1000 ވަަނަ މެޗު މޮރީނިއޯ އަށް ހާއްސަވީ ތަފާތު ސަބަބަކާ ހުރެ

Sep 13, 2021, 7:01 AM
1000 ވަަނަ މެޗު މޮރީނިއޯ އަށް ހާއްސަވީ ތަފާތު ސަބަބަކާ ހުރެ

ރޯމް (ސެޕްޓެމްބަރު 13) - ހޯސޭ މޮރީނިއޯގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗުން ރޭ ފަހު ވަގުތު އޭނާ ކޯޗުކޮށްދޭ ރޯމާ މޮޅުވިއިރު، މެޗު ހާއްސަވީ ތަފާތު ސަބަބަކާ ހުރެ ކަމަށް މޮރީނިއޯ ބުނެފި އެވެ.

ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ރޭގެ މެޗުގެ ކުރިން މި މެޗު ހާއްސަވާނެތޯ މީޑިއާ އިން އެހުމުން ބުނީ މެޗުން މޮޅުވެއްޖެނަމަ މިއީ ހާއްސަވެދާނެ މެޗެއް ކަމަށް ބުނެފަ އެވެ.

ސަސުއޯލޯ އަތުން ރޯމާ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ސްޓެފަން އެލް ޝަރާވީ ޖެހި ގޯލުންނެެވެ. މޮރީނިއޯ ވަނީ ގޯލު ޖެހުމާ އެކު ދުވެފައި ގޮސް ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކޮށްފަ އެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ 1000 ވަނަ މެޗު މޮޅުވި ގޮތާއި އޭނާ އަށް އުޅެވުނު ގޮތް އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ.

"މި މެޗުގައި ފެނުނު މަންޒަރަށް ބަލާއިރު އަހަންނަކީ 58 އަހަރުގެ މީހެއް ނޫން. އަހަންނަށް އުޅެވުނު ގޮތުން އިހުސާސް ކުރެވުނީ 10، 12 ނޫނީ 14 އަހަރުގެ ކުޑަކުއްޖެއް ގޮތަށް. އަހަންނަށް ދުއްވައިގަނެވުނީ ވެސް ކުޑަކުއްޖެއް ދުވާހެން،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

"މެޗުގެ ކުރިން އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިން މިއީ ވަކިން މާ ހާއްސަ މެޗެއް ނޫން ކަމަށް. އެކަމަކު އަހަރެން މުޅި ދިރިއުޅުމުގައި ވެސް މި މެޗު. 1000 ވަނަ މެޗު ހަނދާން ހުންނާނީ އަހަންނަށް އުޅެވުނު ގޮތުން،"

ޖެހިލުންކުޑަ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި މިހާތަނަށް 25 ތަށި އުފުލާލައިފަ އެވެ. އޭނާ އެންމެ ފުރަތަމަ ފާހަަގަކުރެވުނީ ޕޯޗުގަލްގެ ޕޯޓޯގެ ކޯޗެއްގެ ގޮތުގަ އެވެ. އެ ޓީމަށް 2004 ގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ.

ޕޯޓޯގައި މަސައްކަތްކުރި ފަހުން މޮރީނިއޯ ވަނީ ތިން ގައުމެއްގައި ލީގު ޗެމްޕިއަންކަން ހޯދި މަދު ކޯޗުންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ ސްޕެނިޝް ލީގުގެ ތަށި އުފުލާލީ ރެއާލްގައި ހުރެ އެވެ. އަދި އިންޓަ އަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނެވެ. އަދި ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކޯޗުކޮށްދީ އެ ޓީމަަށް ވެސް ލީގު ހޯދައިދިނެވެ.

މި ސީޒަނުގައި ރޯމާ ކޯޗަކަށް މޮރީނިއޯ ގެނައީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޭގެ މޮޅާ އެކު ރޯމާ ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ރޯމާ އާއި ދެ ވަނައިގައި އޮތް އޭސީ މިލާން އަދި ތިން ވަނައިގައި އޮތް ނަޕޯލީ އަށް ވެސް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox