ގޭގައި ހުންނަވައިގެން ޔާމީން ވެސް އިދިކޮޅުން ބޭއްވި ހަރަކާތުގައި!

އިދިކޮޅުން މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އިދިކޮޅުން މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ފަނޑިޔާރު ގެޔަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު "އިންސާފު ކޮބާ؟" ގެ ނަމުގައި ހިނގާލުމުގައި ކުރީގެ ރައީސް އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންފި އެވެ.

އެ ހިނގާލުމުގައި އިދިކޮޅުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއިރު، ފުލުހުން ވަނީ ހިނގާލުން ވަކި ހިސާބަކުން ކުރިޔަށް ދިޔަ ނުދީ މަގު ބަންދުކޮށްފަ އެވެ.

މިއަދު ހަވީރު 4:00 ޖެހިއިރު ފެށި އެ ހިނގާލުމުގައި އިދިކޮޅުގެ އިސް ލީޑަރުންވެސް ބައިވެރިވެވަޑައިގަތްއިރު، ހިނގާލުން ފެށިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

އެ ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ރައީސް ޔާމީން ވަނީ ގެކޮޅުގައި ހުންނަވައިގެން، ޕީޕީއެމްގެ ދިދައަކާއެކު ހިނގާލުމުގެ ބައިވެރިންނާއެކު ޝުއޫރު ފާޅުކުރައްވާފަ އެވެ. ރައީސް ޔާމީން މިހާރު ދިރިއުޅުއްވާ ގެކޮޅުކަމުގައިވާ ހ. ދޫވެހި ހުންނަނީ ޕީޕީއެމް އޮފީސް ހުންނަ ބްލޮކްއާއި ޖެހިގެން ހުންނަ ބްލޮކްގެ ކަންމައްޗަށެވެ.

ސަރުކާރާ ދެކޮޅު އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި ދިދަތައް ހިފައިގެން އިދިކޮޅުގެ އެތަކެއް ސަތޭކަ ސަޕޯޓަރުން ބައިވެރިވިއިރު، އެ ހިނގާލުމަށް ފުލުހުން ފުރުސަތުދީފައިވަނީ ކާނިވާ ސަރަހައްދާ ހަމައަށެވެ.

އެ ހިސާބަށް އިދިކޮޅު ސަޕޯޓަރުން ދިޔައިރު، ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ އެ ހިނގާލުން އިތުރަށް ކުރިއަށް ދިޔަނުދީ ހުއްޓުވައިފަ އެވެ.

ހިނގާލުމުގެ ބައިވެރިންނާ އިދިކޮޅު އިސް ލީޑަރުންގެ ތެރެއިން ވާހަކަދެއްކެވި ބޭފުޅުންގެ ތެރެއިން އިދިކޮޅު ކޯލިޝަން މިވަގުތު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިމެނެ އެވެ.

އަބްދުއްރަހީމް ވަނީ ހިނގާލުމުގައި ބައިވެރިންނާ މެގަފޯނުން ވާހަކަދައްކަވަމުން ރައީސް ޔާމީން މިނިވަންކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ބޭރު ގައުމުތަކާއެކު ސިއްރު އެއްބަސްވުންތައް ނުހެދުމަށް ގޮވާލައި، އެފަދަ އެއްބަސްވުންތައް އުވާލުމަށް ގޮވާލައްވާފަ އެވެ.

އަދުރޭ
އަދުރޭ

މިއަދު ހަވީރު އިދިކޮޅުން ބޭއްވި ހަރަކާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އޭނާގެ އިތުރުން ދެން ވާހަކަދެއްކެވީ މަގުމަތީ ހަރަކާތްތަކުން މަދުން ފެންނަ، ރައީސް ޔާމީންގެ ދައުރުގައި ތިން ވަނަ ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު އެވެ. މިއީ ޖިހާދު މިފަހުން މަގުމަތީ ހަރަކާތަކުން ފެނުނު ފުރަތަމަ ފަހަރުކަމަށްވާއިރު އޭނާ ވެސް ވަނީ މިއަދު އޮތް ހިނގާލުމުގައި ބައިވެރިވެ، ސަރުކާރަށް ފާޑުވިދާޅުވި އެވެ.

ޖިހާދު ވަނީ އެމަނިކުފާނުގެ "ކަރަށް ސަރުކާރުން ހަންޖަރެއް ޖައްސާފައި" ހުރި ކަމަށާއި އެހެންވުމާއެކު، އެމަނިކުފާނު ދެން ފެނިވަޑައިގަންނަވާނީ މަގުމަތިން "އިންސާފު ހޯދުމަށް" ކަމަށް ހިނގާލުމުގެ ބައިވެރިންނާ މުހާތަބުކުރައްވާ ވިދާޅުވެފަ އެވެ. ޖިހާދު ވަނީ އެމަނިކުފާނާއި ދެކޮޅަށް ކ، ފުށިދިއްގަރު މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގައި ސަރުކާރަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިދިކޮޅު ލީޑަރުންގެ ވާހަކަތަކަށްފަހު ހިނގާލުމުގެ ބައިވެރިޔަކާ ފުލުހުންތަކެއް ވަކިން މުހާތަބުކުރުމުގެ ސަބަބުން، ހިނގާލުމުގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތައް ތަޅުވައި، އަޑުގަދަކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އިދިކޮޅު
އިދިކޮޅު

އިދިކޮޅު

ނަމަވެސް މާބޮޑު ހަމަނުޖެހުމެއް ނުހިނގައި، ހިނގާލުމުގެ ބައިވެރިން ވަނީ ހެންވޭރު ޕެޓްރޯލް ޝެޑް ކައިރީގައި އިހުތިޖާޖުކުރަމުން ގޮސް ކުޑަ ވަގުތުކޮޅަކަށް ކާނިވާ ސަރަހައްދަށްވެސް އެއްވެފަ އެވެ. އެއާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި މަގުމަތީގައި ހުރި ބެރިކޭޑްތައް ނަގައި، މަގު ހުޅުވާލާފަ އެވެ.

ހިނގާލުމުގެ ބައިވެރިން އަނެއްކާވެސް ކާނިވާ ސަރަހައްދުން މަގުމައްޗަށް ނިކުތުމުން ފުލުހުން ވަނީ އަނެއްކާވެސް މަގު ބަންދުކޮށްފަ އެވެ. އެހެންނަމަވެސް އިދިކޮޅު ލީޑަރުންގެ އިރުޝާދުގެ ދަށުން ހިނގާލުމުގެ ބައިވެރިން ކާނިވަލުން ނިކުތް ގޮތަށް ދެން މިސްރާބު އަނބުރާލީ އަނެއްކާވެސް ޕީޕީއެމް އޮފީހާ ދިމާލަށެވެ.

ހިނގާލުން ނިންމާލުމަށް ބައިވެރިން ޕީޕީއެމް އޮފީސް ދޮށަށް އެއްވި ވަގުތުކޮޅުގައި މިވަގުތު ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހިނގާލުމުގެ ބައިވެރިންނަށް ފެނިލައްވައި ހަނާ އަޅުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox