ބަކާ އާއި އިރޭ ނުހިމަނައި ގަތަރު ކޭމްޕަށް ސްކޮޑު ފައިނަލްކޮށްފި

ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު އިރުފާން - އިރޭ (ކ) އާއި މުހައްމަދު އާރިފް - ބަކާ (ވ): ދެ ކުޅުންތެރިންނަށް ވެސް ގައުމީ ޓީމުގެ ޖާގަ ވަނީ ގެއްލިފައި.-- ފޮޓޯ: އެފްއޭއެމް

ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު އިރުފާން - އިރޭ (ކ) އާއި މުހައްމަދު އާރިފް - ބަކާ (ވ): ދެ ކުޅުންތެރިންނަށް ވެސް ގައުމީ ޓީމުގެ ޖާގަ ވަނީ ގެއްލިފައި.-- ފޮޓޯ: އެފްއޭއެމް

އަންނަ މަހު ކުޅޭ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ޓީމުގެ ސްކޮޑު 30 ކުޅުންތެރިންނަށް މަދުކުރިއިރު، ރާއްޖޭން އެންމެ ފަހުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) މި ފަހަރުގެ ޓީމުން ބާކީވެއްޖެ އެވެ.

ބަކާ, 36 އާއި އިރޭ، 27، ގެ އިތުރުން ދެން ޓީމުން ބާކީވީ ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. މީގެ ތެރެއިން އިންމަ ވަކިވީ އާއިލީ ކަމެއްގައި ޓީމަށް އެންގުމަށް ފަހު އެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން ފަހު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ބަކާ މި ފަހަރުގެ ސްކޮޑުގައި ނެތުމާ ބެހޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ މެދުތެރެއަށް ކުޅޭ ކުޅުންތެރިން އިވަލުއޭޓް ކުރުމަށް ފަހު ކޯޗިން ޓީމުން ނިންމި ނިންމުމަކީ މެދުތެރެއަށް ކުޅޭ އެހެން ކުޅުންތެރިންނާ އެކު މި ވަގުތު ކުރިއަށް ދިއުމަށް ކަމަށެވެ.

ބަކާ ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނިފަ އެވެ. ބަކާ އަށް 2018 ވަނަ އަަހަރު ގައުމީ ޓީމުން ފުރުސަތު ދިނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެއީ ގައުމީ ކޯޗު ކަމާ ޕީޓަ ސެގާޓް ހަވާލުވުމަށް ފަހު އެވެ. އެކަމަކު، ސެގާޓް ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ނެގި ސްކޮޑުން ބަކާ ބާކީކޮށްފަ އެވެ. ބަކާ އަލުން އަނެއްކާ ވެސް ގައުމީ ޓީމުން ފުރުސަތު ދިނީ އެންމެ ފަހުން ޓީމާ ހަވާލުވެހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ.

މާޒިޔާގެ ވައިސް ކެޕްޓަން އިރޭ އަކީ 2014 ވަނަ އަހަރުން ފެށިގެން ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. ދާދި ފަހުން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ބަޝުންދަރާ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން އަށް އިރޭ ކުޅުނީ ޑިފެންޑަރަކަށެވެ. ފަހު މެޗުގައި ބެންގަލޫރާ ދެކޮޅަށް އިރޭ އިނީ ބެންޗުގަ އެވެ.

ގައުމީ ސްކޮޑުން ދެން ފުރުސަތު ގެއްލުނު އިމްރާން (ކ)، އަޖުފާން (މ) އަދި ސާއިފް.-- ފޮޓޯ: އެފްއޭއެމް

އާންމު ގޮތެއްގައި މިޑްފީލްޑަރަކަށް ކުޅޭ އިރޭ، އޭއެފްސީ ކަޕް މެޗުތަކުގައި ފަހަތަށް ކުޅެން ޖެހުނީ އެ ޓީމުގެ އެއް ނަމްބަރު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުރުމުންނެވެ. ސަމުއްޓޭ މިހާރު އަންނަނީ އަނިޔާއިން ރަނގަޅުވެ، މަޑުމަޑުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޓްރެއިނިން ކޭމްޕަށް ދާ ސްކޮޑުން އިރޭ އަށް ފުރުސަތު ނުދިނީ ދާދި ފަހުން ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ލިބުނު އަނިޔާއެއްގެ ސަބަބުން ކަން އެނގިފައިވެ އެވެ. މާޒިޔާ އިން އޭއެފްސީ ކަޕަށް ތައްޔާރުވާން ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިރޭގެ ކުޑަހުޅަށް އަނިޔާވެގެން ޕްރެކްޓިސް މެޗުތަކެއް ގެއްލުނު ނަމަވެސް އޭނާ ވަނީ އަލުން ފިޓްވެގެން އޭއެފްސީ ކަޕް މެޗުތަކުގައި ކުޅެފަ އެވެ. އަލުން ގައުމީ ޓީމުގެ ޕްރެކްޓިހުގައި އަނިޔާވުމުން އޭނާ ސްކޮޑުން ބާކީކުރީ އެވެ.

އަޖުފާން އާއި ސާއިފް ޓްރެއިނިން ކޭމްޕަށް ދާ ސްކޮޑަށް ނުނެގީ އެކަށީގެންވާ ވަރަށް ޕްރެކްޓިހުގައި ބައިވެރިވެފައި ނުވާތީކަން އެނގިފައިވެ އެވެ. ދެ ޑިފެންޑަރުން ޓީމުން ބާކީވިއިރު، ޕްރިލިމިނަރީ ސްކޮޑުގައި އެންމެ ފުރަތަމަ ނެތް ކުޅުންތެރިއަކު ވަނީ ގައުމީ ޓީމަށް ނަގައިފަ އެވެ. އެއީ ކުރިން މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު އަދި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އިން ފެނުނު ގާސިމް ސައްމާމު (ސައްމެ) އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މިދިޔަ މަހު 26 ވަނަ ދުވަހު ޕްރެކްޓިސް ފެށި ގައުމީ ޓީމުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރާނީ ހުކުރު ދުވަހު އެވެ. ގަތަރުގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދާއިރު، ޕްރެކްޓިސް މެޗުތަކެއް ކުޅެން ވަނީ ރާވައިފަ އެވެ. ޓީމު އެނބުރި މާލެ އަންނަން މިހާރު ނިންމާފައި އޮތީ މި މަހު 28 ވަނަ ދުވަހު އެވެ.

ގަތަރު ޓްރެއިނިން ކޭމްޕް ނިންމާފައި އައުމަށް ފަހު މުބާރާތަށް ސްކޮޑް ފައިނަލްކުރާނެ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ސްކޮޑު

މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަހުމަދު އަބްދުﷲ (ލިލީ)

އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް)

ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު، އަލީ ހައިޝަމް (ޗުމްޕު)

ގްރީން ސްޓްރީޓްސް: ހަސަން ނަޒީމް (ޗޯޓު)

ޓީސީ: އަލީ ޝާމިސް (ތޮއްޕޭ)

ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ), ގާސިމް ސައްމާމު (ސައްމެ)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox