ޕެލޭ: ބޮޑު އޮޕަރޭޝަން ސިފަކުރީ މެޗެއްގެ ގޮތުގައި

Sep 7, 2021, 7:06 AM
ބްރެޒިލްގެ ލެޖެންޑް ޕެލޭ.-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ލެޖެންޑް ޕެލޭ.-- ފޮޓޯ: އޭއެފްޕީ

ސައޮ ޕައޮލޯ (ސެޕްޓެމްބަރު 7) - ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭ ގޮހޮރުން ޓިއުމަރެއް ނަގަން ކުރި އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ނިންމާލެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ބުނެފި އެވެ.

އުމުރުން 80 އަހަރުގެ ޕެލޭ ސޯޝަލް މީޑިއާގައި އިއްޔެ ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރި އޭނާގެ ގޮހޮރުގެ ބޮޑު އޮޕަރޭޝަން ނިންމާލެވުމުން އުފާކުރާ ކަމަށެވެ. އަދި މިހާރު ރިކަވަރީގެ ކަންތައްތައް ދަނީ ރަނގަޅަށް ކަމަށް ޕެލޭ ބުނެފައިވެ އެވެ.

"އަހަރެންގެ ނަސީބުގައި އަބަދުވެސް އޮންނަ ކަމެއް ތި އެންމެންނާ އެކީ ކާމިޔާބީ ފާހަގަކުރުމަކީ، މި މެޗަށް (އޮޕަރޭޝަނާއި ރިކަވަރީ) އަށް އަހަރެން ކުރިމަތިލަނީ ހިނިތުންވުމަކާ އެކީ. އުއްމީދާ އެކީ އުފަލުގައި ދިރިއުޅުމުގެ އަޒުމުގައި. މި މެޗުން ވެސް އަހަރެން މޮޅުވާނީ ސަޕޯޓަރުންނާ އެކީގައި،" ތިން ފަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ޝަރަފް ހޯދާފައިވާ ޕެލޭ ބުންޏެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން ޕެލޭ ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން.

ޕެލޭ ވަނީ 2015 ވަނަ އަހަރު ވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ އަށް ފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެން ވެސް ވަނީ ފަރުވާ ދީފަ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕެލޭ އަށް ވަރަށް ބޮޑަށް ހިނގާ އުޅެން ދަތިވުމުގެ މައްސަލަތައް ދިމާވިއިރު، ގޮހޮރުގެ އެކި ބަލިތަކަށް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދައިފަ އެވެ. އެންމެ ފަހުން މިހާރު މި ވަނީ ގޮހޮރުގެ ބޮޑު އޮޕަރޭޝަނެއް ނިންމާލައިފަ އެވެ. މީގެ ކުރިން ޔޫރިން އިންފެކްޝަނެއްގެ ސަބަބުން ވެސް ޕެލޭ އަށް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ.

ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ރެކޯޑް އޮތް ޕެލޭ އަކީ ފުޓްބޯޅައިގައި ވެސް ބޮޑު ރެކޯޑްތަކެއް މުގުރާލާފައިވާ ތަރިއެކެވެ. ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފަ އެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކެރިއަރުގައި ކުޅުނު 1363 މެޗުން ޕެލޭ ވަނީ 1279 ގޯލު ޖަހައިފަ އެވެ. ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި މަދު ކުޅުންތެރިންގެ ތެރޭގައި ޕެލޭ ހިމެނެ އެވެ.

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox