ބުކް ޗެލެންޖް ކާމިޔާބު، ފައިނުގައި ހިތްގައިމު ލައިބްރަރީއެއް

ފައިނުގައި ހުންނަ ފޭސް ޖަމިއްޔާގެ ކޮމިއުނިޓީ ސެންޓަރު، ލައިބްރަރީ ހުންނަނީ މި އިމާރާތުގައި-- ފޮޓޯ: ފޭސް

ފައިނުގައި ހުންނަ ފޭސް ޖަމިއްޔާގެ ކޮމިއުނިޓީ ސެންޓަރު، ލައިބްރަރީ ހުންނަނީ މި އިމާރާތުގައި-- ފޮޓޯ: ފޭސް

ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރި ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަސް މިފަހަރު އެންމެ ހާއްސަވީ މާޅޮސްމަޑުލު އުތުރުބުރީ ފައިނަށެވެ. އެދުވަހަކީ ފައިނުގައި ދިރިއުޅޭ އެތަކެއް ޒުވާނުންނަށާއި ކުޑަކުދިންނަށް އާ އުއްމީދެއް ގެނުވައިދޭނޭ ފަދަ ބޮޑު ޕްރޮޖެކްޓެއް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވީ އުފާވެރި މުނާސަބާ އެކެވެ. ކުޑަ ޑިލޭ އަކާއި އެކީގައި ވިޔަސް އެ ހުވަފެންތަކުގައި މިއަދު ކުލަ ޖެހިއްޖެ އެވެ. ފައިނުގައި މިވަނީ ހާއްސަ ކޮމިއުނިޓީ ލައިބްރަރީ އެއް ހުޅުވާފަ އެވެ.

މި ލައިބްރަރީ އަކީ، ފައިނުގެ ޒުވާނުންތަކެއް އިސްވެ ހިންގާ ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑީވާސް (ފޭސް) ގެ ފަރާތުން ހިންގި އިޖުތިމާއީ ޕްރޮޖެކްޓެކެވެ. ރަށުގެ ތަރައްގީއަށްޓަކައި ފޭސް އިން ކުރަމުން އަންނަ ގިނަގުނަ މަސައްކަތްތަކުގެ ތެރެއަށް އިތުރުކުރެވުނު މި ލައިބްރަރީއަކީވެސް ހިދުމަތުގެ ގޮތުން ފާހަގަކޮށްލެވޭނޭ މަސައްކަތެއްކަން ޔަގީނެވެ.

Advertisement
ފައިނުގައި ފޭސް ޖަމިއްޔާއިން ހުޅުވި ލައިބްރަރީ --ފޮޓޯ: ފޭސް
ފައިނުގައި ފޭސް ޖަމިއްޔާއިން ހުޅުވި ލައިބްރަރީ --ފޮޓޯ: ފޭސް

ފައިނުގައި ފޭސް ޖަމިއްޔާއިން ހުޅުވި ލައިބްރަރީ --ފޮޓޯ: ފޭސް

ފޮތްތެރިކަމުގެ އާ ބާބެއްގެ ފެށުން

އާބަދީގައި އެންމެ 500 އެއްހާ މީހުން ދިރިއުޅޭ ފައިނުގައި މިފަދަ ޚިދުމަތެއްގެ ބޭނުންތެރިކަން ބޮޑެވެ. ފޭސް ޖަމިއްޔާގެ ރައީސްކަން މިވަގުތު ކުރަމުން އަންނަ ހުސެއިން ވަހީދު ބުނިގޮތުގައި ރަށުގައި ޒުވާނުންނާއި ކިޔަވާ ކުދިން ގިނައިރު، ހުސްވަގުތުތަކުގައި ކަމެއް ނެތިފައި ތިބެން ޖެހިފައިވުމީ އާންމު ކަމެކެވެ. އަދި ލިބެން ހުރި ވަސީލަތްތަކަށް ބަލާއިރު ކިޔާލަން ފަސޭހަ އެކި އުމުރުފުރާތަކާއި އެކަށޭނަ ވާހަކައާއި ފޮތްތަކަކީ ތަދު އެއްޗެކެވެ.

"ރަށުގައި ހުންނަނީ ހަމައެކަނި ސްކޫލް ލައިބްރަރީ. އެކަމު ވަރަށް އާދައިގެ ކޮށް ހުންނަނީ. އަސްލު ލައިބްރަރީއެއްގެ ހިދުމަތެއް ނުލިބޭ. ދެން ކުދިންގެ ކިޔެވުމަށާއި އެކަޑަމިކްސް އަށްވެސް ވަރަށް ބޮޑު ބޫސްޓްއެއް ބޭނުންވެފައި ހުރީ. އަނެއްކާ ބުކް ރީޑިންއަކީ ހާއްސަކޮށް ލޯކަލީ ވަރަށް ބޮޑަށް ޕްރޮމޯޓްކުރަން ބޭނުންވާ ކަމެއް. ގިނަ ކުދިން އެހެން ކަމެއް ނެތި އަނެއްހެން ރެސްޓް ކުރަން ތިބޭއިރުވެސް ކުރެވޭނެކަހަލަ ކަމެއް ބޮޑަށް ވިސްނީ" ހުސެއިން ބުންޏެވެ.

އެއާއެކު ރަށުގައި ލައިބްރަރީއެއް ހުޅުވުމުގެ ހިޔާލު އުފަންވެ އެކަން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފެށުނެވެ. މިގޮތުން މިކަމަށް ބޭނުންވާ ފަންޑު ހަމަޖެހުނީ ބޭންކް އޮފް މޯލްޑިވްސް އިން އަހަރުގެ އެކި ކުއާޓާތަކަށް ބަހާލައިގެން ރަށްރަށުގެ އިޖުތިމާއީ ކަންކަމަށް ދޫކުރާ ކޮމިއުނިޓީ ފަންޑިންގެ ތެރެއިންނެވެ.

ފަންޑު ހަމަޖެހުމާއި އެކު މަސައްކަތަށް އާ ޖޯޝެއް ލިބިގެންދިޔައިރު ތަނުގެ ޑިޒައިނިންއާއި ކޮންސްޓްރަކްޝަންގެ މަސައްކަތްވެސް ކާމިޔާބުކަމާއި އެކީ ކުރިއަށް ގެންގޮސްފައިވަނީ ފޭސް ގެ މެންބަރުންނާއި ފައިނު ރައްޔިތުންގެ ހިތްވަރާއި މިންނަތުންނެވެ.

"ގްރާންޓްގެ ތެރެއިން ލިބުނީ ފަންސާސް ހާސް ރުފިޔާ. މިތަނުގައި ހަމަ ގިނަވާނީ އަމިއްލަ އަށް ކޮށްފައި ހުރި ހަރަދުތަކާއި، ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާ ޑޮނޭޝަންސް" ހުސެއިން ބުންޏެވެ.

ފޭސް ޖަމިއްޔާއިން ފައިނުގައި ހުޅުވި ލައިބްރަރީގެ ބެންޗު އޭރިއާ --ފޮޓޯ: ފޭސް
ފޭސް ޖަމިއްޔާއިން ފައިނުގައި ހުޅުވި ލައިބްރަރީގެ ބެންޗު އޭރިއާ --ފޮޓޯ: ފޭސް

ފޭސް ޖަމިއްޔާއިން ފައިނުގައި ހުޅުވި ލައިބްރަރީގެ ބެންޗު އޭރިއާ --ފޮޓޯ: ފޭސް

ކާމިޔާބީގެ ސިއްރަކީ #ބުކް ޗެލެންޖް

ފަންޑު ލިބި، ބިންގާ އެޅި، އެކްސްޓީރިއާ އަދި އިންޓީރިއާވެސް ނިމުނީ އެވެ. ބާކީ އޮތީ ބެހެއްޓުނު ފޮތް ހަރުގަނޑުތަކަށް ފޮތް ހަމަ ކުރުމެވެ. މިކަމަށް ފޭސް ޖަމިއްޔާއިން އިން ބޭނުންކުރީ މާ ސަޅި ހިޔާލެކެވެ.

"އަސްލު ބޭނުންވީ ބޮޑު ބުކް ރީޑިން މޫވްމަންޓްއެއް ކްރިއޭޓްކުރަން. ގިނަ ބަޔަކު ބައިވެރިކޮށް އެމީހުންގެ ކޮންޓްރިބިއުޝަންއާއި އެކީގައި މި މަސައްކަތް ކުރަން. އެހެންވެ ކޮންމެ މީހަކަށްވެސް ފަސޭހައިން ކުރެވޭނެ މަދު އަދަދެއް ބުނީމަ ވަރަށް ފަސޭހައިން އޭތި ވައިރަލްވި. އަނެއްކާ ޗެލެންޖް ގެ ވާހަކަ އަޑުއިވި ނެޝެނަލް ލައިބްރަރީ އިންނާއި އަމިއްލަ އޮންލައިން ޕޭޖުތަކުންވެސް ބޮޑު އެހީތަކެއްވި. ދެން މިހިރީ ހުސް ހަމަ ވަކިވަކި މީހުން ހަދިޔާކޮށްދީފައި ހުރި ފޮތްތައް،" އޭނާ ބުންޏެވެ.

ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ މުއްދަތަކަށް މި ބުކް ޗެލެންޖް ކުރިއަށްދިޔައިރު ހީކުރިވަރަށްވުރެވެސް ބޮޑު ތަރުހީބެއް ލިބި ފައިނު ލައިބްރަރީ އެކި ފޮތްތަކުން ޖަރީވެއްޖެ އެވެ. ކުޑަކުދިންގެ ފޮތްތަކާއި، ދީނީ އަދި އަދަބީ މިހެން ގޮސް ނަން ހުސްކޮށް ބޭނުންވި ކޮންމެ ދާއިރާއަކުން ކޮންމެ އުމުރުފުރާއަކަށް ހާއްސަ ފޮތްތައް ފައިނުގެ ލައިބްރަރީއިން މިހާރު ކިޔާލެވޭނެ އެވެ.

ފައިނުގައި ފޭސް ޖަމިއްޔާ އިން ހުޅުވި ލައިބްރަރީގެ އިންޑޯ އޭރިއާ --ފޮޓޯ: ފޭސް
ފައިނުގައި ފޭސް ޖަމިއްޔާ އިން ހުޅުވި ލައިބްރަރީގެ އިންޑޯ އޭރިއާ --ފޮޓޯ: ފޭސް

ފައިނުގައި ފޭސް ޖަމިއްޔާ އިން ހުޅުވި ލައިބްރަރީގެ އިންޑޯ އޭރިއާ --ފޮޓޯ: ފޭސް

ފައިނަށް މީ ލިބުނު ބޮޑު ނަސީބެއް!

ފައިނުގެ ހިތްގައިމު ގޮނޑުދޮށަށްވާހެން އިމާރާތް ކުރެވިފައިވާ ފޭސްގެ ކޮމިއުނިޓީ ސެންޓަރުގައި ތައްޔާރުކުރެވިފައިވާ މި ލައިބްރަރީއަކީ ފޮތް ކިޔުމަށް ލޯބި ކުރާ ކޮންމެ މީހެއްގެވެސް ހުވަފެނީ މަންޒިލަކަށް ވާނެކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ފޭސް ޖަމިއްޔާގެ މި އިމާރާތުގައި ހުންނަ ދެ ކޮޓަރިން އެއް ކޮޓަރި އަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވިފައިވާ ގުރުއާން ކްލާހެކެވެ. އަދި އިދާރީ ކަންކަމަށް ބޭނުންކުރަމުން އައި އަނެއް ކޮޓަރި މިހާރު ބަދަލުކޮށްލާފައިވަނީ ލައިބްރަރީ އަކަށެވެ. އެއް ފާރު އެއްކޮށް ފުރާލާފައިވަނީ ބޮޑު ފޮތް ހަރުގަނޑަކުންނެވެ. އެއާއެކު ދެ ކޮމްޕިއުޓާ ސިސްޓަމް ބެހެއްޓިފައިވާއިރު މި ސިސްޓަމްތަކުން ރާއްޖޭގެ ގައުމީ ކުތުބުހާނާގެ އީ-ބުކްސް ޕޯޓަލް މެދުވެރިކޮށްވެސް ފޮތް ކިޔޭނެ އެވެ.

ކޮންމެ އުމުރު ފުރާއަކާއިވެސް ގުޅޭނެހެން ތަން ފަރުމާ ކުރެވިފައިވާއިރު ސްކޫލް ކިޔަވާ ކުދިންނާއި ޒުވާނުންނަށާއި އަދި އެކިކަންމުގައި އައިސް އެސައިންމަންޓް ހަދާލަން ބޭނުންވާ ފަރާތްތަކަށްވެސް އިންޑޯ އަދި އައުޓްޑޯގައި ތިބެގެން ތަނުގެ ހިދުމަތް ލިބޭނެ އެވެ. މިގޮތުން ބެންޗްތަކާއި އަދި ހާއްސަ ހަޓް އޭރިއާއެއްވެސް ފޭސް ސެންޓަރު ތެރޭގައި ވަނީ ގާއިމްކޮށްފަ އެވެ.

ހުސެއިން ބުނިގޮތުގައި މިހާރު މަސައްކަތްކުރަމުންދަނީ ރަށު ސްކޫލްއާއި މަޝްވަރާކޮށްގެން ވަކި ޝެޑިއުލެއްގެ ދަށުން ސްކޫލް ކުދިންނަށް ފޮތް ކިޔާލަން އާދެވޭ ވަކި ގަޑިތަކެއް ހަމަޖެއްސުމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބީޗް އޭރިއާގައިވެސް ޕޯޓަބަލް ބުކް ޝެލްފްތައް ބެހެއްޓުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ފައިނުގައި ފޭސް ޖަމިއްޔާއިން ހުޅުވި ލައިބްރަރީގެ ހަޓް އޭރިއާ --ފޮޓޯ:ފޭސް
ފައިނުގައި ފޭސް ޖަމިއްޔާއިން ހުޅުވި ލައިބްރަރީގެ ހަޓް އޭރިއާ --ފޮޓޯ:ފޭސް

ފައިނުގައި ފޭސް ޖަމިއްޔާއިން ހުޅުވި ލައިބްރަރީގެ ހަޓް އޭރިއާ --ފޮޓޯ:ފޭސް

ފައިނުގެ ފެހިކަމާއި ހިތްގައިމުކަމަށް އިތުރުވި މި ލައިބްރަރީއަކީ ހަމަގައިމުވެސް ރަށުގެ ޅަ ޒުވާން ޖީލުގެ މުސްތަގުބަލަށްޓަކައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ފޮތް ކިޔުންތެރިންގެ ލޯތައް މި ރަށަށް އަމާޒުވާނެ ހާއްސަ ސަބަބެކެވެ. ރަށުގެ ކުރިއެރުމާއި ފާގަތިކަމަށް ލޯބިކުރާ ރައްޔިތުންތަކެއްގެ އަގުހުރި މަސައްކަތެކެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox