އެޅީ "ކޮތަރު ކޮށި"ތަކެއް ކަމަށް ބުންޏެވެ. އެ އިޝާރާތްކުރީ ހިޔާ މަޝްރޫއަށެވެ.

މައްސަލައިގައި ބުނި ގޮތުގައި މާލޭ ރައްޔިތުން ތޮއްޖައްސައި, "ގެޓޯ"އެއްގެ ތެރޭ އުޅެން މަޖުބޫރުކޮށްފައިވާއިރު, ރަށްރަށުން ދަނީ ހިލޭ ގޯތި ދޫކުރަމުންނެވެ. ނަމަވެސް, ހުޅުމާލޭގެ ފްލެޓްތަކަށް ވެސް މާލޭ ރައްޔިތުން ވާދަކުރަން ޖެހެނީ މުޅި ދިވެހި ރައްޔިތުންނާ ކަމަށާއި މިއީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމާ ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.

މިކަމުގެ ހައްލަކީ މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކުންނާއި ހިއްކަން ނިންމާފައިވާ ބިންތަކުން މާލޭ ރައްޔިތުންނަށް ބިން ދިނުން ކަމާއި އެކަން ނުކޮށް އެ ބިންތަކުގައި އެހެން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް މައްސަލާގައިވެ އެވެ. މައްސަލާގައި ބުނެފައިވާ ގޮތުގައި, މާލޭގެ ރައްޔިތުންނަށް މީގެ އެތައް އަހަރެއް ކުރިން ލިބިފައިވާ ގޯތިތައް ފޮތިފޮތިކޮށް މިހާރު އުޅެވޭ ވަރެއް ނޫނެވެ. އަދި އެމީހުން ވަނީ އަމިއްލަ ބިމުގައި ރެފިއުޖީންނަށްވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ, މައްސަލާގައި ބޭނުންވާ ބަދަލެއްގެ ގޮތުގައި އެދިފައިވަނީ މާލޭ ރައްޔިތުންނަށް މާލޭގެ ބިމުން ގޯތި ހޯދައިދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox