މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުން ނިންމައިފި

މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުން ނިންމައިފި

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބުގައި މިވަގުތު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ބައިވެރިވެވޭނެ ކަމަށް އެ ޕާޓީން އެންމެފަހުން ނިންމައިފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ އެމްޑީޕީގައި އުފެދޭ މިފަދަ ކަންކަމުގައި އެންމެފަހު ބަސް ބުނާ, އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ދާދި ދެންމެއަކު އެވެ.

އެ މަޖިލީހަށް އާ މެންބަރުން މިފަހުން އިންތިހާބުކޮށްފައިވާއިރު, މިއީ އެ މަޖިލީހުގެ ފުރަތަމަ ނިންމުމެވެ.

އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަކިން ކެންޑިޑޭޓުން ނެރުއްވި އެވެ. ގައުމީ މަޖިލީހުގައި ބޭއްވި އިންތިހާބުގެ ނުވަ ގޮނޑި ވެސް ކާމިޔާބުކުރީ ރައީސް ސޯލިހުގެ ކެންޑިޑޭޓުންނެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ، އެޝަރުތަކަށެވެ.

ނަމަވެސް، ގައުމީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައި، ބައެއް ކެންޑިޑޭޓުން ފޯމް ވެސް ހުށަހެޅި ފަހުން ގައުމީ ހިންގާ ކޮމެޓީން ވަނީ އާ ޝަރުތަކެއް މަތިކޮށް އެކަން ފާސްކޮށްފަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވާދަ ނުކުރެވުމެވެ.

އެ ޝަރުތުގެ މަތިން މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިިއިރު، މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަހުލޫފު ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ނަމަވެސް، އެމްޑީޕީގެ ނިންމުން މަހުލޫފް ބަލައެއްނުގަނެވެ. އެހެންވެ، އެ މައްސަލަ ރިވިއުކޮށްދޭން އެމްޑީޕީގެ ޝަކުވާ ކޮމިޓީއަށް ހުށަހަޅުއްވި އެވެ. މަހުލޫފު ދެކަވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ ހިލާފު ނިންމުމެކެވެ. ނަމަވެސް, އެ ކޮމިޓީން ވެސް ނިންމީ މަހުލޫފާ ދެކޮޅަށެވެ. އެހެންވެ, އެ ޝަކުވާ އިލެކްޝަން ކޮމިޝަނާ ހަމައަށް މަހުލޫފް ގެންދެވި އެވެ.

އެ ޝަކުވާއާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ އިންތިހާބުތަކެއް ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސިޓީގައި ބުނި ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެންބަރުކަން ފިޔަވައި އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ، އެފަދަ ޝަރުތުތަކެއް ކަނޑައެޅޭނީ އަސާސީ ގަވައިދަށް ގެނެވޭ އިސްލާހަކުން ނުވަތަ އެ ގަވައިދުން ބާރުލިބިގެން ހަދާ ގަވައިދަކުން ކަމަށެވެ.

އެ ނޫން ގޮތަކަށް ކެންޑިޑޭޓެއްގެ ޝަރުތުތައް ކަނޑައެޅުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ އިޖުރާއަތްތަކާ ހިލާފުކަން އިލެކްޝަން ކޮމިޝަނުގެ ސިޓީގައި އެމްޑީޕީއަށް ވަނީ ސާފުކޮށްދީފަ އެވެ.

މަހުލޫފްގެ މައްސަލަ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ބަލަން ނިންމީ އިލެކްޝަން ކޮމިޝަނުން އެގޮތަށް އަންގާފައި އޮއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox