މަޑުއްވަރީން ބޭނުންވަނީ ފުސްފަރުގައި އެއާޕޯޓު އަޅަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޑުއްވަރީ ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ: އެ އަތޮޅު އަލިފުށީގައި އަޅަން ސަރުކާރުން ނިންމި އެއާޕޯޓުގެ މައްސަލަ ވަނީ ބޮޑުވެފައި .-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޑުއްވަރީ ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ: އެ އަތޮޅު އަލިފުށީގައި އަޅަން ސަރުކާރުން ނިންމި އެއާޕޯޓުގެ މައްސަލަ ވަނީ ބޮޑުވެފައި .-- ފޮޓޯ: ރައީސް އޮފީސް

ރ. އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެ އަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓް އެޅުން ކަމަށް މަޑުއްވަރީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް މިއަދު ހުށަހަޅައިފި އެވެ.

ށ. އަތޮޅާއި ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުއްވަރީއަށް ރައީސް ސޯލިހު މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ކައުންސިލާ ބައްދަލުކޮށް ވަނީ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްފަ އެވެ. އެގޮތުން ގިނަ ކަންކަން އެ ރަށުން ވަނީ ރައީސަށް ހުށަހަޅަފަ އެވެ.

އެ ބައްދަލުވުމުގައި ރައީސަށް ހުށަހެޅި ހުށަހެޅުން މަޑުއްވަރީ ކައުންސިލުން މިރޭ ވަނީ "އަދަދު"އާ ވެސް ހިއްސާކޮށްފަ އެވެ.

އެގޮތުން, އެ ހުށެހެޅުމުގައިވާ ގޮތުން މަޑުއްވަރީ ރައްޔިތުން ބޭނުން ވަނީ ފަޅު ރަށެއް ކަމަށްވާ ފުސްފަރުގައި އެއާޕޯޓު އެޅުމެވެ. ނަމަވެސް, އެއީ ސަރުކާރުން މިހާރު ނިންމާފައިވާ އެ އަތޮޅު އަލިފުށީ އެއާޕޯޓް ބަދަލުގައެއް ނޫނެވެ.

މަޑުއްވަރީ ރައްޔިތުން ބޭނުން ވަނީ ފުސްފަރުގައި ވެސް އެއާޕޯޓެއް އޮތުމެވެ. ފުސްފަރަކީ ރ. އަތޮޅުގައި ހުރި ރިސޯޓްތައް މެދުގައި ކަހަލަ ގޮތަކަށް އޮންނަ ރަށެކެވެ.

އޭގެ ސަބަބަކީ އެ އަތޮޅަށް އެންމެ ފައިދާ ބޮޑީ ދެކުނު ބިތުގައި އެއާޕޯޓް އެޅުން ކަމަށްވުމެވެ. އަދި, އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް, އެ އެއާޕޯޓުން މަޑުއްވަރީއަށް ފަސޭހަ ނުވާ ކަމަށެވެ. މަޑުއްވަރީއަކީ އިފުރާ އެންމެ ދުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ.

"އެއާޕޯޓެއް ހިންގުމުގައި އެންމެ ފައިދާ ބޮޑުވާނީ ގިނަ އަދަދެއްގެ ފަތުރުވެރިން އެ މަންޒިލެއް ހިޔާރުކުރުމުން. ރ.އަތޮޅުގެ ރިސޯޓްތަކާއި، އެ އަތޮޅު ދެކުނު ބިތުގެ ރައްޔިތުންގެ އުއްމީދު ގުޅިފައިވަނީ އެ އަތޮޅުގެ ދެކުނު ބިތުގައިވެސް އެއާޕޯޓެއް ތަރައްގީކޮށްގެން." ކައުންސިލުން ބުނެ އެވެ.

އަލިފުއްޓަކީ ރ. އަތޮޅުގެ އުތުރު ބިތުގައި އޮތް ރަށެކެވެ.

ރ. އަތޮޅަށް ދެ ވަނަ އެއާޕޯޓެއް ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމި އެވެ. ނަމަވެސް، އެއްވެސް ހިސާބެއްގައި އަލިފުށީގެ ނަން އައިސްފައެއް ނެތެވެ.

މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ. އަދި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން ވައުދުވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ މައްޗަށް ހިސާބު ޖަހާއިރު، އަލިފުށިން ފުރައިގެން، މިހާރު ވެސް އެ އަތޮޅުގައި އޮތް އިފުރު އެއާޕޯޓަށް 20 މިނެޓުގެ ދަތުރަކުން ދެވެ އެވެ. ނަމަވެސް އަތޮޅުގެ ދެކުނު ބިތުގައި ރަށްރަށުން ފުރައިގެން އިފުރަށް 20 މިނެޓުން އެއާޕޯޓަކަށް ނުދެވެ އެވެ. އެހެންވެ، އަތޮޅުގެ އެންމެ އުތުރުގައި، ވަކިން އޮތް އަލިފުށީގައި އެއާޕޯޓެއް ހެދިޔަސް، ސަރުކާރުގެ ސިޔާސަތުގެ މިންގަނޑަށް ނުފެތޭނެ އެވެ.

އެއާޕޯޓުގެ އިތުރުން އެ ރަށުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެނީ އެ ރަށު ސްކޫލަށް ދިމާވެފާއިވާ ޕްރިންސިޕްލެއް ނެތުމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް އެދިފަ އެވެ. އަދި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކޮށްދިނުމަށައި ފުޓުބޯޅަ ދަނޑެއްގެ އިތުރުން ޒުވާނުންގެ މަރުކަޒެއް ރައްޔިތުން ބޭނުންވާތީ އެކަންވެސް ރައީސަށް ހުށަހަޅަފައިވާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޒަމާނީ ހޮސްޕިޓަލެއް ގާއިމް ކުރުމަށައި އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް ޕްލެޓް އެޅުމަށްވެސް ރައީސަށް ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ.

އަދި އެ ރަށުގެ އިހުތިސޯސްގެ ތެރޭގައި ރ. އުފުލަންދޫ ހިމަނައިދިނުމަށައި ބަނދަރު މަރާމާތު ކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ. ބިން ހިއްކައިގެން އިންޖީނުގެ އެއް އަޅާ މިހާރު ހުރި ކުނިކޮށި އެހެން ތަނަކަށް ބަދަލު ކުރުމަށްވެސް އެ ރަށުން ވަނީ ރައީސަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox