ރަށް ގިރުމުން މަސްވެރިންގެ ޝަކުވާއާ ހަމައަށް: ފޯކައިދުއިން ރައީސްގެ މުހިންމު މަޝްވަރާތަކެއް

ރަށް ގިރުމުން މަސްވެރިންގެ ޝަކުވާއާ ހަމައަށް: ފޯކައިދުއިން ރައީސްގެ މުހިންމު މަޝްވަރާތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ފޯކައިދުއަށް ވަޑައިގެން އެ ރަށަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ.

ރައީސް ސޯލިހު އިއްޔެ ފޯކައިދުއަށް ވަޑައިގަތީ އެމަނިކުފާނު ށ. އަތޮޅާއި ރ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅުގައި އެ އަތޮޅު ފުނަދޫ އަދި ޅައިމަގަށް އިއްޔެ ރައީސް ސޯލިހު ޒިޔާރަތްކުރެއްވި އެވެ.

ފޯކައިދުއަށްފަހު ދެން ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާއުނގޫދޫއަށެވެ.

ފޯކައިދޫ ކައުންސިލް ރައީސް އަހުމަދު އާސިފް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ, ރައީސް ސޯލިހުގެ ފަރާތްޕުޅުން ކައުންސިލުން ހުށައެޅި ކަންތައްތަކަށް ރަނގަޅު އަދި އެދެވޭ ޖަވާބުތަކެއް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ރަށުގެ ރަށް ގިރުމުގެ މައްސަލައާ، މޫދަށް އެރޭނެ ސަރަހައްދެއް ނެތުމުގެ ވާހަކަތައް ހިމެނޭ ކަމަށް އާސިފް ވިދާޅުވި އެވެ.

"ރަށުގެ ވަރަށް ބޮޑު ސަރަހައްދެއް ގިރާ. އަޅުގަނޑުމެން ރައީސްއަށް ދެންނެވިން އެ ވާހަކަތައް. ރައީސްގެ ފަރާތުން އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މިނިސްޓްރީއާއެކު ދިރާސާތަކެއް ކޮށްގެން ހިމާޔަތް ކުރެވޭނެ ކަަހަލަ ހައްލެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި، ދެން މޫދަށް އެރޭނެ ސަރަހައްދެއް ވެސް ނެތުން، އެކަހަލަ މަޝްވަރާތައް ކުރީ،" އާސިފް ކިޔައިދެއްވި އެވެ.

އޭގެ އިތުރުން ފޯކައިދޫގައި މިހާރު އޮތް ފުތުބޯޅަ ދަނޑުގެ މަސައްކަތް އަދި އެތަން އިތުރަށް ތަރައްގީ ކުރުމަށް ވެސް ރައީސް ސޯލިހާއެކު ކައުންސިލުން މަޝްވަރާކުރި ކަމަށް އާސިފް މައުލޫމާތު ދެއްވި އެވެ.

ގާތްގަނޑަކަށް 470 އެއްހާ ދަރިވަރުން މިވަގުތު ކިޔަވަމުންދާ ފޯކައިދޫ ސްކޫލުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ވެސް ކައުންސިލުން މަޝްވަރާކުރިއިރު، އޭގެ ތެރޭގައި އެ ސްކޫލުގައި ސައިންސް ލެބެއް ނެތުމުން ކުރިމަތިވާ ދަތިތައް ވެސް ރައީސް ސޯލިހާއި އެ ދަތުރުފުޅުގައި ވަޑައިގަތް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ބައްދަލުވުމުގެ ތެރެއިން ދެންނެވި ކަމަށް އާސިފް ވިދާޅުވި އެވެ.

"ސްކޫލުގައި މިހާރުވެސް ދަނީ ތިން ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް. އެތަނުގެ ފުރަތަމަ ފްލޯގެ ޝީޓު އެޅުމުގެ މަސައްކަތް އަދި މިހާރު ނިމިފަ އިނީ، މިހާރު ޖާގައިގެ ދަތިކަން ހުރޭ ހަމަ. ދެން މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ވެސް އެބަ ދޭ ކުރިޔަށް، އަދި ދެވަނަ ފްލޯގެ މަސައްކަތް ވެސް މި މަސައްކަތް ތެރޭ ފެށޭނެ ކަމަށް ވަނީ،" އާސިފް ވިދާޅުވި އެވެ.

"ދެން ސައިންސް ލެބެއް ނެތުމުން ކުރިމަތިވާ ދަތިތައް ވެސް ހިއްސާ ކުރިން، ވިދާޅުވީ އެކަމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް،"

ފޯކައިދޫގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށަށް ދޭ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް 600 ކިލޯވަޓްގެ ޖެނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި އެ ރަށުގައި އައުޓްޑޯ ޖިމެއް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު ކޮމިއުނިޓީ ސެންޓަރެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ޓެންޑާކޮށްފަ އެވެ.

ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ އިތުރުން މަސްވެރިކަމަށް ނަން މަޝްހޫރު ރަށެއް ކަމަށްވާ ފޯކައިދޫގެ މަސްވެރިންނާއި އަދި ދަނޑުވެރިންނާއެކުގައި ވެސް ރައީސް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އެ ސިނާއަތްތައް އިތުރަށް ކުރިއެރުވޭނެ ގޮތްތަކާމެދު ރައީސް ވަނީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފަ އެވެ.

ފޯކައިދުއަށް ރައީސް ވަޑައިގެންނެވުމުން އެ ރަށުން ރައީސްއަށް ހޫނު މަރުހަބާއެއް ކިޔެ އެވެ. ރައީސް މިހާރު ވަނީ ފޯކައިދުއިން ފުރާވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox