މާޅޮހުގެ އެކުވެރިޔާގެ މަރުން ރަށަށް މޮޅިވެރިކަން

ދާނުގެ ދެ ފޮޓޯ އެއްކޮށްގެން ހަދާފައިވާ ފޮޓޯއެއް: ދާނުއަކީ ވަރަށް ހީވާގި، މަސައްކަތްތެރި އަދި މާޅޮހު މީހުންނާ ވަރަށް ރަހުމަތްތެރި މީހެއް -- ފޮޓޯ:

ދާނުގެ ދެ ފޮޓޯ އެއްކޮށްގެން ހަދާފައިވާ ފޮޓޯއެއް: ދާނުއަކީ ވަރަށް ހީވާގި، މަސައްކަތްތެރި އަދި މާޅޮހު މީހުންނާ ވަރަށް ރަހުމަތްތެރި މީހެއް -- ފޮޓޯ:

ބައެއް މީހުންނަކީ އާންމު ދިރިއުޅުމުގައި އަވަދިނެތި އުޅޭއިރު ވެސް އެމީހުންގެ މޫނުމަތިން އުޖާލާކަން ފެންނަ މީހުންނެވެ. ބައެއް މީހުންގެ މިޒާޖު ހުންނަ ގޮތުން ހުރިހާ އެންމެނާ ވާހަކަ ދެކެވި، ރަށުގެ އެންމެންނާ އޮންނަނީ ރަހުމަތްތެރިކަން އުފެދިފަ އެވެ. އާދަމް އަބްދުއްރަހީމް ނުވަތަ ބ. މާޅޮހު މީހުން ދަންނަ ނަމުން ނަމަ ދާނުއަކީ އެފަދަ މީހެކެވެ.

ފީނަން އުޅުމުގެ ތެރޭގައި، ހިބަރެއްގެ ތުންގަނޑު ހެރި ދާނު އިއްޔެ މަރުވުމުން، މާޅޮސް ދިޔައީ ޝޮކަކަށެވެ. އެ ދުވަހު ހެނދުނު ވެސް ކިތަންމެ މީހަކާ ދާނުއާ ބައްދަލުވި އެވެ. ވަރަށް ގިނަ މީހުންނާ އޭނާ ވާހަކަ ދެއްކި އެވެ. އެއީ ދާނުއާ ދިމާވާނެ އެންމެ ފަހު ފަހަރު ކަމަށް އެކަކުގެ ހިތަކަށް ވެސް އޭރަކު ނާރަ އެވެ.

"ރަށުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހުއްޓިފައި ހުރީ. މުޅި ރަށަށް ހަމަހިމޭންކަން ވެރިވެފައި އޮތީ. އެންމެންގެ ހަރަކާތްތައް ވެސް މަޑުމޮޅިވެފައި ތިބީ،" މާޅޮހުގެ މާހައުލު އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފިރާގް ސިފަކޮށްދެއްވި އެވެ.

މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ޑައިވް ސެންޓަރެއް ހިންގުމަށް މާޅޮހަށް ދިރިއުޅުން ބަދަލު ކުރި ކ. މާލެ އަށް އުފަން ދާނު އަތަކު މާ ބޮޑު ތަނަވަސްކަމެއް ނެތެވެ. އެކަމަކު މިއަދު "މޯލްޑައިވާސް ޑައިވިން ސެންޓާ" އަކީ ފައިދާވާ ވިޔަފާރިއެކެވެ. ރާއްޖޭގެ އިތުރުން މާޅޮހަށް އަންނަ ފަތުރުވެރިންގެ އިތުބާރު ވެސް ހޯދާފައިވާ މަގްބޫލު ވިޔަފާރިއެކެވެ. އަދި މާޅޮހުން ބިމެއް ކުއްޔަށް ނަގައިގެން ކުޑަ ގޮތަކަށް ފެށި ވިޔަފާރި މިއަދު އެ ހިންގަނީ އަމިއްލަ ބިމެއްގެ އެވެ.

"ވަރަށް ފަހުން ދާނުމެން އެ ބިން ގަތީ. ވަރަށް މަސައްކަތްތެރި މީހެއް އެއީ. ޑައިވެއް ނެތަސް އަބަދުވެސް އުޅޭނީ ތަނެއް މަރާމާތު ކުރުން ނޫނީ ކޮންމެވެސް ކަހަލަ މަސައްކަތެއްގައި. އޭނާ ކުރާ ކަމެއްގައި ވަރަށް ފަރުވާތެރިވާނެ. ކާމިޔާބީގެ ސިއްރަކީ އެއީ،" ފިރާގް އޭނާގެ ރަހުމަތްތެރިޔާ ސިފަކޮށްދިނެވެ.

އަމިއްލަ ވިޔަފާރީގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ދާނު ދެކުނީ މާޅޮހުގެ ކުރިއެރުމަށް ވެސް އޭނާ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ރަށުގައި އެއްވެސް ކަހަލަ ހަރަކާތެއް ހިންގާ ނަމަ ދާނުގެ އެހީތެރިކަން އަބަދު ވެސް އޭނާ ދިޔައީ ދެމުންނެވެ.

"އަޅުގަނޑުމެން ދޭތެރެއަކުން ރަށުގެ ހައުސް ރީފް ސާފުކޮށް ހަދާނެ. މިއީ ވެސް އެ މަސައްކަތް ކުރާ ދުވަސްކޮޅެއް. އެކަމުގައި ވެސް ދާނު ވަރަށް އިސްކޮށް ހަރަކާތްތެރިވި. އަދި މިފަހުން ބޭއްވި ދިގު ފެތުމުގެ މުބާރާތަކަށް ވެސް ޑައިވް ސެންޓަރުން ދެވެން ހުރި ހަމަ ހުރިހާ ސާމާނެއް ދިން،" ކައުންސިލަރު ކިޔައިދިނެވެ.

ދާނުއާމެދު ފިރާގް ބުނި ހެޔޮ ބަސްތަކަށް ބާރު ލިބެނީ އޭނާގެ ހިދުމަތް ލިބިފައިވާ ފަރާތްތަކެވެ. ޓްރިޕް އެޑްވައިޒާގައި މޯލްޑައިވާސް އަށް ފަތުރުވެރިން ދީފައިވާ ރިވިއުތަކަށް އެކަނި ބަލައިލި ނަމަވެސް ދާނުގެ މަސައްކަތުގެ އަހުލާގާއި ހުނަރާއި ހިތްހެޔޮކަން ހާމަވެ އެވެ. އަދި ފަތުރުވެރިންގެ ހިތުގައި އޭނާއަށް ދޭ މަގާމު ވެސް އެނގިގެންދެ އެވެ.

"ދާނުއަކީ އޭނާގެ މަސައްކަތުގެ އިލްމު ވަރަށް މޮޅަށް އެނގޭ މީހެއް. ފީނުމަށް ދާނުގެ ހިތުގައި އޮތް ލޯބި އަދި ފީނުމުގެ ތެރޭގައި އޭނާއަށް ފެނިފައިވާ ރީތި މަންޒަރުތަކުގެ ވާހަކަ އަޑު އެހުމަކީ އުފަލެއް،" މީގެ ދެ އަހަރު ކުރިން މާޅޮހުގައި ޕަޑީ އެޑްވާންސް ޑައިވް ކޯހެއް ފުރިހަމަ ކުރި ކެމީލާ ޑީލިއޯން ޓްރިޕް އެޑްވައިޒަރުގައި ލިޔެފައިވެ އެވެ.

ދާނު އާއި އޭނާގެ މުވައްޒަފުންގެ ހިދުމަތާއި މަސައްކަތް ހުންނަނީ ބައެއް ފަތުރުވެރިން އުއްމީދު ކުރާ ލެވެލްއަށްވުރެ ވެސް މަތީގަ އެވެ.

"އަހަރުމެންނަށް މާޅޮހުގެ މި ރީތި މާހައުލުގައި، ޑައިވް އިންސްޓްރަކްޓަރު ދާނު އާއި އޭނާގެ ޒުވާން، އަދި އޭނާގެ އެހީތެރި މުވައްޒަފުން ވަނީ ވަރަށް ގާތުން އަހަރުމެންނަށް ހިދުމަތް ދީފައި. ހިދުމަތުގެ ފެންވަރު އަހަރުމެން އުއްމީދު ކުރިވަރަށް ވުރެ ވެސް މާ ރަނގަޅު،" އަޖްމަލް ހާމިދު އޭނާގެ ތަޖުރިބާ ލިޔެފައިވެ އެވެ.

އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދާނު ކިބައިން ފެނުނީ އެ މަސައްކަތާއި ހިދުމަތްތެރިކަމެވެ. އިއްޔެ ހެނދުނު އެންމެ ފުރަތަމަ އޭނާ ދިޔައީ ޑައިވް ކުރާށެވެ. ލޯންޗެއް ގޮތަށް ހަދާފައި އޮތް ކުޑަ ޑިންގީއެއްގައި އެސިސްޓަންޓަކާއި ފަތުރުވެރިއަކާއި ފަޅުވެރިންނާއެކު ދާނު ދިޔައީ މާޅޮހާ ތިން ކިލޯމީޓަރެއްހާ ދުރުގަ އޮންނަ ދަރަވަންދޫ ކައިރިއަށެވެ. އެ ޑައިވް ނިންމާފައި ރަށަށް އައި މަގުމަތީ ދާނުގެ ލޮލުގައި އަޅައިގަތީ ކޯމަސް އައިނެކެވެ.

"ދާނުއާ ޑައިވް ސެންޓަރު އިތުރު މީހަކާ ފަތުރުވެރިޔަކާ މޫދަށް ފޭބީ. ދާނު ހުރީ ގޯ ޕްރޯ ކެމެރާއެއް ހިފައިގެން. އޭނާ ބޭނުންވީ ކޯމަސްތައް ކައިރިން ވީޑިއޯކޮށްލަން. ޑިންގީގައި ތިބި އިރު ވެސް ފެނުނު ހިބަރު ޖެހިތަން. އެވަގުތު ދާނު ވެސް ހަޅޭއްލަވައިގަތް. އެކަމަކު އެކަނި ފަތާފަ ޑިންގީއާ ހަމައަށް ވެސް ދިޔައީ،"

ރަހުމަތްތެރިޔާގެ އެންމެ ފަހު ވަގުތުކޮޅު، އޭނާއަށް އެނގިފައިވާ ގޮތަށް ކުރިން ވާހަކަ ދެއްކި ފިރާގް ސިފަކޮށްދިނެވެ.

ހިބަރަކީ ވަރަށް ބޮޑު އަދި ބިޔަ މަހެކެވެ. އެއިން އެއްޗެއް ބޮޑުވުމުން ގާތްގަނޑަކަށް 15 ފޫޓު ހުރެ އެވެ. އަދި 650 ކިލޯއާ ހަމައަށް ބަރުވެ އެވެ. ހިބަރުގެ އެންމެ ހާއްސަ ސިފަ ކަމަށްވާ އޭގެ ތުންގަނޑުގައި ފަސް ފޫޓުވަރު ހުރެ އެވެ. ހިބަރަކީ އިންސާނުންނަށް ހަމަލާދޭ އެއްޗެއް ނޫނެވެ. އަދި ދާނުއަށް ދިމާވި ފަދަ ހާދިސާތައް މުޅި ދުނިޔޭގައި ވެސް ރިޕޯޓްކޮށްފައި ވަނީ ވަރަށް މަދުންނެވެ.

ހިބަރުގެ ހަމަލައަށްފަހު، ޑިންގީއަށް ދާނު ނެގުމަށްފަހު ބަދަލު ކުރީ އެ ވަގުތު އެ ހިސާބުގައި އޮތް ލޯންޗަކަށެވެ. އޭގައި ދިޔަ ގޮތަށް ދާނު ގެންދިޔައީ އޭދަފުއްޓަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެނައި އިރު ވެސް ދާނުގެ ހަށިގަނޑުގައި ފުރާނަ ނެތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި ދާނު ނިޔާވީ 10 މިނެޓުގެ އެ ކުރު ދަތުރުގައި، ކަނޑުމަތީގަ އެވެ.

"ޑައިވިން ސޫޓު ފޫ އަޅުވާލާފައި ތުންގަނޑު ވަދެފައި ހުރީ. ހިތައް ކަމަށް ވަނީ ތުންގަނޑު ހެރުނީ. ދާނު ވަކިވެގެން ދިޔުން އެއީ މުޅި ރަށަށް ވެސް ލިބުނު ހިތާމައެއް. އަދި އޭގެ ގެއްލުން ވެސް މިރަށަށް ކުރާނެ. އެއީ ދާނުގެ މަސައްކަތުގެ ސަބަބުން ވެސް މި ރަށަށް ހަގީގަތުގައި ވަރަށް ފައިދާވި،" ނިންމާލަމުން ފިރާގް ބުންޏެވެ.

ދާނުގެ ހުރިހާ ވެސް އުފަލަކީ ކަނޑާއި އެ ކަނޑުތަކުގެ ދިރުންތަކެވެ. އޭނާ އެންމެ ފަހު ވަގުތު ވެސް ހޭދައެކުރީ، އެ ރީތި މަންޒަރުތައް ދެކޭށޭވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox