އޮޅަހަލި ރީބްރޭންޑްކޮށް، ޖުމެއިރާ މޯލްޑިވްސްގެ ނަމުގައި ހުޅުވަނީ

ކ. އޮޅަހަލީގައި ތަރައްގީކޮށްފައިވާ "ޖުމެއިރާ މޯލްޑިވްސް": މި ރިސޯޓު ކުރިން ހިންގީ ލަކްސް* ކުންފުނިން. -- ފޮޓޯ: ލަކްސް ރިސޯޓްސް

ކ. އޮޅަހަލީގައި ތަރައްގީކޮށްފައިވާ "ޖުމެއިރާ މޯލްޑިވްސް": މި ރިސޯޓު ކުރިން ހިންގީ ލަކްސް* ކުންފުނިން. -- ފޮޓޯ: ލަކްސް ރިސޯޓްސް

ކ. އޮޅަހަލީގައި ހިންގި ލަކްސް* ނޯތު މާލެ ރިސޯޓް، ޖުމެއިރާ ގްރޫޕުން ރީބްރޭންޑުކުރުމަށް ފަހު، އަންނަ އޮކްޓޫބަރު މަހުގެ 1 ގައި ޖުމެއިރާ މޯލްޑިވްސްގެ ނަމުގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޖުމެއިރާ މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ބީޗް ވިލާތަކާއި އޯވާ-ވޯޓާ ވިލާތައް ހިމެނޭ ލަގްޒަރީ ރިސޯޓެކެވެ. ސިންގަޕޫރުގައި މައިޖާއިން ޑިޒައިންކޮށްފައިވާ މި ރިސޯޓު ޖުމެއިރާއިން ހުޅުވަނީ، މުޅި ކޮންސެޕްޓަށް ބަދަލު ނުގެނައި ނަމަވެސް، ޖުމެއިރާ ބްރޭންޑުގެ ފަރުމާތަކަށް ފައްތައިގެންނެވެ.

ޖުމެއިރާގޭ ސީއީއޯ ހޯސޭ ސިލްވާއާ ހަވާލާދީ ޔޫއޭއީގެ ހަލީޖް ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރިސޯޓުން ވެސް މެހެމާނުންނަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަށެވެ. އަދި ފަރުމާގެ ގޮތުންނާއި ހިދުމަތުގެ ގޮތުން ބެލި ނަމަވެސް އުއްމީދުކުރާ ވަރަށް ވުރެ ފުރިހަމަ މެހެމާންދާރީއެއް އަދާކުރާނެ ރިސޯޓަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރިސޯޓުގައި ޖުމްލަ 67 ވިލާ ހުންނަ އިރު، އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ވިލާތައް ހިމެނެ އެވެ. އާންމުކޮށް ހުންނަ ވަރަށް ވުރެ ޖާގަ ތަނަވަސްކޮށް ހަދާފައިވާ މިއިން ކޮންމެ ވިލާއެއްގައި އިންފިނިޓީ ޕޫލަކާއި ރޫފްޓޮޕް ޓެރަހެއް ހުރެ އެވެ. އަދި މަތީ ފަންތީގެ ރިސޯޓުތަކުން ލިބޭ ގިނަ އިން-ވިލާ ހިދުމަތްތައް ލިބެ އެވެ.

އާއިލާތަކާއި ގްރޫޕްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މި ރިސޯޓުން ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ވޯޓާ ސްޕްލޭޝް އޭރިއާ، ޕްލޭ އޭރިއާ، ޑައިވިން އަދި ވޯޓާސްޕޯޓްސް ހިމެނެ އެވެ. މީގެ އިތުރުން ބީޗް ސައިޑް ސިނަމާއަކާއި ދުނިޔޭގެ ފެންވަރުގެ ސްޕާއެއް ހުންނާނެ އެވެ. އަދި ޖުމެއިރާގެ މަޝްހޫރު "ކޭޓޯ" އަދި "ޝިމާސް" ރެސްޓޯރަންޓުތައް ހިމެނޭ ގޮތަށް ތިން ރެސްޓޯރަންޓާއި ކޮފީ ލައުންޖެއް ހުރެ އެވެ.

މިހާރު ޖުމެއިރާއިން ރާއްޖޭގައި އިތުރު ރިސޯޓެއް ނުހިންގި ނަމަވެސް މީގެ ކުރިން ޖުމެއިރާ ބްރޭންޑުގެ ދަށުން ރާއްޖޭގައި ދެ ރިސޯޓެއް ހިންގާފައި ވެ އެވެ. އެއީ ކ. ބޮލިފުށީގައި ހިންގި "ޖުމެއިރާ ވިޓަވެލި" (މިހާރު އޮޒެން ރިޒާވް ބޮލިފުށި) އާއި ގއ. މެރަދޫގައި ހިންގި "ޖުމެއިރާ ދެވަނަފުށި (މިހާރު ރެފްލްސް މެރަދޫ) އެވެ.

މީގެ ތެރެއިން މެރަދޫގެ މެނޭޖްމަންޓު 2017 ގައި އެމެރިކާގެ އެކޯ ހޮޓެލްސްއަށް ދޫކޮށްލާފައިވާއިރު، ޖުމެއިރާ ކުޑައިގެ ދަށުން ހިންގި ބޮލިފުށި އިންޑިއާގެ އެޓްމޮސްފިއާ ރިސޯޓްސްގެ ދަށަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox