އިހުތިސޯސްގެ މައްސަލަތައް ހައްލުނުވެގެން ސިޓީ ކައުންސިލުން މަޖިލީހަށް

މާލެ ސިޓީގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާއި، ބިން ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް، މާލެ ސިޓީ ކައުންސިލުން މަޖިލީހުގެ މާލެ ދާއިރާ ތަމްސީލުކުރައްވާ މެންބަރުންނާ ބައްދަލުކުރަނީ. -ފޮޓޯ: މަޖިލިސް

މާލެ ސިޓީގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާއި، ބިން ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް، މާލެ ސިޓީ ކައުންސިލުން މަޖިލީހުގެ މާލެ ދާއިރާ ތަމްސީލުކުރައްވާ މެންބަރުންނާ ބައްދަލުކުރަނީ. -ފޮޓޯ: މަޖިލިސް

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ މައްސަލަ ހައްލުނުވެގެން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހާ ހަމައަށް ގެންގޮސްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މަޖިލީހުގެ މާލޭ ދާއިރާގެ މެމްބަރުންނާ ބައްދަލުކުރައްވައި، ކައުންސިލަށް ދިމާވަމުންދާ މައްސަލަތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މަޝްވަރާތަކުގައި އެއްބަސްވެވުނީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅައި މަޖިލީހުން ފާސްކުރުމުގެ ކުރިން އެ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް މަޖިލީހުން ވެސް މަސައްކަތްކޮށް ދިނުމަށް ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި، އެ މަޝްވަރާތަކަށް ދިމާވެފައިވާ މައިގަނޑު ހަތް މައްސަލައެއް ފާހަގަކޮށް ސިޓީ ކައުންސިލުން މަޖިލީހަށް ސިޓީއެއް ވަނީ ފޮނުވައިފަ އެވެ.

"މަޝްވަރާތަކުން ވެސް އަދި މި ސިޓީން ވެސް އަޅުގަނޑަށް ފާހަގަކުރެވޭނީ އިހުތިސޯސާބެހޭ މައްސަލަތަކެއް،" އީވާ ވިދާޅުވި އެވެ.

އެއާއެކު ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަޖިލީހުން އިސްވެ އެ މައްސަލަތައް ހައްލުކޮށްދޭން ޖެހޭކަމަށް، އެ ސިޓީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުއްވަމުން އީވާ އިތުރަށް ވިދާޅުވި އެވެ.

އެންމެ ބޮޑު މައްސަލައަކީ ހުޅުމާލެ

އިހުތިސޯސާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރަމުންދަނީ ހުޅުމާލޭގެ މައްސަލަ އެވެ.

ގާނޫނުން ކައުންސިލުގެ މައްޗަށް މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލާޒިމުކޮށްފައިވީ ނަމަވެސް، ހުޅުމާލޭގައި އެ ހިދުމަތްތަކާއި މަސައްކަތްތައް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިނުވާ ކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލުން ދަނީ ތަކުރާރުކޮށް ކުރަމުންނެވެ.

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުމަށް ސިޓީ ކައުންސިލުގައި ބަޖެޓުނެތް އިރު، އެތަނުން އެދިފައިވަނީ އެކަމަށް އެޗްޑީސީގައި އޮތް ބަޖެޓު ދިނުމަށެވެ.

އެކަމަށް ކުރިއެރުމެއް ލިބިފައިނުވާއިރު، މިއަހަރުގެ ބާކީ އޮތް ތަނުގައި މުނިސިޕަލް ހިދުމަތްތައް ދިނުމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމަކަށް ދިޔުމަށް، ވަގުތީ ހައްލެއްގެ ގޮތުގައި އަލީ ނިޔާޒް ވަނީ ހުށަހަޅުއްވައިފަ އެވެ.

އަދި އެ ހުށަހެޅުމަށް އަމަލުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރެވެމުންދާ ކަމަށާއި، އެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ މިދިޔަ މަހުގެ 25 ވަނަ ދުވަހު މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި އިކޮނޮމިކް ކައުންސިލުގައި މިދިޔަ ހަފްތާގެ ތެރޭގައި މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް "އަދަދު" އަށް ޔަގީންކޮށްދެއްވި އެވެ.

ނަމަވެސް، އެކަމުގައި އަދި ވަކި ގޮތެއް ނިންމާފައިވާ ނުވާ ކަމަށާއި، ގާނޫނީ ގޮތުން ހުރި ހުރަސްތައް ބެލުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ލަފައަކަށް އެދިފައިވާކަމަށް މަބްރޫކު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox