އަލިފުށި ހިމެނޭގޮތަށް ރައީސް ރ. އަދި ށ. އަތޮޅަށް ވަޑައިގަންނަވަނީ

Sep 6, 2021, 10:24 AM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފްލައިޓަކަށް އަރާވަޑައިގަންނަވަނީ: ރައީސް ށ. އާއި ރ. އަތޮޅަށް މާދަމާ ފުރާވަޑައިގަންނަވާ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފްލައިޓަކަށް އަރާވަޑައިގަންނަވަނީ: ރައީސް ށ. އާއި ރ. އަތޮޅަށް މާދަމާ ފުރާވަޑައިގަންނަވާ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި ށ. އަތޮޅާއި ރ. އަތޮޅުގެ ގިނަ ރަށްތަކަށް މާދަމާ ފުރާވަޑައިގަންނަވަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިގޮތުގައި މި ދަތުރުފުޅުގައި ރައީސް ށ. ފުނަދޫ އާއި އެ އަތޮޅު ޅައިމަގުގެ އިތުރުން ފޯކައިދޫ އާއި މާއުނގޫދޫއަށް ވަޑައިގަންނަވާ ކަމަށެވެ.

އަދި ރ. ވާދޫ އާއި އަލިފުއްޓާއި ރަސްގަތީމުގެ އިތުރުން އަނގޮޅިތީމަށް ވެސް ވަޑައިގަންނަވަ އެވެ.

މިދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ރައީސް ބައްދަލު ކުރައްވާނެ އެވެ.

އަތޮޅުތެރެއަށް ރައީސް ފައްޓަވާފައި ވަނީ ސިލްސިލާ ދަތުރުފުޅު ތަކެކެވެ. މިފަހުން ތ. އަތޮޅަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.

ރައީސް އަލިފުއްޓަށް ވަޑައިގަންނަވާއިރު، އެ ރަށުގައި އެއާޕޯޓެއް އަޅަން ސަރުކާރުން ކުއްލިއަކަށް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.

ރ. އަތޮޅަށް ދެ ވަނަ އެއާޕޯޓެއް ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމި އެވެ. ނަމަވެސް، އެއްވެސް ހިސާބެއްގައި އަލިފުށީގެ ނަން އައިސްފައެއް ނެތެވެ.

މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ. އަދި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން ވައުދުވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ މައްޗަށް ހިސާބު ޖަހާއިރު، އަލިފުށިން ފުރައިގެން، މިހާރު ވެސް އެ އަތޮޅުގައި އޮތް އިފުރު އެއާޕޯޓަށް 20 މިނެޓުގެ ދަތުރަކުން ދެވެ އެވެ. ނަމަވެސް އަތޮޅުގެ ދެކުނު ބިތުގައި ރަށްރަށުން ފުރައިގެން އިފުރަށް 20 މިނެޓުން އެއާޕޯޓަކަށް ނުދެވެ އެވެ. އެހެންވެ، އަތޮޅުގެ އެންމެ އުތުރުގައި، ވަކިން އޮތް އަލިފުށީގައި އެއާޕޯޓެއް ހެދިޔަސް، ސަރުކާރުގެ ސިޔާސަތުގެ މިންގަނޑަށް ނުފެތޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox