އާސިޔާ މިކިޔައިދެނީ އޮފީހަށް ދާ މީހުންނަށް ބްރެކްފަސްޓް އޮޕްޝަންތަކެއް!

އާސިޔާ މިކިޔައިދެނީ އޮފީހަށް ދާ މީހުންނަށް ބްރެކްފަސްޓް އޮޕްޝަންތަކެއް!

އަށެއް ޖަހަން ބައިގަޑިއިރަށްވުމުން އެނދުން ހިއްލާލައިގެން ތެޅިފޮޅިގަންނަނީ ފާހަނާކޮށްލާ ގަޔަށް ފެންފޮދެއް އަޅާލެވޭތޯ އެވެ. ދެން ނުކުމެ ލާނެ އެއްޗެއް ހޯދައިގެން ފުށްޖަހައި މީރުވަސް ދުއްވާލައިގެން ސައިކަލަށް އަރާ ފިންގާ ޖަހާލެވެނީ ނަސީބު ހުރިއްޔާ ގަޑިޖެހެން އެންމެ މިނިޓެއް ނޫނީ ދެމިނިޓަށް ވެފައި ހުއްޓަ އެވެ. ހެނދުނުގެ ސަޔަކީ ވަރަށް ރޯދި ތަނަވަސް ދުވަހަކު މެނުވީ ގިނަ މުވައްޒަފުންނަށް ހެނދުނު ދިހައެއްގެ ކުރިން މެނުވީ ލައްވާލާނެ އެއްޗެއް ނޫނެވެ. ހަމަގައިމުވެސް އަހަރެމެން އެންމެންގެ ފޭވަރިޓް ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ބުނަނީ މި ރޫޓިން ހަމަ މުޅީން ގޯސް ކަމަށެވެ.

އާސިޔާ ބުނާގޮތުގައި ހެނދުނުގެ ސައި ރާވާލުމުގައި އެންމެ މުހިންމީ އެމީހަކު އޮފީހަށް ގޮސްއުޅޭ ވަގުތާއި އަދި އެމީހެއްގެ ސިއްހީ ހާލަތެވެ.

ކާންވީ ކޯއްޗެއް؟

އާންމުގޮތެއްގައި ސިއްހީގޮތުން އެންމެ އެދެވިގެންވަނީ ހެނދުނު 8 ޖެހުމުގެ ކުރިން ސައިބޮއެ ނިންމާލުމެވެ. އެހެންކަމުން ހެނދުނު އަށަކާއި ނުވައަކާއި ދެމެދު އޮފީހަށްދާން ޖެހޭނަމަ ތަންކޮޅެއް ކުރިން ހޭލައިގެން، ފަސޭހައިން ސައި ބޮވޭނެ ފަދަ ބާވަތެއް ގޭގައި ތައްޔާރުކޮށްފައި ބެހެއްޓުން ރަނގަޅުވާނެ އެވެ. މިގޮތުން ޕާން ފޮއްޗަކާއި ބިސްގަނޑާއި ކިރުތަށްޓަކުންވެސް ހެނދުނުގެ ސައި ވަރަށް ފުރިހަމަވާނޭ ކަމަށް އާސިޔާ ބުންޏެވެ.

Advertisement

"ޕާން ކަހަލަ އެއްޗެއް ގޭގައި ގަނެލާފައި، ބިސްގަނޑެއް އަޅާލާފައި ބިސްގަނޑަކާއި ޕާނާ ދެން ކިރުތަށްޓެއް ބޯލީމަ ވެސް ބެލެންސްޑް ބްރޭކްފާސްޓެއް ނެގުނީ. ދެން މިސާލަކަށް އެގޮތަށް ކާން އުނދަގުލިއްޔާ ސޭންޑްވިޗް އެއްޗެއް ހަދާލާފައި ހެނދުނު ޓޯސްޓް ކޮށްލެވުނީމަވެސް އެ ހަމަ ރަނގަޅަށް ކެވުނީ. ދެން އެއާއެކު ޖޫސްތަށްޓެއް ނޫނީ ކޮފީތަށްޓެއްވެސް ރަނގަޅުވާނެ،" އާސިޔާ ބުންޏެވެ.

މި ބާވަތްތައް ކަމުނުދާނަމަ ނުވަތަ ތައްޔާރުކުރަން އުނދަގޫނަމަ އޮރިޖިނަލް ކޯން ފްލޭކްސް, ވިޓަބިކްސް ނުވަތަ ގްރެނޯލާ މިއުސްލޭ ފަދަ އެއްޗެއް ގޭގައި ގަނެފަ ނުވަތަ އަމިއްލަ އަށް ތައްޔާރުކޮށްފައިވެސް ބެހެއްޓިދާނެ އެވެ. އޭރުން ކިރުފޮދަކާއި އެކީ ކާލުމުން ދުޅަހެޔޮ ސައެއް ނިކަން ފަސޭހައިން ބޯލެވުނީ އެވެ. މި ބާވަތްތަކާއި އެކީގައިވެސް ބިހެއް ބޭނުންކުރުން ރަނގަޅުވާނެކަމަށް އާސިޔާ ބުންޏެވެ.

ދެން އޮތީ ހެނދުނު ހެނދުނާ އޮފީހަށް ދާ މީހުންނެވެ. ވަޒީފާގެ ގޮތުން ބައެއް މީހުންނަކީ ހެނދުނު ހައެއް ޖަހާއިރު ނުވަތަ 7:30 ހާއިރު އޮފީހަށް ދާންޖެހޭ މީހުންނެވެ. އާސިޔާގެ ހިޔާލަކީ 7:30 ގައި ދާނަމަ ގެއިން ސައި ބޮއެގެން ދިއުމެވެ. ނަމަވެސް ހައެއް ޖަހާއިރު އޮފީހުގައި ހުންނަން ޖެހިއްޖެނަމަ ގޭގައި ސައި ތައްޔާރުކޮށްގެން ހިފައިގެން ދިއުމަކީ މާ ލުއިވާނެ ގޮތެއް ކަަމަށް އާސިޔާ ބުނެ އެވެ. ނުވަތަ އޮފީހުގައި ހާއްސަ ސައިކޮޓަރިއެއް ހުންނަނަމަ ކުރިން ބުނެލިފަދަ ގްރެނޯލާ އާއި ކިރު ޕެކެޓް ނުވަތަ ދަޅު ބެހެއްޓުމަކީ ކޮންމެދުވަހަކު ވަކިން ސައި ގެންދިއުމުގެ ބަދަލުގައި ކުރެވިދާނެ ކަމެކެވެ.

"މީގަ މުހިންމީ ގޮވާން ނުވަތަ ފަލަމަޑީގެ ބާވަތެއް ހިމަނާފައި މަހުގެ ބާވަތެއް ހިމެނުން. ދެން މަހުގެ ބާވަތަކަށް މިސާލަކަށް ބިސް އެއްޗެހިވެސް ހިމަނާލެވިދާނެ. ނޫނީ ކިޑްނީ ބީންސް އާއި ޗިކް ޕީސް ފަދަ ބާވަތްތައް އޯވާނައިޓް ފެނަށް އަޅާފައި ހެނދުނު ސްޓީމްކޮށްގެންވެސް ބޭނުންކުރެވިދާނެ. އެގޮތަށް އުނދަގުލިއްޔާ ދަޅުގައި ހުންނަ މި ބާވަތްތައްވެސް ހަމަ މިގޮތަށް ބޭނުންކުރެވިދާނެ،" އާސިޔާ ވިދާޅުވި އެވެ.

ނުކާންވީ ކޯއްޗެއް؟

ހެނދުނުގެ ސަޔަކީ އެދުވަހެއްގެ މަސައްކަތަށާއި ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ކެއުމަށްވާއިރު މި ގަޑީގައި ކޮންމެހެންވެސް ދުރުހެލިވުން ބުއްދިވެރި ބާވަތްތަކެއްވެސް އެބަހުއްޓެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެކައްޗަކީ ހެދިކާ އެވެ. ކަންމަތީ ފިހާރަތަކުންނާއި އެކި ކެންޓީނުތަކުންވެސް ހެނދުނުގެ ނާސްތާއިން ފެށިގެން ގޮސް އިރުއޮއްސުމާ ހަމައަށް އެއްވެސް މެދުކެނޑުމެއް ނެތި ހެދިކާ ލިބެން ހުރެ އެވެ. އާސިޔާ ވިދާޅުވީ ހެދިކާގައި ހިމެނޭ ފެޓްސްއަކީ ނުރަނގަޅު ފެޓްސް އަށް ވުމުގެ އިތުރަށް، ފެޓް އޯވާލޯޑްކުރުވާ އަދި ކެލޮރީވެސް އޯވާ ލޯޑް ކުރުވާ އެއްޗެއް ކަމަށެވެ.

"މިސާލަކަށް އެއްބައި މީހުން އެބަ ބިރުގަނޭ ރޮށި ކާން. ފަލަވެދާނެ ތީ. ނޫނީ ހަކުރު މައްޗަށް ހިނގައިދާނެތީ. އެކަމު ތުނިކޮށް ފިހެފައި އިންނަ އެންމެ ރޮށްޓެއްގައި މި ހުންނަނީ 80 ކެލަރީ. ނޫނީ އެއް ފޮތި ޕާނުގައިވެސް މި ހުންނަނީ 80 ކެލޮރީ. ކާ ގަޑިއެއްގައި އެދެވިގެންވަނީ 2 ރޮށި ނޫނީ 3 ރޮށި. ހަމަ އެ މިންވަރަށް ޕާން ވެސް. އެއާއެއްކޮށް ދެން ލައިގެން ކާ އެއްޗެއް ހިމެނީމަ އެ ނިމުނީ. އެކަމަކު އާންމުކޮށް މި ކައިއުޅޭ ވަރުގެ ބަޖިޔާއެއްގައި ހިމެނޭނެ ގާތްގަނޑަކަށް 400 ކެލޮރީ،" އާސިޔާ ކިޔައިދިނެވެ.

މިއީ ގާތްގަނޑަކަށް 5 ރޮށި ނުވަތަ ޕާން ފޮތީގައި ހިމެނޭ ވަރުގެ ކެލޮރީ އެވެ. އަދި އެންމެ ބަޖިޔާއަކުން ބަނޑު ފުރާލުމަކީވެސް ނާދިރު ކަމަކަށްވާއިރު މިފަދަ ހެދިކާއެއް ކާނަމަ މުޅި ދުވަހު ހަށިގަނޑަށް ލިބެންޖެހޭ ވަރަށް ކެލަރީސް އެންމެ ގަޑިއަކުން ލިބޭނެ އެވެ.

ހަމައެޔާއެކު އޮފީސްތަކުގައި އުޅޭއިރު އެންމެ ގިނައިން ބޭނުންކުރެވޭ އެކައްޗަކީ ޕެކެޓު ކޮފީ ނުވަތަ ތްރީ އިން ވަން ކޮފީ އެވެ. ކޮފީއެއް ކަމަކު މީގައި ގިނައިން ހިމެނޭނީ މުޅީންވެސް ހަކުރާއި ސެޓިއުރޭޓެޑް ފެޓްސް އެވެ. މިއީވެސް ފުރަމެ އާއި ހަށިގަނޑުގައި ސަރުބީ ހިފުމާއި އަދި ބަރުދަން އިތުރުވުން ފަދަ ކަންކަމަށް މަގުފަހިކުރުވާ ކަމެކެވެ.

ވިސްނަންވީ ކޮން ކަމަކަށް؟

ނާސްތާ ނެގުމުގައި ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ވަގުތަށެވެ. ތަކުރާރުކޮށް ހެނދުނުގެ 8 ޖެހުމުގެ ކުރިން ސައިބުއިމުގެ މުހިންމުކަން އާސިޔާ ފާހަގަކުރެއްވިއިރު، އޭގެ ފަހުން ސައިބޯނަމަ ހަށިގަނޑުގެ ހަކަތަ އަންދާ ނިޒާމަކަށް އަސަރު ކުރާނޭ ކަމަށް އާސިޔާ ފާހަގަކުރި އެވެ. އަދި އެހިސާބުން ކާއެއްޗެހި ފުރަމޭގައި ސަރުބީގެ ގޮތުގައި ހަރުލާއިރު ކޮލެސްޓްރޯލް މައްޗަށް ދިއުމާއި ބަރުދަން އިތުރުވުން ފަދަ އެތައް މައްސަލައަކަށް ވެސް މަގުފަހިވާނެ ކަމަށް އާސިޔާ ބުންޏެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox