އިނގިރޭސި ހައި ކޮމިޝަނަރު ކެރޮން ކުޅުދުއްފުށި ކުޅީގައި؛ ސިޓީ އުފަލުން!

ހައިކޮމިޝަނާ ކެރޮން ރޮސްކާ ކުޅުދުއްފުށީ ކުޅީގައި: އެކަމަނާ ވަނީ އެރަށުގެ މީހުންނާ އެކު އެތައް ތަޖުރިބާ ތަކެއް ކުރައްވާފައި.

ހައިކޮމިޝަނާ ކެރޮން ރޮސްކާ ކުޅުދުއްފުށީ ކުޅީގައި: އެކަމަނާ ވަނީ އެރަށުގެ މީހުންނާ އެކު އެތައް ތަޖުރިބާ ތަކެއް ކުރައްވާފައި.

"އިނގިރޭސި ހައި ކޮމިޝަނަރަށް ކުޅުދުއްފުށީ ކުޅި ދައްކާލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ނަސީބެއް. ކަމަނާ ތި ދެއްކެވީ ރަށަށް ޒިޔާރަތްކުރާ ޑިޕްލޮމޭޓުންނަށް މިސާލެއް،"

ކުޅުދުއްފުށީގެ ބިޔަ ކުޅީގެ މިހާރު ފެންނަން އޮތް ބައިގެ މެދަށް އޮންނަ ފެންގަނޑުގައި ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ އެކު ކެނޯ އެއް ދުއްވަން އިން ފޮޓޯއެއް ހިއްްސާކުރަމުން އެރަށަށް ނިސްބަތްވާ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް އާދަމް އަބްދުﷲ ކުރި ޓުވީޓުގައި ފާޅުކުރީ، ހައިކޮމިޝަނަރުގެ ދަތުރާ އެކު ކުޅުދުއްފުއްޓަށް ލިބިފައި އޮތް އުފާވެރިކަމެވެ.

މަޝްހޫރު ތިމާވެށި އެކްޓިވިސްޓް، އާދަމް އަބްދުﷲ ކެރޮން އާއި އެކު ކުޅީގައި: އޭނާނ ވަނީ ކެރޮން އެރަށަށް ވަޑައިގެން ގެންގުޅުއްވާ ހިތްތިރި ކަމަށް ތައުރީފު ކުރައްވާފައި
މަޝްހޫރު ތިމާވެށި އެކްޓިވިސްޓް، އާދަމް އަބްދުﷲ ކެރޮން އާއި އެކު ކުޅީގައި: އޭނާނ ވަނީ ކެރޮން އެރަށަށް ވަޑައިގެން ގެންގުޅުއްވާ ހިތްތިރި ކަމަށް ތައުރީފު ކުރައްވާފައި

މަޝްހޫރު ތިމާވެށި އެކްޓިވިސްޓް، އާދަމް އަބްދުﷲ ކެރޮން އާއި އެކު ކުޅީގައި: އޭނާނ ވަނީ ކެރޮން އެރަށަށް ވަޑައިގެން ގެންގުޅުއްވާ ހިތްތިރި ކަމަށް ތައުރީފު ކުރައްވާފައި

އެފަދަ ބޭފުޅަކު ރަށަށް ވަޑައިގެން ހަމައެކަނި ރަސްމީ ވާހަކަފުޅެއްގައި ބައިވެރިވެލައްވާފައި ވަޑައިގެންނެވުމުގެ ބަދަލުގައި، ރަށުގެ ދިރިއުޅުމާއި ގުދުރަތީ ވެއްޓާއި ގުޅި މެހިލައިފައި ދިއުމުން ލިބޭ އުފާވެރިކަމެވެ. ދައްކައިލީ، ދެބައިކުޅަ އެއްބައި ފަނާވެފައި އޮތް އެ ސިޓީގެ ކުޅީގެ އަދި ވެސް ފަނޑު ނުވެ އޮތް ފެހި ކަމާއި ރީތި ކަމެވެ.

ކައުންސިލުގެ ރަސްމީ ދައުވަތެއްގައި ކުޅުދުއްފުއްޓަށް ކެރޮން ކުރައްވާ ދަތުރު، އާންމުކޮށް އެފަދަ ޑިޕްލޮމެޓުން ރަށްރަށަށް ކުރައްވާ ދަތުރުތަކާ އެތައް ގުނައެއް ތަފާތެވެ.

ކެރޮން ކައުންސިލުގެ މަލާފަތުގައި ބައިވެރިވެލައްވަނީ
ކެރޮން ކައުންސިލުގެ މަލާފަތުގައި ބައިވެރިވެލައްވަނީ

ކެރޮން ކައުންސިލުގެ މަލާފަތުގައި ބައިވެރިވެލައްވަނީ

ކެރޮން ވަނީ އާދައިގެ ހެދުމުގައި ކުޅި އަށް ގޮސް، ކުޅިން ތެމިލައިގެން އެތަނުގައި ކެނޯ ވެސް ދުއްވާފަ އެވެ. އަދި ރަށުގައި އަތްތެރި މަސައްކަތްކުރާ ބައެއް ގޭގެއަށް ގޮސް އެ ގެތަކުގެ މީހުންނާ އެކު ވަގުތު ހޭދަކޮށް، އެ މަސައްކަތްތައް އަމިއްލަ އަށް ތަޖުރިބާކުރައްވަވާފަ އެވެ. އެރަށުގެ ޒުވާން ޖަމިއްޔާ ތަކާ އެކު ކޭންތަކުގައި ބައިވެރިވި އެވެ.

އެންމެ ހާއްސައީ ސިޓީގެ ކައުންސިލުން އެކަމަނާ އަށް ދެއްވި "މަލާފަތު" ގައި ދިވެހި ލިބާހާ އެކު ކެރޮން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯތަކެވެ.

ކައުންސިލުން ބުނީ، ހައި ކޮމިޝަނާ ކެރޮން އާ އެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމާ ގުޅޭ ވާހަކަތަކާއި ރަށުގެ ތިމާވެއްޓާއި އެނޫންވެސް އެ ސިޓީގެ އެތައް ބައިވަރު ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެކެވި ހިޔާލުބަދަލުކުރެވުނު ކަމަށެވެ. އެހެންކަމުން ކައުންސިލުން ދިން ދައުވަތު ގަބޫލުކުރައްވައި ރަށަށް ވަޑައިގެން، ކެރޮން ކުޅުދުއްފުއްޓަށް ގެންނެވީ މުޅި ސިޓީ ބަލައިގަންނަ ވަރުގެ އުފާވެރިކަމެކެވެ.

ކެރޮންގެ މި ދަތުރުގައި މިރޭގެ ވަގުތެއްގައި ހަނިމާދޫ އަށް ވެސް ވަޑައިގަންނަވާނެ އެވެ. ހަނިމާދޫ އަށް ވަޑައިގެން އެރަށުގައި ވެސް ތަފާތު ތަޖުރިބާތަކެއް ކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox