ހުރިހާ ކުޅުންތެރިން ނެގެޓިވް، ގަތަރުގައި ގައުމީ ޓީމުގެ ޓްރެއިނިން ފަށައިފި

ގަތަރުގައި މިރޭ ބޭއްވި ޓްރެއިނިންގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ގަތަރުގައި މިރޭ ބޭއްވި ޓްރެއިނިންގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އަންނަ މަހު މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި މިރޭ ގައުމީ ޓީމުން ޓްރެއިނިންތައް ފަށައިފި އެވެ.

ސާފް ޗެމްޕިއަންޝިޕް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހު 1 އިން 16 އަށެވެ.

ގައުމީ ޓީމު އިއްޔެ، (10 ސެޕްޓެމްބަރު) ގައި ގަތަރަށް އައުމަށް ފަހު ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަނީ ކޮވިޑަށް ޕީސީއާރް ޓެސްޓެއް ހަދައިފަ އެވެ. މިރޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ނަތީޖާ ނެގެޓިވްކޮށް ލިބުމުން ވަނީ ފުރަތަމަ ޕްރެކްޓިސް ސެޝަން ބާއްވައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ ހަވާލުވެ ހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން މި ވަގުތު ހުރީ ޓީމާ ދުރުގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވުމުން ހޯމް ކަރަންޓީނަށް ދާން ޖެހުމުންނެވެ. ސުޒޭނަށް އެނބުރި އާދެވޭނީ ބަލިން ފަސޭހަ ވުމުންނެވެ. މިހާރު އޮތްގޮތުން މި މަހު 18 ވަނަ ދުވަހު ސުޒޭން ކޮވިޑް ޓެސްޓެއް ކުރާނެ އެވެ.

ސުޒޭން ނެތުމުން ގައުމީ ޓީމު ލީޑުކުރުމުގެ ޒިންމާއާ މި ވަގުތު ހަވާލުވެ ހުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އިންމަ އަށް އެހީތެރިވާން ގޯލްކީޕަރު ކޯޗުންގެ ގޮތުގައި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމް އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުން އަހުމަދު ޝާކިރު (ޝާކިއްޓެ) ހަރަކާތެރިވާނެ އެވެ.

މި މަހު 28 ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޓްރެއިނިން ކޭމްޕްގެ ތެރެއިން ރާއްޖޭން ތިން މެޗެއް ކުޅެން މިހާރު އޮތީ ރާވައިފަ އެވެ. އެއީ ސްރީލަންކާ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ގަތަރުގެ ދެ ޓީމަކާ ކުޅޭ މެޗެވެ.

ރާއްޖެ އަކީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެވެ. މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ފަހުން އަންނަ މަހު ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝާ ކުޅޭނެ އެވެ. ސްރީލަންކާއާ ދެކޮޅަށް 10 ވަނަ ދުވަހު ހަވީރު ކުޅޭ މެޗަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާއާ ބައްދަލުކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެރޭގަ އެވެ. ފައިނަލް އޮންނާނީ 16 ވަނަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox