ގަތަރު ޓްރެއިނިން ކޭމްޕްގެ އެހީގައި ފޯކަސް ގެއްލުވާނުލައި ތަމްރީން ކުރެވޭނެ: އިންމަ

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ).--

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ).--

ގަތަރު، ދޯހާ (ސެޕްޓެމްބަރު 13) - އަންނަ މަހު ކުޅެން ޝެޑިއުލްކޮށްފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ކުރިން ގަތަރުގައި މިހާރު ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ އެހީގައި ފޯކަސް ގެއްލުވާނުލައި ޓްރެއިނިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުރިހާ ކުޅުންތެރިންނަށް ލިބިގެންދާނެ ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

ގައުމީ ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ޓްރެއިނިން ކޭމްޕްގައި އަދި ބައިވެރިނުވެ އެވެ. ހާލަތު ބެލުމަށް ފަހު ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވެއްޖެނަމަ ސުޒޭން ޓީމާ ގުޅެން ފުރާނެ އެވެ. ސުޒޭން ޓީމާ ގުޅެން ދެން ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެ ހުރީ އިންމަ އެވެ.

ގަތަރުގައި ރޭ ކުރިއަށްގެންދިޔަ ޓްރެއިނިން ސެޝަން ނިންމާލުމަށް ފަހު އިންމަ ބުނީ ޓްރެއިނިން ކޭމްޕްގެ އެންމެ އިސް ބަޔަކީ ޓީމް ބިލްޑިން ކަމަށާއި އެ ކަމަށް މި ޓްރެއިނިން ކޭމްޕްގެ ބޭނުން ރަނގަޅަށް ހިފޭނެ ކަމަށެވެ.

"މި ފުރުސަތުތަކަކީ އަޅުގަނޑު މެންނަށް ލިބުނު ވަރަށް މުހިއްމު ފުރުސަތެއް. އަޅުގަނޑުމެންގެ ޕްލޭޔަރުން މި އުޅެނީ އެއް ތަނެއްގައި. އުޅޭ ކަމަށްވަންޏާ ވީހާވެސް ބޮޑަށް ދަނެ، ފުޓްބޯޅައިގެ ފީލްޑްގައި ދަސްކުރުމުގެ އިތުރުން ޕާސަނަލީ ޕްލޭޔަރުން އެކަކު އަނެކަކަށް ދަސްވެ އަންޑަސްޓޭންޑް ވުމުގެ ވަރަށް ބޮޑު ފުރުސަތެއް މިއީ. މީގެ ބޭނުން ވީހާވެސް އެންމެ ރަނގަޅަށް ބޭނުން ކުރާނަން،" އިންމަ ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްްޕްގައި ގައުމީ ޓީމުން މެޗުތަކެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ. މިހާރު އޮތްގޮތުން ސްރީލަންކާ ގައުމީ ޓީމާ ކުޅޭ މެޗު ހިމެނޭ ގޮތަށް އަދި އިތުރު ދެ މެޗެއް ކުޅެން ވަނީ ނިންމައިފަ އެވެ.

އިންމަ ބުނީ މުޅި ޓްރެއިނިން ކޭމްޕާއި އެ މެޗުތަކުގެ ވެސް މައިގަނޑު ފޯކަސް އަކީ ސާފް ޗެމްޕިއަންޝިޕް ކަމަށާއި އެހެން ކަމުން އެ މެޗުތަކުގެ ކަންކަން ރޭވިގެންދާނީ ވެސް ސާފްގެ ތައްޔާރުވުމުގެ ވިސްނުން ބަހައްޓައިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ (ޓްރެއިނިން) މެޗުތަކުގެ ފޯކަސް ވެސް މީދީ ސާފް ޗެމްޕިއަންޝިޕަށް. އެ މުބާރާތުގެ ނަތީޖާ އަށް،" ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރެ ދެ މެޗެއްގައި ޓީމުގެ ހެޑް ކޯޗެއްގެ މަގާމު ވެސް ފުރި އިންމަ ބުންޏެވެ.

"އަޅުގަނޑުމެންގެ ރިކަވަރީ އަށް ވިސްނައިގެން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވޭތޯ ބަލާނަން،"

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން އަންނަ މަހު އެއް ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗާ ދެމެދު މިހާރު މި އޮތީ ގާތްގަނޑަކަށް ތިން ހަފްތާއެއްހާ ދުވަހެވެ. ޓްރެއިނިން ކޭމްޕްގައި ކުރިއަށްދަނީ ޓީމުގެ މެޗު ފިޓްނަސް އާއި އިންޓެންސިޓީ މައްޗަށް ޖައްސާލުމުގެ ކަންކަމެވެ. އިންމަ ވެސް ވަނީ އެކަން ފާހަގަކޮށް މީގެ ވިސްނަން ޖެހޭ ކަންކަމަށް ސަމާލުކަން ދޭނެ ކަަމަށް ބުނެފ އެވެ.

"މި ގޮތަށް އިންޓެންސިޓީ ގެންގުޅޭ ވަރަށް ރިކަވަރީ އަށް ވެސް އަޅުގަނޑުމެން ބަލައިގެން މިދަނީ. ހުރިހާ ޕްލޭޔަރުން ވެސް އެއް ރޫހެއްގައި ހަމަ ނަތީޖާ ނެރެން. އެ ރޫހުގައި ވަރަށް ރަގަޅަށް ޕްލޭޔަރުންގެ ތިބީ ނަތީޖާ ނެރެން. އުއްމީދު ބޮޑު ޕްލޭޔަރުންނާ މެދު،" އިންމަ ބުންޏެވެ.

ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ރާއްޖޭން އެންމެ ފަހުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ވެސް މި ފަހަރުގެ ޓީމުގައި ހިމެނެ އެެވެ. މި މަހު 28 ގެ ނިޔަލަށް ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މުބާރާތަށް ފައިނަލް ކުރާނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox