ކުޅުންތެރިން ޓެސްކުރާއިރު ނަތީޖާ އަށް ވެސް ބަލަންޖެހޭ: ސޮބާ

Sep 8, 2021, 7:25 AM
މާލޭގައި ބޭއްވި ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ސޮބާ.-- ފޮޓޯ: އެފްއޭއެމް

މާލޭގައި ބޭއްވި ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ސޮބާ.-- ފޮޓޯ: އެފްއޭއެމް

ގައުމީ 23 އަހަރުން ދަށުގެ ޓީމުން މިހާރު ޅ އަތޮޅުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުން އަންނައިރު، މިހާތަނަށް ކުޅުނު ތިން މެޗުގައި ޖުމްލަކޮށް ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިން ޓެސްޓް ކުރަން މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޭގެ ނަތީޖާ އަށް އުއްމީދުކުރާ ކަމަށް ޒުވާން ގައުމީ ޓީމުގެ އެސިސްޓަންޓަކަށް ހުރި ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

ޖުމްލަ ހަ މެޗެއް ޅ އަތޮޅު ކޭމްޕްގައި ގައުމީ ޓީމުން ކުޅޭނެ އެވެ. އޭގެ ތެރެއިން ނައިފަރު ޓާފް ސްޓޭޑިއަމްގައި ކުޅޭ ތިން މެޗު ވަނީ ނިމިފަ އެވެ. ފުރަތަމަ މެޗުގައި ޅ. ނައިފަރާއި ދެކޮޅަށް އަދި ދެ ވަނަ މެޗުގައި ނ. ހޮޅުދޫއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އިއްޔެ، ނ. ކުޑަފަރީ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ޒުވާން ޓީމު މޮޅުވީ 8-3 އިންނެވެ.

ފުރަތަމަ ތިން މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ސޮބާ، މިއަދު "އަދަދު" އަށް ބުނީ ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގެ ޓްރެއިނިން ކޭމްޕް ގެންދަނީ ވެސް ފަރިތަކުރުން ފަށައިގެން އޭގެ އެއްބައިގެ ގޮތުގައި ކަމަށެވެ. އެ ގޮތުން މާލޭގައި ސިލެކްޝަނެއް ކުރިއަށް ގެންގޮސް ތިން ޕްރެކްޓިސް ކުުރުމަށް ފަހު ޅ. އަތޮޅު ކޭމްޕަށް އައީ ޓްރެއިނިން ފަށައިގެން މާގިނަ ދުވަހެއް ނުވެ، ޓީމު އެކުލަވާލުމުގެ މަސައްކަތަށް ކޭމްޕްގެ މެޗުތައް ބޭނުންކުރަން ކަމަށް ސޮބާ ވަނީ ފާހަގަކޮށްފަ އެވެ.

"ފުރަތަމަ ދެ މެޗުގައި ސްކޮޑުގައި މިތިބި 30 ކުޅުންތެރިން ބޭނުން ކޮށް ރޮޓޭޓްކުރެވޭތޯ ބެލީ. ނޫނީ މެޗު މާހައުލުގައި ޓެސްޓް ކުރެވޭނެ ގޮތްތަކެއް ބަލައިގެން ރޭވުމެއްގެ ތެރެއިން ދިޔައީ. އެއީ ކޮންމެ ގޮތެއް ވިޔަސް ކޮންމެ ދުވަހެއްގައި މެޗު ކުޅޭއިރު އެއް 11 ކުޅުންތެރިންނެއް ނޭރުވޭނެ. ފިޒިކަލީ އެ ވަރުގެ ބުރައެއް ދިނުމަށް ވުރެ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދެވޭތޯ މަަސައްކަތްކުރީ. އެކަން ކުރެވުނު،" ސޮބާ ބުންޏެވެ.

"އެކަމަކު ހަމައެކަނި ޗާންސް ދީގެން ވެސް މީގެ ފަރުޖައްސާލެވެން ނެތް. އެބަޖެހޭ ކުޅުންތެރިންނަށް އެދޭ ފުރުސަތުތަކުގެ ނަތީޖާ ވެސް ފެންނަން. އެއީ ގައުމީ ޓީމަށް ކުޅުމަކީ އެހާ ފަސޭހަކަމެއް ގޮތުގައި ދެކިގެން ނުވާނެ. ގައުމީ ޓީމަށް ކުޅެލަން ލިބޭ އެންމެ މިނިޓެއް ވިޔަސް އެބަޖެހޭ 200 ޕަސެންޓް ކޮމިޓްމަންޓް ދޭން. ގައުމީ ކަމެއް މިއީ،"

ސޮބާ ބުނީ ފުރަތަމަ ދެ މެޗުގައި ހިނގާދިޔަ ކަންކަމަށް ބަލައި އިއްޔެ ކުޑަފަރިއާ ދެކޮޅަށް ކުޅެން ނުކުތީ ނަތީޖާ ނެރުން ވެސް އެއީ މިހާރު މި އޮތް ހިސާބުން މުހިއްމު ކަމެއް ކަމަށް ދެކިގެން ކަމަށެވެ. އިއްޔެ ޒުވާން ގައުމީ ޓީމުން ވާދަކުރި ކުޑަފަރި ޓީމަކީ ހަމައެކަނި އެ ރަށަށް ނިސްބަތްވާ ޓީމެއް ނޫން ކަމަށާއި ނ. އަތޮޅުގެ ދެތިން ރަށެއްގެ ކުޅުންތެރިންނާ އެއްކޮށް އޮތް ޓީމެއް ކަން ސޮބާ ވަނީ ފާހަގަކޮށްފަ އެވެ.

"ހަގީގަތުގައި މީގެ އެބަތިބި މި ވަގުތު ވެސް ސީނިއާ ޓީމަށް އަރާނެ ފެންވަރުގެ ފޯކަސް ބަހައްޓައިގެން މޮޅަށް ކުޅޭނެ ކުޅުންތެރިން. އެ ކުޅުންތެރިންނަށް އިއްޔެގެ މެޗުގެ ކުރިން ވިސްނައިިދިނިން ޕްރެކްޓިސް މެޗެއް ވިޔަސް ލީޑުކޮށްގެން މި ހިސާބުން ހުރިހާ ކަމެއް ރަނގަޅަށް ގެންދަން، އެ ވިސްނުމަށް ބަލާއިރު ރަނގަޅު ފެށުމެއް އެއީ،" ސޮބާ ބުންޏެވެ.

ޓްރެއިނިން ކޭމްޕުން ފާހަގަކުރެވޭ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ސޮބާ ވަނީ މީގެ ކުރިން ބުނެފަ އެވެ. ސޮބާ ބުނީ އެ ގޮތަށް ފާހަގަކުރެވޭ ކުޅުންތެރިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ޓްރެއިނިން ކޭމްޕަށް ފަހު ސްކޮޑުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ.

"ހަމައެކަނި ގައުމީ ޓީމުގައި ހިމެނުމެއް ނޫން މި އޮތީ. ޓާގެޓަށް ދާން މަގާމަށް ފައިޓްކުރަން ވެސް ޖެހޭނެ. އެހެން މަަސައްކަތް ކޮށްގެން ވަރަށް ރަނގަޅު ޓީމެއް ހެދެން އޮތީ. އެންމެ ރަނގަޅަށް މަސައްކަތް ކުރާ ޓީމެއް ލައިގެން. އެކަން ކުރެވޭނެ،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ގައުމީ ޒުވާން ޓީމު ލީޑުކުރަން ހުރި ކުޅުންތެރިންނަށް ބަލާއިރު، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ޖައިލަމް (އޮގީ)، އަހުޝަމް މޫސާ (ތިއްތޭ)، ޒައިން ޒަފަރު އަދި ހުސެއިން ފައިސަލް (ފައިޓޯ) ފަދަ ކުޅުންތެރިންނަށް ސީނިއާ ލެވަލްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިދާނެ ކަމަށެވެ. މި ވަގުތު ސީނިއާ ޓީމުން ޒުވާން ޓީމަށް އަންނަން ތިބި ކުޅުންތެރިންނަށް ބަލާއިރު، ހަސަން ނަޒީމް (ޗޯޓު)، ކީޕަރު ނާޖިހު އަލީ (ނާޖީ) އާއި ހައިޝަމް ހަސަން (ބިޑި) ހިމެނެ އެވެ.

ޒުވާން ގައުމީ ޓީމު ވަރުގަަދަ ކުރަން ޓީމުގެ ހުރިހާ މަގާމެއްގައި ވެސް ތަފާތު ދައްކާ ނަމަ ސޮބާގެ ނަޒަރުގައި އަދިވެސް ވަރުގަދަ ކުޅުންތެރިންތަކެއް ބޭނުން ވެ އެވެ. އެއީ ބެންޗުން ވެސް އަރަން ޖެހޭނީ ރަނގަޅު ލެވަލްގެ ކުޅުންތެރިން ކަމަށްވާތީ އެވެ.

"އެއީ ބޮޑު ޓާގެޓެއްގައި މަސައްކަތް ކުރެވޭނީ ރަނގަޅު ބެންޗެއް ވެސް އޮވެގެން. އަދި ރަނގަޅު ލެވަލްގެ ފަސް ވަރަކަށް ކުޅުންތެރިން އެބަ ބޭނުންވޭ،" ސޮބާ ބުންޏެވެ.

ސޮބާ ވަނީ ފުރަތަމަ ތިން މެޗު ކުޅުނު ނައިފަރުގައި ހޭދަވި މުއްދަތުގެ ތެރޭގައި އެ ރަށުގެ ފަރާތުން ދޭ ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ނައިފަރުން މި ފަހަރު ފެނުނު މަންޒަރުތަކަށް ބަލާއިރު، ކްލަބެއް ވެސް އެ ރަށަށް ގޮސް ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްލެވޭނެ ފެންވަރު އެބަހުރިކަން ސޮބާ ވަނީ ފާހަގަކޮށްފަ އެވެ.

މިއަދަކީ ޒުވާން ގައުމީ ޓީމުގެ ރިކަވަރީ ދުވަހެކެވެ. ޓްރެއިނިން ކޭމްޕްގައި ބާކީ އޮތް ތިން މެޗު ފަށާނީ މާދަމާ އެވެ. ފުރަތަަމަ މެޗުގައި މާދަމާ ހަވީރު ޅ.ހިންނަވަރު ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭނެ އެވެ. އެ އަށް ފަހު ދެން އޮތް ދެ ދުވަހު ކުޅޭނީ ރ. މީދޫ އާއި ޅ. ކުރެންދޫއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox