ވިއެޓްނާމުގައި ކޮވިޑް ފެތުރި މީހަކު ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފި

ވިއެޓްނާމުގައި ވެކްސިން ދޭ މަރުކަޒެއް ޑިސްއިންފެކްޓު ކުރަނީ.

ވިއެޓްނާމުގައި ވެކްސިން ދޭ މަރުކަޒެއް ޑިސްއިންފެކްޓު ކުރަނީ.

ހަނޮއި، ވިއެންޓާމް (ސެޕްޓެމްބަރު 7) - ވިއެޓްނާމުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެ، އެހެން މީހުންނަށް ވައިރަސް ފަތުރަމުން ދިޔަ މީހަކު ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ވިއެޓްނާމް ނިއުސް އެޖެންސީ (ވީއެންއޭ) އިން ރިޕޯޓް ކުރި ގޮތުގައި އުމުރުން 28 އަހަރުގެ ލެ ވަން ޓްރީ ގެ މައްޗަށް ސާބިތުވީ "ނުރައްކާތެރި ގައިން ގަޔަށް އަރާ ބައްޔެއް ފެތުރި" ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި މިހާތަނަށް އެންމެ ކާމިޔާބު އެއް ގައުމަކީ ވިއެޓްނާމެވެ. އެ ގައުމުގައި އެއް ފަހަރާ ގިނަ ބަޔަކު ޓެސްޓު ކުރުމާއި، ކޮންޓެކްޓް ޓްރޭސް ކުރުމާއި، ހަރުކަށި ކަރަންޓީނު އަދި ބޯޑަރު ބެލެހެއްޓުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން ބަލީގެ އާ ކްލަސްޓާތައް ދަނީ ފެންނަމުންނެވެ.

"ޓްރީ ވަނީ ހޯ ޗީ މިން ސިޓީން ކާ މައު އަށް ދަތުރުކޮށް، 21 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭ އުސޫލާ ހިލާފުވެފައި،" ވީއެންއޭ އިން ބުންޏެވެ.

"ޓްރީގެ ސަބަބުން އަށް މީހަކަށް ބަލި ޖެހުނު އިރު، އޭގެ ތެރެއިން އެކަކަށް އެއް މަސް ވަންދެން ފަރުވާ ކުރުމަށް ފަހު ވަނީ މަރުވެފައި."

ވިއެޓްނާމުގެ އެންމެ ދެކުނުގައި އޮންނަ ކާ މައު ޕްރޮވިންސުން މިހާތަނަށް ފެނިފައި ވަނީ މި ބަލީގެ އެންމެ 191 ކޭސް އެވެ. އޭގެ ތެރެއިން މަރުވީ ދެ މީހުންނެވެ. އެއާ ހިލާފަށް ހޯ ޗީ މިން ސިޓީން 260،000 ކޭސް ފެނިފައި ވާއިރު، 10،685 މީހުން މަރުވެފައި ވެ އެވެ.

މުޅި ވިއެޓްނާމުން މިހާތަނަށް ފެނުނީ 536،000 ކޭސް އެވެ. އަދި މަރުވެފައި ވަނީ 13،385 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox