އދ.ގައި ތަގުރީރުކުރައްވަން އަންނަ ހަފްތާގައި ރައީސް އެމެރިކާއަށް

ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ މި އަހަރުގެ އާންމު މަޖިލީހަށް ފޮރިން އަބްދުﷲ ޝާހިދު އިންތިހާބުވެފައިވާއިރު، މަޖިލިސް ރަސްމީކޮށް ހުޅުވޭނީ މާދަމާ އެވެ.

އޭގެ ފަހުން މެމްބަރުތަކުގެ އާންމު ބަހުސް މި މަހުގެ 21 ވަނަ ދުވަހު ފެށިގެން 25 އާ ހަމައަށް ކުރިއަށްދާނެ އެވެ.

އދ.ގެ ސެކްރެޓޭރިއަޓުން އާންމުކޮށްފައިވާ ވަގުތީ އެޖެންޑާގައިވާ ގޮތުން، ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ.

އޭގެ ކުރިއަށް ތިއްބެވީ، ބްރެޒިލް އާއި އެމެރިކާ އެވެ.

އެމަނިކުފާނު ތަގުރީރުކުރައްވާއިރު، ރިޔާސަތުގައި ޝާހިދު އިންނަވާނެތީ، އެ ވަގުތު ވެގެންދާނީ ރާއްޖެއަށް ތާރީހީ ވަގުތު ކޮޅަކަށެވެ.

މިއީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ.ގައި ތަގުރީރުކުރައްވާ ދެވަނަ ފަހަރެވެ.

އެމަނިކުފާނު 2019 ވަނަ އަހަރު އދ.ގައި ތަގުރީރުކުރައްވާފައިވަނީ، ރާއްޖޭގެ އެންމެ އިސްވެރިޔާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު އާންމު މަޖިލީހުގެ ބަހުސް ބާއްވާފައިވަނީ އޮންލައިންކޮށެވެ. ހުރިހާ ގައުމުތަކުން ކުރިން ރެކޯޑްކޮށްފައިވާ މެސެޖުތަކެއް އިއްވާފައިވާއިރު، މިދިޔަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އަބްދުﷲ ޝާހިދެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވާން ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ފަހުކޮޅެވެ.

އާންމު މަޖިލީހުގެ އާ ދައުރާއެކު ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާއިރު، ގިނަ ވަގުތު އޭނާ އެމެރިކާގައި ހުންނަވަން ޖެހިވަޑައިގަންނަވާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

އެކަމާ ގުޅިގެން، ވަޒީރު ކަމުގައި ހުންނަވައިގެން، އެހާ ގިނަ ވަގުތު ރާއްޖޭން ބޭރުގައި ހުންނަވަންޖެހުމާ ގުޅިގެން ބައެއް ފާޑުކިޔުންތައް ޝާހިދަށް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް، ސަރުކާރުން ބުނަނީ ދެ މަގާމުގައި ޝާހިދު ހުންނެވުމުން ރާއްޖެއަށް ލިބޭނެ ފައިދާތައް ބޮޑުވާނެކަމަށް ބުނާއިރު، އެ މަގާމުގެ ހައިސިއްޔަތުން އިންޑިއާ އާއި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ވެސް އޭނާ ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން އެ ދެގައުމުގެ އެންމެ އިސް ލިޑަރުންނާ މަޝްވަރާ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox