ގަތަރު ޓްރެއިނިން ކޭމްޕާއި ތައްޔާރީއާ މެދު އިންމަގެ އުއްމީދު ބޮޑު

ގައުމީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަންނަ މަހު މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ފުރިހަމަކުރަން ނިންމާފައިވާ ޓްރެއިނިން ކޭމްޕްގެ ސަބަބުން ގައުމީ ޓީމުގެ ތައްޔާރީތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ޓީމު ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެ ހުރި އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

ގައުމީ ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ޓްރެއިނިން ކޭމްޕަށް މިއަދު ނުފުރަ އެވެ. އޭނާ ހޯމް ކަރަންޓީނުގައި ހުރުމަށް ފަހު މި މަހު 18 ވަނަ ދުވަހު ކޮވިޑް ޓެސްޓެއް ކޮށް ނެގެޓިވްވެއްޖެނަމަ ޓީމާ ގުޅެން ފުރާނެ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން މިއަދު ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ހުރެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިންމަ ބުނީ މިދިޔަ މަހު 26 ވަނަ ދުވަހު ފެށިގެން މާލޭގައި ބޭއްވުނު ޓްރެއިނިންތައް ދިޔައީ ރަނގަޅަށް ކަމަށެވެ. ކޯޗު ސުޒޭނަށް ދިމާވި ކަންތައްތަކާ ހުރެ އޭނާ އަށް ނުދެވުނު ކަމުގައި ވިޔަސް ކަންކަން ރަނގަޅަށް ދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިންމަ ބުންޏެވެ.

"ވަރަށް ރަނގަޅަށް އަޅުގަނޑުމެން މާލޭގައި މިދިޔަ ދުވަސްތަކުގައި ޓްރެއިން ކުރަމުން މިދިޔައީ. ކޯޗާ (ސުޒޭންއާ) އެއްކޮށް. ދެން އެހެން ނަމަވެސް ކަންތައްތައް ދިމާވި ގޮތުން ކޯޗަށް މި ދަތުރުގައި ނުދެވޭތީ އަޅުގަނޑު ހަވާލުވެ މި ދަނީ. އިރާދަކުރެއްވިއްޔާ މާލެ އަންނައިރުގައި އެ ކޮޅުގައި އެންމެ ރަނގަޅަށް ތައްޔާރުވެގެން އަންނާނީ،" މީގެ ފަސް ވަރަކަށް އަހަރު ކުރިން ދެ ފަހަރެއްގެ މަތިން ހެޑް ކޯޗުގެ ޒިންމާ ނެގި އިންމަ ބުންޏެވެ.

އިންމަ ބުނީ ދަތި ކަންތައްތަކެއްގެ ތެރެއިން ގައުމީ ޓީމުގެ ތައްޔާރީތައް ކުރިއަށް ދިޔަ ނަމަވެސް ކޯޗިން ޓީމު އޮތީ ވަރަށް ސާބިތުކަންމަތީ ކަމަށެވެ. އަދި މާލޭގައި ހުރި ނަމަވެސް ޓީމުގެ ޓްރެއިނިންގެ ކަންކަން ސުޒޭނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

"ޓީމުގެ ފަހަތުގައި ތިބެގެން އެންމެން ދޭ އެއްބާރުލުމަކާ އެކު ކާމިޔާބު ދަތުރަކަށް ހެދޭނެ،" އިންމަ ބުންޏެވެ.

ގަތަރު ކޭމްޕަށް ސްކޮޑު ކުޑަކުރިއިރު، ޓީމުން ބާކީވީ މެދުތެރެއަށް ކުޅޭ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) އަދި އިމްރާން ނަޝީދު (އިންމަ)ގެ އިތުރުން ޑިފެންޑަސަށް ކުޅޭ މުހައްމަދު ސާއިފް އާއި މުހައްމަދު އަޖުފާން އެވެ.

ސާއިފް އާއި އަޖުފާނަށް އެކި ސަބަބުތަކާ ހުރެ ޓީމާ އެކު ކުރިއަށް ނުދެވޭތީ ޑިފެންޑަރެއް ޓީމަށް އިތުރު ކުރުމުގެ ގޮތުން ވަނީ ދަ ގްރާންޑޭ އަށް ކުޅޭ ގާސިމް ސައްމާމު ގެނެސް ޓީމު ލިސްޓުގައި ހިމަނައިފަ އެވެ.

"ސްކޮޑުގައި ޑިފެންޑަރުން ލައިގެން ބެލެންސް ކޮށްގެން ފެށީ. އެހެން ނަމަވެސް ކަންތައް ދިމާވި ގޮތުން ޑިފެންޑަރުން ބޭނުމެއް ނުކުރެވުނު އެއް ކުޅުންތެރިއަކު ބޭރުވީ އަނެއް ކުޅުންތެރިއަކު ކޮވިޑްގެ ކަންތައްތަކާ ހުރެ ނާދެވުނު. ޓީމު ބެލެންސްކުރަން ބެލިއިރު ޑިފެންޑަރުން މަދުވުމުގެ ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން މަޝްވަރާކޮށްފައި ޑިފެންޑަރެއް (ސައްމެ) ގެނައީ،" އިންމަ ބުންޏެވެ.

ގައުމީ ޓީމުން ގަތަރު ޓްރެއިނިން ކޭމްޕްގައި ތިން މެެޗެއް ކުޅެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އޭގެ ތެރެއިން އެއް މެޗު ކުޅެން މަސައްކަތް ކުރަނީ ލަންކާއާ ދެކޮޅަށެވެ. ލަންކާ ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދަނީ ގަތަރުގަ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ގައުމީ ޓީމު އެނބުރި އަންނާނީ މި މަހު 28 ވަނަ ދުވަހު އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox